30 ޖޫން 2019
ތާރީހީ އިމާރާތެއް ކަމަށްވާ ދާރުލް އުލޫމް ރައްކާތެރިކޮށް ދަމަހައްޓަން ކުރަން ޖެހޭ މަސައްކަތްތައް ދެނެގަތުމަށް އެތަން ސާވޭ ކުރަން ހެރިޓޭޖް މިނިސްޓްރީން ނިންމައި، އެކަމާ ބެހޭ ގޮތުން މަޖީދިއްޔާ ސްކޫލުގެ ވެރިންނާ މިއަދު މަޝްވަރާކޮށްފި އެވެ.
ތާރީހީ އިމާރާތެއް ކަމަށްވާ ދާރުލް އުލޫމް ރައްކާތެރިކޮށް ދަމަހައްޓަން ކުރަން ޖެހޭ މަސައްކަތްތައް ދެނެގަތުމަށް އެތަން ސާވޭ ކުރަން ހެރިޓޭޖް މިނިސްޓްރީން ނިންމައި، އެކަމާ ބެހޭ ގޮތުން މަޖީދިއްޔާ ސްކޫލުގެ ވެރިންނާ މިއަދު މަޝްވަރާކޮށްފި އެވެ.
މަޖީދިއްޔާ ސްކޫލްގެ ބައެއްގެ ގޮތުގައި ހުރި ދާރުލް އުލޫމުގެ ހާލަތު ބަލަން ފެށުމުގެ ކުރިން ކުރަން ޖެހޭ މަޝްވަރާތައް މަޖީދިއްޔާ ސްކޫލްގެ ވެރިންނާ އެކު މިނިސްޓަރު ޔުމްނާ މައުމޫން މިއަދު ވަނީ ހެރިޓޭޖް މިނިސްޓްރީގައި ބާއްވައިފަ އެވެ..
ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ތޯރިގް "މިހާރު"އަށް މިއަދު ވިދާޅުވީ ދާރުލް އުލޫމުގެ ހާލަތު ބަލަން ނިންމީ އެތަނުގައި މުށި ޖަހައި، ބަދަލުތައް ގެންނަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ކަމަށެވެ.
"އަޅުގަނޑުމެން އިސް ނަގައިގެން އެތަނުގެ ހާލަތު ބަލަން މާދަމާ ޓީމެއް ދާނެ،" އޭނާ ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވި ގޮތުގައި ދާރުލް އުލޫމް އިމާރާތުގެ ހާލަތު ބަލާނީ އެފަދަ ތަންތަން ހިމާޔަތް ކުރުމުގެ މާހިރުންގެ ޓީމަކުންނެވެ. އަދި އެތަން ރައްކާތެރިކޮށް ދަމަހައްޓަން ކުރަން ޖެހޭ ކަންކަމާ ބެހޭ ލަފަޔާ އެކު އެޓީމުން ރިޕޯޓެއް އެކުލަވައިލާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދާރުލް އުލޫމަކީ ގައުމީ ތަރިކައިގެ ތެރޭގައި ހިމެނޭ ތަނެއް. އެހެންވީމާ އެތަން ރައްކާތެރި ކުރުމުގެ މަސައްކަތް އަޅުގަނޑުމެން މި ފެށީ،" ތޯރިގު ވިދާޅުވި އެވެ.
ދާރުލް އުލޫމަކީ ރާއްޖޭގެ ތާރީހުގައި މުހިއްމު ބައެއް ރަސްމިއްޔާތުތައް ބޭއްވި ތަނެކެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ރައީސް ކަމުގެ ހުވާ ކުރެއްވީ އެތަނުގަ އެވެ. ރާއްޖޭގެ ދެކުނުގައި އުފެދުނު ހަމަނުޖެހުން ނައްތާލެއްވުމަށް ސަރުކާރަށް ބާރުދިން އެއްބަސްވުން "އޯލް ޕޯޓް ނާސިރު އެގްރީމެންޓް" ގައި ސޮއިކުރީ ވެސް އެތާނގަ އެވެ. މީގެ އިތުރުން އެއީ ރާއްޖޭގެ ވަރަށް އިސް ބައެއް ބޭފުޅުންގެ ތައުލީމީ ހަޔާތާ އެ އިމާރާތް ގުޅިފައިވެ އެވެ.
ކަޅުވަކަރު މިސްކިތް ރާވައި ނިމޭނީ ނޮވެމްބަރުގައި
ތަރިކަ ރައްކާތެރިކުރާ ގާނޫނުގެ ޑްރާފްޓް ނިމިއްޖެ
މާލޭ ހުކުރު މިސްކިތުގެ ލޭޒާ ސްކޭނެއް ކޮށްފި
މާފަންނު ސަހަރާ ހުސްކުރާތީ ކަންބޮޑުވުން!
ހިރިގަލުގެ މިސްކިތްތައް ތަރިކައިގެ ލިސްޓުގައި ހިމަނަނީ
ރާއްޖޭގެ ހިރިގަލުގެ އުފެއްދުންތައް ބޭރުގެ މައުރަޒަކަށް
ކަޅުއޮށްފުންމި ބަހައްޓަން ކަޅުވަކަރު މިސްކިތް ބަންދު
މުލީއާގެ މަރާމާތުކުރަނީ އަސްލު ނުގެއްލޭ ގޮތަށް
ގައުމީ ތަރަކައިގެ ދުވަހުގެ ގޮތުގައި ސެޕްޓެމްބަރު 12
ކޯގަންނު ގަބުރުސްތާނުގެ ގާތަކަށް ގެއްލުން ދީފި