04 މާޗް 2019
ރާއްޖޭގެ ސަގާފީ ތަރިކަތައް ރައްކާތެރިކުރުމަށް ބޭނުންވާ ގާނޫނުގެ ދެލިކޮޕީ މިހާރު ނިމިފައިވާ ކަމަށް ހެރިޓޭޖް މިނިސްޓްރީން މިއަދު ބުނެފި އެވެ. ސަރުކާރުގެ ވައުދުތަކާ އެއްގޮތަށް ހެރިޓޭޖް މިނިސްޓްރީގެ މަަސައްކަތްތައް ކުރެވިފައިވާ ގޮތާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ދާރުލް އާސާރުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި މިނިސްޓަރު ޔުމްނާ މައުމޫނު ވިދާޅުވީ ގާނޫނުގެ ދެލިކޮޕީއަށް މިހާރު ހިޔާލު ހޯދަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އެ ބިލް އާއްމުންގެ ހިޔާލަށް ވެސް ހުޅުވާލާނެ ކަމަށެވެ.

"ކަމާ ގުޅުން ހުރި ތަފާތު ދާއިރާތަކާ އަޅުގަނޑުމެން މަޝްވަރާ ކުރަމުން މި ދަނީ. މިނިސްޓްރީތަކާއި އަމިއްލަ ފަރާތްތަކާ ވިޔަސް އެ ދާއިރާގެ ތަޖުރިބާކާރުންގެ ހިޔާލު ހޯދަމުން މިދަނީ،" އޭނާ ވިދާޅުވި އެވެ.
ޔުމްނާ ވިދާޅުވި ގޮތުގައި ތަރިކައިގެ ބިލް ޑްރާފްޓްކޮށްފައި ވަނީ ތަރިކައަށް ގެއްލުންދޭ މީހުންނަށް އަދަބު ދެވޭ ގޮތަށެވެ. އެގޮތުން ޖޫރިމަނާ ކުރުމާއި އެނޫން ވެސް އަދުބުތައް ހިމަނާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދި މުޅިން އަޅުގަނޑުމެން ނުއެއް ނިންމަން، އޭޖީއާ މަޝްވަރާ ކުރަމުން މިދަނީ،" ޖޫރިމަނާކުރަން ކަނޑައަޅާފައިވާ އަދަދުތަކާ ބެހޭ ގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން އޭނާ ވިދާޅުވި އެވެ.
ތަރިކައިގެ ގާނޫނުގެ ބިލުގެ އިތުރުން ރާއްޖޭގައި ހުރި އާސާރީ ތަރިކަތަކުގެ ލިސްޓް އެކުލަވައިލުމުގެ މަސައްކަތް ވެސް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ޔުމްނާ ވިދާޅުވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ އެ ލިސްޓް ވެސް މުޅިން ނިންމާނީ އާއްމުންގެ ހިޔާލު ހޯދައިގެން ކަމަށެވެ.
ކަޅުވަކަރު މިސްކިތް ރާވައި ނިމޭނީ ނޮވެމްބަރުގައި
ދާރުލް އުލޫމް ރައްކާތެރިކުރަން އެތަނުގެ ހާލަތު ބަލަނީ
މާލޭ ހުކުރު މިސްކިތުގެ ލޭޒާ ސްކޭނެއް ކޮށްފި
މާފަންނު ސަހަރާ ހުސްކުރާތީ ކަންބޮޑުވުން!
ހިރިގަލުގެ މިސްކިތްތައް ތަރިކައިގެ ލިސްޓުގައި ހިމަނަނީ
ރާއްޖޭގެ ހިރިގަލުގެ އުފެއްދުންތައް ބޭރުގެ މައުރަޒަކަށް
ކަޅުއޮށްފުންމި ބަހައްޓަން ކަޅުވަކަރު މިސްކިތް ބަންދު
މުލީއާގެ މަރާމާތުކުރަނީ އަސްލު ނުގެއްލޭ ގޮތަށް
ގައުމީ ތަރަކައިގެ ދުވަހުގެ ގޮތުގައި ސެޕްޓެމްބަރު 12
ކޯގަންނު ގަބުރުސްތާނުގެ ގާތަކަށް ގެއްލުން ދީފި