Roadha Mihaaru
ބާ ކައުންސިލް އުފެއްދުމާގުޅޭ ބިލް ތަސްދީގު ކުރައްވައިފި

ބާ ކައުންސިލް އުފެއްދުމާ ގުޅޭ ބިލް ތަސްދީގު ކުރައްވައިފި

27 ޖޫން 2019

ގާނޫނީ ފަންނުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގާނޫނީ ފަންނުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފުތާގައި ފާސްކުރި ގާނޫނީ ފަންނުގެ ބިލަކީ ވަކީލުންނާއި ގާނޫނީ ދާއިރާގެ ކަންކަން ރެގިއުލޭޓް ކުރުމާ ބެހޭ ބިލެވެ. މިއީ ގާނޫނީ ވަކީލުން ރެގިއުލޭޓް ކުރުމާ ބެހޭގޮތުން ރާއްޖޭގައި ފާސްކުރި ފުރަތަމަ ބިލެވެ.

އެ ބިލް ރައީސް މިއަދު ތަސްދީގު ކުރެއްވުމާ އެކު ގާނޫނަކަށް ވެ، އެ ގާނޫނުގެ ދަށުން މިނިވަން މުއައްސަސާއެއްގެ ގޮތުގައި ބާ ކައުންސިލްގެ ނަމުގައި މުއައްސަސާއެއް އުފެދުނީ އެވެ. ވަކީލުން ރެގިއުލޭޓް ކުރުމާއި އެ މީހުންނަށް ހުއްދަ ދިނުމުގެ ކަންކަން ދެން ކުރާނީ އެ ކައުންސިލުންނެވެ.

ގާނޫނުގެ ދަށުން ފުރަތަމަ އިންތިޚާބުކުރާ ބާ ކައުންސިލްގެ މެމްބަރުން ހޮވުމަށް މިއަދުން ފެށިގެން 21 ދުވަހުގެ ތެރޭގައި އިންތިޚާބެއް ބާއްވަން ޖެހޭނެ އެވެ.

ބާ ކައުންސިލްގައި ތިއްބަވާނީ ކައުންސިލްގެ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން އިތުރު ހަ ވަކީލެކެވެ. ބަންޑާރަ ނައިބު ފިޔަވައި އެހެން ހުރިހާ މަގާމުތަކަށް ވެސް ބޭފުޅުން އިންތިޚާބު ކުރާނީ ވަކީލުން މެދުގައި ނަގާ ވޯޓަކުންނެވެ.