26 ޖޫން 2019
ލަންޑަން (ޖޫން 26) – އިންގްލެންޑް 64 ލަނޑުން ބަލިކޮށް އޮސްޓްރޭލިއާ އިން ކްރިކެޓް ވޯލްޑް ކަޕުގެ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރިއިރު ސެމީ އަށް ދިއުމަށް އިންގްލެންޑަށް ކުރަމުން އަންނަ މަސައްކަތަށް ކުޑަ ލޮޅުމެއް އަރައިފި އެވެ.
ލަންޑަން (ޖޫން 26) – އިންގްލެންޑް 64 ލަނޑުން ބަލިކޮށް އޮސްޓްރޭލިއާ އިން ކްރިކެޓް ވޯލްޑް ކަޕުގެ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރިއިރު ސެމީ އަށް ދިއުމަށް އިންގްލެންޑަށް ކުރަމުން އަންނަ މަސައްކަތަށް ކުޑަ ލޮޅުމެއް އަރައިފި އެވެ.
އޮސްޓްރޭލިއާ 12 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު، 11 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް ނިއު ޒީލެންޑާއި ނުވަ ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް އިންޑިއާ އަށް ސެމީ ފައިނަލުން ފުރުސަތު ލިބޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.
ސެމީ ފައިނަލުގެ ފަހު ޖާގަ ލިބޭ މަގާމް ކަމަށްވާ ހަތަރު ވަނައިގައި އިންގްލެންޑް މިވަގުތު އޮތީ އަށް ޕޮއިންޓާ އެކު އެވެ. ބަންގްލަދޭޝް އޮތީ ހަތް ޕޮއިންޓާ އެކު ފަސް ވަނައިގައި ވިއްދައިފަ އެވެ. ސްރީ ލަންކާ ވެސް ހަ ޕޮއިންޓް ހޯދައި ހަ ވަނައިގައި އެބައޮތެވެ. އެކަމަކު ބެލެވޭ ގޮތުގައި ފަހު ޖާގަ އަށް ވާދަކުރާނީ އިންގްލެންޑާއި ބަންގްލަދޭޝް އެވެ.
މީގެ ތެރެއިން ބަންގްލަދޭޝަށް ގެއްލޭނެ އެއްޗެއް ނެތް ނަމަވެސް އަމިއްލަ ގައުމުގައި ކުޅޭތީ އިންގްލެންޑަށް ސެމީގެ ޖާގަ ކަށަވަރުކުރަން މަޖުބޫރުވެ ޕްރެޝަރު އެބައޮތެވެ. އިންގްލެންޑަށް ދެން ވާދަކުރަން ޖެހޭ ދެ ޓީމަކީ މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ އިންޑިއާ އާއި ނިއު ޒީލެންޑެވެ. ބަންގްލަދޭޝަށް އޮތީ ދެން އޮތީ އިންޑިއާ މެޗާއި ޕާކިސްތާން މެޗެވެ.
ލަންޑަނުގެ މަޝްހޫރު ލޯޑްސްގައި އިއްޔެ ކުޅުނު މެޗުގައި އޮސްޓްރޭލިއާ ފުރަތަމަ ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 285 ލަނޑު ހެދި އެވެ. އިންގްލެންޑަށް 44.5 އޯވަރުގެ ތެރޭ އެންމެން ނުބައިވެގެން ހެދުނީ 221 ލަނޑެވެ. މި މެޗުގައި އޮސްޓްރޭލިއާގެ ކެޕްޓަން އާރޮން ފިންޗް ވަނީ ސައްތައެއް ހަދައިފަ އެވެ. އަދި ޑޭވިޑް ވޯނާ 53 ލަނޑު ހެދި އެވެ. އިންގްލެންޑުން އެންމެ ރަނގަޅަށް ކުޅުނީ 115 ބޯޅައިން 89 ލަނޑު ހެދި ބެން ސްޓޯކްސް އެވެ.
ދެކުނު އެފްރިކާ އަތުން ބަލިވިޔަސް އިންގްލެންޑް ސެމީއަށް
އިންގްލެންޑްގެ މުސްލިމް ދެ ކުޅުންތެރިންނަށް ތައުރީފް
ތަފާތު ބޮޑުކޮށް މޮޅުވެ އިންގްލެންޑް ސެމީ އަށް
ބަންގްލަދޭޝް ބަލިކޮށް އޮސްޓްރޭލިއާ އެއް ވަނައިގައި
އިންޑިއާވީ ހިތްދަތި، ދުނިޔޭގެ ޗެމްޕިއަނަކީ އޮސްޓްރޭލިއާ
ދެކުނު އެފްރިކާއަށް ބަދުނަސީބު، އޮސްޓްރޭލިއާ ފައިނަލަށް
ހަސަން އަށް އޮސްޓްރޭލިއާގައި ބޮޑު ކުރިއެރުމެއް
10 ވިކެޓުން އިންޑިއާ ބަލިކޮށް އިންގްލެންޑް ފައިނަލަށް
އޮސްޓްރޭލިއާ ކްރިކެޓް ޓީމުގެ ޓްރެއިނިންގައި ހަސަން
އޯޑީއައި ވޯލްޑް ކަޕް ހޯދައިދިން ކެޕްޓަން ރިޓަޔާކޮށްފި