21 ޖޫން 2019
ނޮޓިންހަމް (ޖޫން 21) – ޑޭވިޑް ވޯނާ ހެދި 166 ލަނޑާ އެކު ކްރިކެޓް ވޯލްޑް ކަޕުގައި އިއްޔެ ބަންގްލަދޭޝް އަތުން 48 ލަނޑުން އޮސްޓްރޭލިއާ މޮޅުވެއްޖެ އެވެ.
ނޮޓިންހަމް (ޖޫން 21) – ޑޭވިޑް ވޯނާ ހެދި 166 ލަނޑާ އެކު ކްރިކެޓް ވޯލްޑް ކަޕުގައި އިއްޔެ ބަންގްލަދޭޝް އަތުން 48 ލަނޑުން އޮސްޓްރޭލިއާ މޮޅުވެއްޖެ އެވެ.
މި ނަތީޖާއާ އެކު ހަ މެޗުން 10 ޕޮއިންޓް ހޯދައި އޮސްޓްރޭލިއާ ވަނީ ތާވަލުގެ އެއް ވަނަ އަށް އަރައިފަ އެވެ. ދެ ވަނައިގައި އޮތީ ފަސް މެޗުން ނުވަ ޕޮއިންޓް ހޯދައިގެން ނިއު ޒީލެންޑެވެ. އެ އަދަދަށް މެޗު ކުޅެ އަށް ޕޮއިންޓާ އެކު އިންގްލެންޑް ތިން ވަނައިގައި އޮތްއިރު ހަތަރު ވަނައިގައި އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓް ހޯދައިގެން އިންޑިއާ އެވެ. ބަންގްލަދޭޝް އޮތީ ހަ މެޗުން ފަސް ޕޮއިންޓް ހޯދައި ފަސް ވަނައިގަ އެވެ. ޖުމްލަ 10 ގައުމު ވާދަކުރާ މި މުބާރާތުގެ ސެމީ ފައިނަލަށް ހޮވޭނީ ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ގައުމެވެ.
އިއްޔެގެ މެޗުގައި އޮސްޓްރޭލިއާ ފުރަތަމަ ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 381 ލަނޑު ހެދި އެވެ. އޯޕަނިން ބެޓްސްމަން ވޯނާ147 ބޯޅައިން 166 ލަނޑު ހެދިއިރު އުސްމަން ޚަވާޖާ ވަނީ 72 ބޯޅައިން 89 ލަނޑު ހަދައިފަ އެވެ.
ބަންގްލަދޭޝް ކުޅެން އަރައި 50 އޯވަރުގެ ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 333 ލަނޑެވެ. އެ ޓީމުގެ މުޝްފިގުރް ރަހީމް ވަނީ ނުބައިނުވެ، 97 ބޯޅައިން 102 ލަނޑު ހަދައިފަ އެވެ. ދެން އެންމެ ރަނގަޅަށް ކުޅުނީ 74 ބޯޅައިން 62 ލަނޑު ހެދި ޓަމީމް އިގްބާލެވެ.
އޮސްޓްރޭލިއާ ސެމީ އަށް، އިންގްލެންޑަށް ހާސްކަން
އިންޑިއާވީ ހިތްދަތި، ދުނިޔޭގެ ޗެމްޕިއަނަކީ އޮސްޓްރޭލިއާ
ދެކުނު އެފްރިކާއަށް ބަދުނަސީބު، އޮސްޓްރޭލިއާ ފައިނަލަށް
ހަސަން އަށް އޮސްޓްރޭލިއާގައި ބޮޑު ކުރިއެރުމެއް
އޮސްޓްރޭލިއާ ކްރިކެޓް ޓީމުގެ ޓްރެއިނިންގައި ހަސަން
އޮސްޓްރޭލިއާގެ ކުރީގެ ދެ ކްރިކެޓް ލެޖެންޑުން މަރުވެއްޖެ
ޓީ20 ވޯލްޑް ކަޕް އޮސްޓްރޭލިއާ ކާމިޔާބު ކޮށްފި
ޕާކިސްތާން ބަލިކޮށް އޮސްޓްރޭލިއާ ފައިނަލަށް
ދެކުނު އެފްރިކާ އަތުން ބަލިވިޔަސް އިންގްލެންޑް ސެމީއަށް
އޮސްޓްރޭލިއާ އަތުން އިންޑިއާ އަށް ތާރީހީ މޮޅެއް