Roadha Mihaaru
ފުރަތަމަ ހަތަރު މަހު 1.8 މިލިއަން ދަތުރުވެރިން

ފުރަތަމަ ހަތަރު މަހު 1.8 މިލިއަން ދަތުރުވެރިން، ވައިގެ ހަރަކާތް 21،000 އަށް

25 ޖޫން 2019

މި އަހަރުގެ ފުރަތަމަ ހަތަރު މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޭނުންކުރި ފްލައިޓްތަކުގެ އަދަދު 21،000 އަށް އަރައި، 1.8 މިލިއަން ދަތުރުވެރިން ހިދުމަތް ހޯދައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މި އަހަރުގެ ފުރަތަމަ ހަތަރު މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޭނުންކުރި ފްލައިޓްތަކުގެ އަދަދު 21،000 އަށް އަރައި، 1.8 މިލިއަން ދަތުރުވެރިން ހިދުމަތް ހޯދައިފި އެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ފުރަތަމަ ހަތަރު މަހުގެ އިކޮނޮމިކް އިންޑިކޭޓާއިން އެނގޭ ގޮތުގައި ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓްގައި އެންމެ ގިނަ ފްލައިޓް އޮޕަރޭޓްކުރީ މާޗު މަހު އެވެ. އެގޮތުން އެ މަހު އެއާޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދު އުޅެނީ 5،556 ގަ އެވެ.

މި އަހަރުގެ ފުރަތަމަ ހަތަރު މަހު ވީއައިއޭގައި ބައިނަލްއަގުވާމީ 9،702 ފްލައިޓްގެ ހަރަކާތް ހިނގި އެވެ. އެތެރޭގެ އުދުހުންތަކުގެ ޖުމްލަ އުޅެނީ 11،306 ގަ އެވެ.

މި މުއްދަތުގައި ރާއްޖެ އިން ބޭރުން އައި އަދި ބޭރަށް ފުރި ބައިނަލްއަގުވާމީ ދަތުރުވެރިންގެ ޖުމްލައަކީ 1.4 މިލިއަނެވެ. އޭގެ އިތުރުން އެތެރޭގެ އުދުހުންތަކުގެ ދަތުރުވެރިންގެ އަދަދު 400،000 އަށް އަރަ އެވެ.