ދާދި ފަހުން އިއުލާންކުރި، ޑައިރެކްޓަރު ސަންޖޭ ގުޕްތާގެ އާ ފިލްމު "މުމްބާއީ ސާގާ" އަށް ބަތަލާ އިން ހަމަޖައްސައިފި އެވެ.
25 ޖޫން 2019
ދާދި ފަހުން އިއުލާންކުރި، ޑައިރެކްޓަރު ސަންޖޭ ގުޕްތާގެ އާ ފިލްމު "މުމްބާއީ ސާގާ" އަށް ބަތަލާ އިން ހަމަޖައްސައިފި އެވެ.
ޖޯން އަބްރަހަމް އާއި އިމްރާން ހާޝިމީ ލީޑް ރޯލް ކުޅޭ ފިލްމަށް ނެގި ދެ ބަތަލާއިންނަކީ ޕޫޖާ ހެގްޅޭ އާއި ޝްރިޔާ ޕިލްގާއޯންކަރެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި "މުމްބާއީ ސާގާ" ގައި ޕޫޖާ ފެންނާނީ ޖޯންގެ ލޯބިވެރިޔާގެ ރޯލުންނެވެެ. ޕޫޖާ އަކީ ރިތިކް ރޯޝަންގެ "މޮހެންޖޮދާރޯ" އިން ބޮލީވުޑަށް ތައާރަފުވި ބަތަލާއެކެވެ. ފިލްމު "ފޭން" އާއި ވެބް ސީރީޒް "މިރްޒާޕޫރް" ގައި މަސައްކަތްކޮށްފައިވާ ޝްރިޔާ ފެންނާނީ އިމްރާންގެ ލޯބިވެރިޔާގެ ރޯލުންނެވެ.
At the @GraziaIndia #GraziaMillennialAwards2019 ? pic.twitter.com/HcuEwhVWTO
— Shriya Pilgaonkar (@ShriyaP) June 21, 2019
އަންނަ މަހު ޝޫޓިން ފަށާ "މުމްބާއީ ސާގާ" އަކީ 80 އާއި 90 ގެ އަހަރުތަކުގެ ހާދިސާތަކެއް ކިޔައިދޭ ގޭންގްސްޓާރުންގެ ފިލްމެކެވެ. މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ސުނިލް ޝެޓީ، ޖެކީ ޝްރޮފް، ޕްރަތީކް ބައްބަރު، ގުލްޝަން ގްރޯވާ އަދި ރޯހިތު ރޯއީ ހިމެނެ އެވެ.
"މުމްބާއީ ސާގާ" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.
ވަރަށް ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ވާޝޫ ބަގްނާނީގެ ފިލްމު ކުންފުނި ޕޫޖާ އެންޓަޓައިންމަންޓްގެ ހިންގުމާ އޭނާގެ ދަރިފުޅު އަދި އެކްޓަރު ޖެކީ ބަގްނާނީ ހަވާލުވެ، އިތުރުު ފިލްމުތަކެއް ހަދަން ތިން ޑައިރެކްޓަރުންނާ އެކު ސޮއިކޮށްފި އެވެ.
Vashu Bhagnani and Jackky Bhagnani prepare to lead Pooja Films into its next phase of growth... Sign Rahi Anil Barve [#Tumbbad], Vijay Lalwani [#KarthikCallingKarthik] and Nitin Kakkar [#Filmistaan, #Notebook] for their forthcoming films. pic.twitter.com/p1X7q7d9ce
— taran adarsh (@taran_adarsh) June 24, 2019
އެ ތިން ޑައިރެކްޓަރުންނަކީ މި އަހަރު ކުރީކޮޅު "ނޯޓްބުކް" ގެނެސް ދިން ނިތިން ކައްކަރު އާއި މިދިޔަ އަހަރު "ތުމްބަޅް" ގެނެސް ދިން ރާހީ އަނިލް ބަރްވޭގެ އިތުރުން 2010 ގެ "ކާތިކް ކޯލިން ކާތިކް" ގެނެސް ދިން ވިޖޭ ލަލްވާނީ އެވެ.
ނަމަވެސް މި ތިން ޑައިރެކްޓަރުންނާ އެކު ގެނެސްދޭ ފިލްމުތަކާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހިއްސާއެއް ނުކުރެ އެވެ. އެކަމަކު ނިތިން މިހާރު ލަންޑަނުގައި ޝޫޓް ކުރަމުން އަންނަ ސައިފް އަލީ ހާންގެ "ޖަވާނި ޖާނެމަން" އަކީ ޕޫޖާ އާއި ސައިފްގެ ފިލްމުގެ ކުންފުނި ބްލެކް ނައިޓްސް ގުޅިގެން ހަދާ ފިލްމެކެވެ.
މީގެ އިތުރުން އޮގަސްޓްގައި ޝޫޓިން ފަށާ ޑޭވިޑް ދަވަންގެ "ކޫލީ ނަމްބަރު 1" އަކީ ވެސް ޕޫޖާ އިން ޕްރޮޑިއުސް ކުރާ ފިލްމެކެވެ.
މީފެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ޝޫޓިން ފެށި ހޮރޯ ކޮމެޑީ "ރޫހީ އަފްޒާ" ގެ ޝޫޓިންގައި ބަތަލާ ޖާންވީ ކަޕޫރް އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް ލީކްވެ، ފިލްމުގައި އޭނާ ފެނިގެން ދާނެ ގޮތް ހާމަވެއްޖެ އެވެ.
އުއްތަރުކަންދުގެ މޮރާދުއާބާދުގައި މަންޒަރުތައް ނަގަމުން އަންނަ ފިލްމުން ލީކްވި ފޮޓޯގައި ޖާންވީ ފެންނަނީ އޭނާގެ އަލަތު ފިލްމު "ދަޅަކް" ގައި ވެސް ފެންނަ ކަހަލަ ރަށްފުށުގެ އަންހެއް ކުއްޖެއްގެ ގޮތުގަ އެވެ. އެގޮތުން ލީކްވި ފޮޓޯތަކުގައި އޭނާ ހުންނަނީ ދޯ ޕައްޓާ އެޅި ހެދުމެއްގެ މަތިން ޖެކެޓެއް ލައިގެންނެވެ. އަދި އިސްތަށިގަނޑު ހުންނަނީ ގަތައިފަ އެވެ.
ހާޑިކް މެހެތާ ޑައިރެކްޓް ކުރާ "ރޫހީ އަފްޒާ" ގައި ޖާންވީ ފެނިގެން ދާނީ ޑަބަލް ރޯލަކުންނެވެ. އަދި މި ފިލްމުވެގެން ދާނީ މިދިޔަ އަހަރު ރިލީޒް ކުރި "ދަޅަކް" އަށް ފަހު ރިލީޒްވާ އޭނާގެ ދެވަނަ ފިލްމަށެވެ. ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ މާޗް 20 ގަ އެވެ.
މިދިޔަ އަހަރު ހޮރޯ ކޮމެޑީ "އިސްތިރީ" ގެނެސް ދިން މެޑޮކް ފިލްމްސް އިން ހަދާ "ރޫހީ އަފްޒާ" ގެ ބަތަލުންނަކީ ރާޖްކުމާރު ރާއޯ އާއި ވަރުން ޝަރުމާ އެވެ.
އަންނަ މަހުގެ 26 ގައި ރިލީޒް ކުރާ އެކްތާ ކަޕޫރްގެ "މެންޓަލް ހޭ ކިޔާ" ގެ އާ މޯޝަން ޕޯސްޓަރެއް އަނެއްކާ ވެސް ދައްކާލައިފި އެވެ.
Will we ever figure out what she's up to?
— BalajiMotionPictures (@balajimotionpic) June 22, 2019
Trailer Out Soon!#MentalHaiKya #TrustNoOne#KanganaRanaut @RajkummarRao @ektaravikapoor @RuchikaaKapoor @ShaaileshRSingh @pkovelamudi @KanikaDhillon @ZeeMusicCompany#MentalHaiKyaOn26thJuly pic.twitter.com/tbmSEjStUK
މި ފަހަރުގެ ޕޯސްޓަރުގައި ފެންނަނީ ބަތަލާގެ ކަންގަނާ ރަނާވަތުގެ ބިލިގާއެއްގެ ތެރޭގައި އިނދެ ތުންފަތުގައި ކުލަ ޖައްސާ ތަނެވެ. އަދި އޭނާގެ އަތުގައި ވަޅިއެއް ވެސް މެ އެވެ. "މެންޓަލް ހޭ ކިޔާ" އަކީ ނަފުސާނީ މައްސަލަތަކެއް ހުންނަ ބައެއްގެ ވާހަކަ ވަރަށް ތަފާތު ގޮތަކަށް ކިޔައި ދޭނެ ފިލްމެކެވެ.
މި ފިލްމުގެ ޓްރެއިލާ ވަރަށް އަވަހަށް ރިލީޒް ކުރާނެ ކަމަށް އެކްތާގެ ކުންފުނި ބަލާޖީން ބުނަމުން އަންނަ އިރު، މިދިޔަ ހަފުތާގައި ވެސް ޓްރެއިލާ ރިލީޒް ކުރަން އުޅުނެވެ. އެކަމަކު ޓްރެއިލާ ލޯންޗް ކުރަން ބޭއްވަން އުޅުނު ހަފުލާ ވަނީ ކުއްލި ގޮތަކަށް ކެންސަލް ކޮށްފަ އެވެ.
މީޑިއާތަކުން ބުނީ ހަފުލާ ކެންސަލް ކުރީ ފިލްމުގެ ނަމާ ދޭތެރޭ ހިތްހަމަނުޖެހުން ފާޅުކޮށް، ނަން ބަދަލު ކުރަން ގޮވައިލި އިންޑިއަން ސައިކޭޓްރިކް ސޮސައިޓީ (އައިޕީއެސް) އިން އެ ހަފުލާއާ ދެކޮޅަށް ނުކުންނަން ރޭވުމުންނެވެ.
ނަމަވެސް މިހާތަނަށް ފިލްމުގެ ނަން ބަދަލުކޮށްފާނެ ކަމުގެ އެއްވެސް އިޝާރާތެއް ފިލްމުގެ ޓީމުން ނުދެ އެވެ.
ޕްރަކާޝް ކޮވެލަމުޑީ ޑައިރެކްޓްކޮށްފައިވާ "މެންޓަލް ހޭ ކިޔާ" ގެ ބަތަލަކީ ރާޖްކުމާރު ރާއޯ އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ކޫލީ ނަމްބަރު 1" ރައިޓްސް އެކްތާގެ ބާލާޖީ އަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ސާރާ ވަރަށް ޕްރޮފެޝަނަލް: ވަރުން
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ދަ ޑާޓީ ޕިކްޗާ" ދޫކޮށްލެވުމަކުން ކަންގަނާ ދެރައެއް ނުވޭ