މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފުވި ބަތަލާ ސާރާ އަލީ ޚާނަކީ ވަރަށް ޕްރޮފެޝަނަލް ބަތަލާއެއް ކަމަށާއި އޭނާއާ އެކު މަސައްކަތް ކުރަން ވެސް ވަރަށް ފަސޭހަ ކަމަށް ވަރުން ދަވަން ބުނެފި އެވެ.
23 ޑިސެމްބަރ 2019
މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފުވި ބަތަލާ ސާރާ އަލީ ޚާނަކީ ވަރަށް ޕްރޮފެޝަނަލް ބަތަލާއެއް ކަމަށާއި އޭނާއާ އެކު މަސައްކަތް ކުރަން ވެސް ވަރަށް ފަސޭހަ ކަމަށް ވަރުން ދަވަން ބުނެފި އެވެ.
ދެ ތަރިން މިހާރު އަންނަނީ ވަރުންގެ ބައްޕަ ޑޭވިޑް ދަވަން އަންނަ އަހަރުގެ މެއި 1 ގައި ގެނެސްދޭ "ކޫލީ ނަމްބަރު 1" ގެ މަސައްކަތް ކުރަމުންނެވެ. އެއީ ހަމަ އެ ނަމުގައި ޑޭވިޑް 1995 ގައި ގޯވިންދާ އާއި ކަރިޝްމާ ކަޕޫރާ އެކު ގެނެސްދިން ފިލްމުގެ ރިމެކެކެވެ.
ސާރާއާ އެކު މަސައްކަތް ކުރުމުގެ ތަޖުރިބާ ނިކޮލޯޑިއަން ކިޑްސް ޗޮއިސް އެވޯޑްސްގައި މީޑިއާއާ ހިއްސާ ކުރަމުން ވަރުން ބުނީ ސާރާގެ ފަރާތުން އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ ބުރަކޮށް މަސައްކަތް ކުރުން ކަމަށެވެ.
#SaraAliKhan pic.twitter.com/fn9k7PkHFh
— Sara Ali Khan (@SaraAliKhanFC) November 14, 2019
"އަހަރެން އޭނަ ސިިފަކުރާނީ އެކީގައ މަސައްކަތް ކުރަން ފަސޭހަ، ވަރަށް ޕްރޮޕެޝަނަލް އަދި އެހާމެ ބުރަކޮށް މަސައްކަތް ކުރާ ބަތަލާއެއްގެ ގޮތުގައި،" ވަރުން ބުންޏެވެ.
"އަހަރެން ވަރަށް އުފާ ވެސް ކުރަން ސާރާއާ އެކު މަސައްކަތްކުރަން ލިބުނީމާ."
އޭނާ ބުނިގޮތުގައި ސެޓްގައި އުޅޭ އިރު ސާރާ އަކީ އެންމެންނާ ވެސް ވަރަށް ގުޅޭ މަޖާ މިޒާޖެއްގެ ބަތަލާ އެކެވެ. އަދި އަމިއްލަ މިޒާޖުގައި ވެސް ސަކަ ގޮތެއް ހުންނާތީ ސާރާއާ އެއްތަންވެވޭ ކޮންމެ ދަނޑިވަޅަކީ އެހާމެ މަޖާ އުފާވެރި ވަގުތަކަށްވާ ކަމަށް ވަރުން ބުންޏެވެ.
ސާރާގެ ބައްޕަ ސައިފް އަލީ ޚާން ވެސް ވަރުންގެ ބައްޕަ ޑޭވިޑާ އެކު މަސައްކަތް ކޮށްފައިވާ އިރު، ސާރާ ވަނީ އެފަދަ ފުރުސަތެއް އޭނާ އަށް ލިބުމަކީ ވެސް ވަރަށް ބޮޑު ފަހުރެއް ކަމަށް ބުނެފަ އެވެ. ސާރާ ބޮލީވުޑަށް ތައާރަފުވީ މިދިޔަ އަހަރު ރިލީޒްކުރި "ކޭދަރުނާތު" އިންނެވެ. އޭގެ ފަހުން އޭނާ ވަނީ "ސިމްބާ" ވެސް ކުޅެފަ އެވެ.
އަންނަ އަހަރު ސާރާ ފެންނާނެ ފުރަތަމަ ފިލްމަކީ އިމްތިއާޒް އަލީ ޑައިރެކްޓްކޮށް، ފެބްރުއަރީ 14 ގައި ގެނެސްދޭ "އާޖް ކަލް" އެވެ. އެ ފިލްމުގެ ބަތަލަކީ ކާތިކް އާރިޔަން އެވެ.
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ވަރުންގެ "ކޫލީ ނަމްބަރު 1" ޓީވީން
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ކޮމެޑީ ފިލްމު ކުޅެން ފަސޭހައެއް ނޫން: ސާރާ އަލީ ޚާން
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ކޫލީ ނަމްބަރު 1" ގެ ޓްރެއިލާ ވަރަށް މަޖާ
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ކޫލީ ނަމްބަރު 1" ޑިސެމްބަރު 25 ގައި
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް