Roadha Mihaaru
ވަރުންގެ "ކޫލީ ނަމްބަރު 1" ޓީވީން

ވަރުންގެ "ކޫލީ ނަމްބަރު 1" ޓީވީން ބަލައިލުމުގެ ފުރުސަތު

25 އެޕްރީލް 2021

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރި ވަރުން ދަވަނާއި ސާރާ އަލީ ޚާންގެ ފިލްމު "ކޫލީ ނަމްބަރު 1" މިއަދު ޓީވީން ބަލައިލުމުގެ ފުތުސަތުދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރި ވަރުން ދަވަނާއި ސާރާ އަލީ ޚާންގެ ފިލްމު "ކޫލީ ނަމްބަރު 1" މިއަދު ޓީވީން ބަލައިލުމުގެ ފުތުސަތުދޭން ނިންމައިފި އެވެ.

އެ ފިލްމު ދައްކާނީ ޒީ ސިނަމާއިންނެވެ. އެއީ މިއަދު ހެނދުނު ރާއްޖެ ގަޑިން 11:30 ގަ އެވެ. "ކޫލީ ނަމްބަރު 1" ޓީވީން ޕްރިމިއާކުރުމަކީ އެ ފިލްމު ކުރިން ބަލާލަން ވަގުތު ނުވި މީހުންނަށް ރަނގަޅު ފުރުސަތަކަށް ވާނެ އެވެ. އަދި ފިލްމު ޓީވީ ޕްރިމީއަކަށް މިދިޔަ ހޮނިހިރު ދުވަހު ވަރުންގެ 34 ވަނަ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ވެސް މެ އެވެ.

ވަރުން އާއީ ސާރާ އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ ވަރުންގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކުރި ފިލްމެކެވެ. އަދި މިއީ އޭނާ 1995 ގައި ގެނެސްދިން "ކޫލީ ނަމްބަރު 1" ގެ ރިމޭކެކެވެ. ކުރީގެ ފިލްމުގެ ތަރިންނަކީ ގޯވިންދާ އާއި ކަރިޝްމާ ކަޕޫރެވެ.

އަލުން ފިލްމު ގެނެސްދިން އިރު، ކުރީގެ ފިލްމަށް ވުރެ ހުރިހާ ގޮތަކުން ފުރިހަމަ ރީތި އަދި މަޖާ ފިލްމަކަށް "ކޫލީ ނަމްބަރު 1" ހަދަން މަސައްކަތްކޮށްފައިވެ އެވެ. އަދި ކުރީގެ ފިލްމުގެ ބައެއް ލަވަތައް ޒަމާނަށް ފައްތައިގެން ވެސް އާ ފިލްމުގައި ހިމަނާފައިވެ އެވެ.

ވަރުން އާއި ސާރާ އެކު ފިލްމުގެ ކާސްޓްގައި ޕަރޭޝް ރާވަލް، ޖާވިދު ޖެފްރީ، ރާޖްޕަލް ޔާދަވް، ޖޯނީ ލީވާ، ސާހިލް ވައިދު، ޝިކާ ތަލްސާނިއާ އަދި ވިކާސް ވަރުމާ ހިމެނެ އެވެ.