27 އެޕްރީލް 2020
އަންނަ މަހުގެ 1 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ފިލްމު "ކޫލީ ނަމްބަރު 1" އަންނަ މަހު ސިނަމާތަކަށް އައުމުގެ ފުރުސަތެއް ނެތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އަންނަ މަހުގެ 1 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ޑައިރެކްޓަރު ޑޭވިޑް ދަވަންގެ ފިލްމު "ކޫލީ ނަމްބަރު 1" އަންނަ މަހު ސިނަމާތަކަށް އައުމުގެ ފުރުސަތެއް ނެތް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމުގެ ތެރޭގައި ހިމެނޭ އެ ފިލްމު މެއި 1 އަށް ތާވަލުކޮށްފައި އޮތް ނަމަވެސް ކޮރޯނާވައިރަހާ ހެދި އިންޑިއާގައި ވަނީ މެއި 3 އާ ހަމައަށް ލޮކްޑައުން އިއުލާންކޮށްފަ އެވެ. އެހެންވެ އެކެއްގައި ފިލްމު ރިލީޒްކުރުމަކީ ވާނެ ކަމެއް ނޫނެވެ. އަނެއްކޮޅުން އެ ގައުމުގެ ހުރިހާ ސިނަމާތަކެއް ވެސް ބަންދުކޮށްފައި ހުރުމާއި ލޮކްޑައުންގެ މުއްދަތު ތިން ވަނަ ފަހަރަށް ވެސް އިތުރުކޮށްފާނެ ކަމަށް ބެލެވޭތީ "ކޫލީ ނަމްބަރު 1" އޮތީ މިހާރު ވާނުވާގަ އެވެ.
މި ފިލްމަކީ ޑޭވިޑްގެ ދަރިފުޅު ވަރުން ދަވަނާއި ސާރާ އަލީ ޚާން އެކީގައި ސްކްރީނުން ފެނިގެންދާނެ ފުރަތަމަ ފިލްމެވެ. މި ފިލްމަކީ ޑޭވިޑް 1995 ގައި ގޯވިންދާ އާއި ކަރިޝްމާ ކަޕޫރާ އެކު ގެނެސްދިން "ކޫލީ ނަމްބަރު 1" ގެ ރިމެމެކެވެ. އެކަމަކު ކުރީގެ ފިލްމާ ވަރަށް ބޮޑެތި ތަފާތުތަކެއް އާ ފިލްމުގައި ހުންނާނެ ކަމަށް ސްކްރީންޕްލޭ އާއި ޑައިލޮގްތަކުގައި ހިއްސާވި ފަރުހާދު ސަމްޖީ ބުންޏެވެ.
އާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ޕަރޭޝް ރާވަލް، ޖާވިދު ޖެފްރީ، ޖޯނީ ލީވާ، ރާޖްޕަލް ޔާދަވް އަދި ސާހިލް ވައިދު ހިމެނެ އެވެ.
"ކޫލީ ނަމްބަރު 1" އަކީ ބައްޕަ ޑޭވިޑާ އެކު ވަރުން މަސައްކަތްކުރި ތިން ވަނަ ފިލްމެވެ. ދެބޭން އެކީގައި ގެނެސްދިން ފިލްމުތަކުގެ ތެރޭގައި 2017 ގެ "ޖުޅުވާ 2" އާއި 2014 ގެ "މޭ ތޭރާ ހީރޯ" ހިމެނެ އެވެ.
"ކޫލީ ނަމްބަރު 1" އަކީ މި އަހަރު ސިނަމާ އަށް އަންނަން އޮތް ވަރުން އާއި ސާރާގެ ވެސް ދެވަނަ ފިލްމެވެ. ވަރުންގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ ޖެނުއަރީގައި ގެނެސްދިން "ސްޓްރީޓް ޑާންސާ" އެވެ. ސާރާގެ ފިލްމަކީ ފެބްރުއަރީގައި ރިލީޒްކުރި "ލަވް އާޖް ކަލް" އެވެ.
ވަރުންގެ "ކޫލީ ނަމްބަރު 1" ޓީވީން
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ކޮމެޑީ ފިލްމު ކުޅެން ފަސޭހައެއް ނޫން: ސާރާ އަލީ ޚާން
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ކޫލީ ނަމްބަރު 1" ޑިސެމްބަރު 25 ގައި
"ކޫލީ ނަމްބަރު 1" އަންނަ އަހަރަށް ފަސްކޮށްފި؟
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
"ކޫލީ ނަމްބަރު 1" ހަދަން ނިންމީ ދެ ހިޔާލެއްގައި ހުރެ: ޑޭވިޑް
"ކޫލީ ނަމްބަރު 1" ގެ ޝޫޓިން އޮގަސްޓަށް ތާވަލުކޮށްފި
"ކޫލީ ނަމްބަރު 1" ގެ ޓްރެއިލާ ވަރަށް މަޖާ