އިންޓަނޭޝަނަލް މޮނިޓަރީ ފަންޑް (އައިއެމްއެފް)ގެ ޖެނެރަލް ޑޭޓާ ސިސްޓަލް ރާއްޖޭގައި ތައާރަފްކޮށްފި އެވެ.
21 ޖޫން 2019
އިންޓަނޭޝަނަލް މޮނިޓަރީ ފަންޑް (އައިއެމްއެފް)ގެ ޖެނެރަލް ޑޭޓާ ސިސްޓަލް ރާއްޖޭގައި ތައާރަފްކޮށްފި އެވެ.
ސަރުކާރުގެ ތަފާސްހިސާބުތަކާއި، އެހެނިހެން ރެކޯޑްތައް އެންމެ ފަސޭހަކަމާ އެކު ލިބެން ހުންނަ ނިޒާމެއް ތައާރަފް ކުރުމަށްޓަކައި އައިއެމްއެފްގެ "އެންހޭންސްޑް ޖެނެރަލް ޑޭޓާ ޑިސެމިނޭޝަން ސިސްޓަމް (އީ-ޖީޑީޑީއެސް) ތައާރަފް ކުރުމަށް އެ އިދާރާއިން ވަނީ ރާއްޖެ އަށް މަރުހަބާ ކިޔައިފަ އެވެ.
އައިއެމްއެފްގެ ޗީފް ސްޓެޓިސްޓީޝަން ލުއިސް މާކް ދުޗާމީ ވިދާޅުވީ، މިއީ ސްޓެޓިސްޓިކްސް ދާއިރާއިން ރާއްޖެ ހޯދާފައިވާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ނޭޝަނަލް ސަމަރީ ޑޭޓާ ޕޭޖް (އެންއެސްޑީޕީ) އާ އެކު ރާއްޖޭގެ މައުލޫމާތުތައް ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ހާމަކުރަން ފުރުސަތު ލިބޭނެ ކަމަށް ވެސް ބުންޏެވެ.
އެންއެސްޑީޕީގައި އިގްތިސާދާ ގުޅޭ މައުލޫމާތާއި، ނޭޝަނަލް އެކައުންޓުގެ މައުލޫމާތުތަކުގެ އިތުރުން ދަރަންޏާއި ސަރުކާރުގެ ހަރަދުތަކާއި މާލީ ދާއިރާގެ މުއާމަލާތްތަކާއި ބެލެންސް އޮފް ޕޭމެންޓްގެ މައުލޫމާތުތައް ހުންނާނެ އެވެ. މި މައުލޫމާތުތައް ވަނީ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްގައި އާންމުކޮށްފަ އެވެ. އަދި ރާއްޖެއާ ގުޅޭ މި މައުލޫމާތުތައް އައިއެމްއެފް އިން ވެސް ލިބޭނެ އެވެ.
ރާއްޖޭގެ އިގްތިސާދާ ގުޅޭ މި މައުލޫމާތުތައް އިންވެސްޓަރުންނާއި ރޭޓިން އޭޖެންސީތަކާއި ސިޔާސަތު ތަންފީޒު ކުރާ މީހުންނަށް ބޭނުން ކުރެވޭނެ އެވެ. އަދި މި މައުލޫމާތުތައް އެއްފަހަރާ ބޭނުންކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ.
އައިއެމްއެފް އިން އީ-ޖީޑީޑީއެސް ތައާރަފްކޮށްފައިވަނީ 2015 ވަނަ އަހަރު އެވެ.
"ހާލަތު ރަނގަޅު ކުރަން ފިޔަވަޅުތައް އަވަސް ކުރޭ"
އައިއެމްއެފް އިން އެދުނީ ދަރަނި ހަމަޔަކަށް އަޅުވަން
އެސްޑީއެފްގައި ހުންނަން ޖެހޭނީ ބޭރު ފައިސާ:އައިއެމްއެފް
"ރާއްޖޭގެ އިގްތިސާދު 6.6 ޕަސެންޓަށް ކުރިއަރާނެ"
ރާއްޖެއަށް މާލީ އިދާރާތަކުގެ އިތުބާރު އެބައޮތް: އަމީރު
އައިއެމްއެފްގެ އިންޒާރު: ކުދި ގައުމުތައް އިނދަޖެހިދާނެ
މައުލޫމާތު އާއްމު ނުކުރާ ނަމަ ހޭދަ ބޮޑުވާނެ:މިނިސްޓަރު
"އިގްތިސާދީ ކުރިއެރުން ވަނީ ނާޒުކް ފައްތަރެއްގައި"
އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރަން ވަގުތު ކުޑަތަންވަނީ
ޓެކްސް އާމްދަނީ ބޮޑު ކުރަން ފިޔަވަޅުތައް އަޅަން ޖެހޭ