13 ނޮވެމްބަރ 2023
ރާއްޖޭގެ އިގްތިސާދު ހަމަޔަކަށް އަޅުވަން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭ އެއް ކަމަކީ ދަރަނީގެ މައްސަލަ ހައްލު ކުރުން ކަމަށް އިންޓަނޭޝަނަލް މޮނިޓަރީ ފަންޑު (އައިއެމްއެފް) ގެ "އާޓިކަލް ފޯ 2022" ރިޕޯޓުގައި ބުނެފި އެވެ.
ރާއްޖޭގެ އިގްތިސާދު ހަމަޔަކަށް އަޅުވަން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭ އެއް ކަމަކީ ދަރަނީގެ މައްސަލަ ހައްލު ކުރުން ކަމަށް އިންޓަނޭޝަނަލް މޮނިޓަރީ ފަންޑު (އައިއެމްއެފް) ގެ "އާޓިކަލް ފޯ 2022" ރިޕޯޓުގައި ބުނެފި އެވެ.
މިއީ 2019 ވަނަ އަހަރަށް ފަހު އައިއެމްއެފްގެ "އާޓިކަލް ފޯ" ރިޕޯޓު ނެރުނު ފުރަތަމަ ފަހަރެވެ. މިދިޔަ ހޮނިހިރު ދުވަހު އެ އިދާރާއިން ވަނީ ރާއްޖޭގެ އިގްތިސާދާ ގުޅޭ ގޮތުން 2021 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ރިޕޯޓު ވެސް އާންމުކޮށްފަ އެވެ. އެ ރިޕޯޓު ކުރިން އާންމު ނުކުރީ ސަރުކާރުން އެކަމަށް އެޕްރޫވަލް ނުލިބޭތީ އެވެ. އެހެންވެ 2019 އިން ފެށިގެން އައިއެމްއެފްގެ ރިޕޯޓުތައް ޕަބްލިޝްއެއް ނުކުރެ އެވެ. އާންމު އުސޫލަކީ، އެ އަހަރެއްގެ އާޓިކަލް ރިޕޯޓު އެ އަހަރެއްގެ ފަހުކޮޅު ނެރުމެވެ.
އައިއެމްއެފް އިން ބުނީ، ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލު ކުރުމަށް އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ހަރަދުތައް ކުޑަ ކުރުމަށް ކަމަށެވެ. އެގޮތުން ޕްރޮޖެކްޓްތައް ހިންގުމުގައި އިސްކަން ދޭ ގޮތްތަކެއް އެކުލަވައިލާ ޕްލޭނެއްގެ ތެެރެއިން ކަންކަން ރޭވުމަށް ވަނީ ސަރުކާރަށް އެދިފަ އެވެ. އަދި ސަބްސިޑީ ދިނުމުގައި ޓާގެޓު ކުރަން ޖެހޭ ކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.
އައިއެމްއެފް އިން ބުނީ ކޮވިޑާ ގުޅިގެން ކުރިމަތިވި އިގްތިސާދީ އުނދަގޫ ހާލަތުން ވަރަށް އަވަހަށް އަރައިގެންފައި ވާތީ އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ. އެހެން ނަމަވެސް، ރާއްޖޭގެ ފިސްކަލް ހާލަތު މިހާރަށް ވުރެ ރަނގަޅު ކުރަން ވަރަށް ބޮޑަށް އިސްކަން ދޭން ޖެހޭ ކަމަށާއި ރާއްޖޭގެ އިގްތިސާދު ޓޫރިޒަމަށް ބަރޯސާވުން ކުޑަކޮށް އިގްތިސާދު އެހެން ދާއިރާތަކުން ކުރިއަށް ގެންދަން ރިޕޯމުތަކެއް ގެންނަން ޖެހޭ ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.
އައިއެމްއެފް އިން ބުނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ރިޕޯމުކޮށް، ކުރާ ހޭދަ ކުޑަކުރަން ވަރަށް ހާއްސަ އިސްކަމެއް ދޭން ޖެހޭ ކަމަށެވެ. މިދިޔަ އަހަރުގެ މި ރިޕޯޓުގައިވާ ގޮތުން މެދު ރާސްތާގައި ރާއްޖެ އަށް އާމްދަނީ ހޯދާނެ ގޮތްތައް ވެސް ކަނޑައަޅައި، އާ ގޮތްތަކެއް ހޯދަން އިސްކަން ދޭން ޖެހޭނެ ކަމަށެވެ.
އައިއެމްއެފް އިން ވަނީ ރާއްޖޭގެ ފޮރިން އެކްސްޗޭންޖް ރިޕޯމު ކުރަން ވަރަށް ބޮޑަށް އިސްކަން ދޭން އެދިފަ އެވެ. އަދި ރާއްޖޭގެ ރިޒާވަށް ބާރުބޮޑުވުން ކުޑަ ކުރުމަށްޓަކައި ފައިސާ ޗާޕުކުރުން ހުއްޓާލެވޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.
"ރާއްޖޭގެ އިގްތިސާދު 6.6 ޕަސެންޓަށް ކުރިއަރާނެ"
ރާއްޖެއަށް މާލީ އިދާރާތަކުގެ އިތުބާރު އެބައޮތް: އަމީރު
މައުލޫމާތު އާއްމު ނުކުރާ ނަމަ ހޭދަ ބޮޑުވާނެ:މިނިސްޓަރު
"އިގްތިސާދީ ކުރިއެރުން ވަނީ ނާޒުކް ފައްތަރެއްގައި"
ޓެކްސް އާމްދަނީ ބޮޑު ކުރަން ފިޔަވަޅުތައް އަޅަން ޖެހޭ
"ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 5.2 ޕަސެންޓުގައި"
ސަރުކާރުން އައިއެމްއެފްގެ ޕްރޮގްރާމަކަށް ނުދާނެ:ސައީދު
ރައީސްގެ އިގުތިސާދީ އެޖެންޑާއަށް އައިއެމްއެފްގެ ތައުރީފު
އެސްޑީއެފްގައި ހުންނަން ޖެހޭނީ ބޭރު ފައިސާ:އައިއެމްއެފް
ޖީއެސްޓީ ބޮޑުކުރުމަށް އައިއެމްއެފްއިން މަރުހަބާ ކިޔައިފި