20 ޖޫން 2019
ރިޔާޒް (ޖޫން 20) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި މައްސަލާގައި އދ. އިން ނެރުނު ތަހުގީގީ ރިޕޯޓުގައި އާ ވާހަކައެއް ނެތް ކަމަށާއި އެއީ މީޑިއާތަކުގައި ކުރިން ވެސް ދައްކާފައި ހުރި ވާހަކަތަކެއް ކަމަށް ސައުދީ އަރަބިއާގެ ސްޓޭޓް މިނިސްޓަ ފޯ ފޮރިން އެފެއާޒް އާދިލް އަލް ޖުބައިރު ވިދާޅުވެއްޖެ އެވެ.
ރިޔާޒް (ޖޫން 20) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި މައްސަލާގައި އދ. އިން ނެރުނު ތަހުގީގީ ރިޕޯޓުގައި އާ ވާހަކައެއް ނެތް ކަމަށާއި އެއީ މީޑިއާތަކުގައި ކުރިން ވެސް ދައްކާފައި ހުރި ވާހަކަތަކެއް ކަމަށް ސައުދީ އަރަބިއާގެ ސްޓޭޓް މިނިސްޓަ ފޯ ފޮރިން އެފެއާޒް އާދިލް އަލް ޖުބައިރު ވިދާޅުވެއްޖެ އެވެ.
"ރިޕޯޓުގައި ހުރީ ހަގީގަތެއް ނެތް ތުހުމަތުތަކެއް. އެ ރިޕޯޓުގެ ސައްހަކަމާ މެދު ވެސް ސުވާލު އުފެދޭ،" އަލް ޖުބައިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
އދ.ގެ ރިޕޯޓުގައި ބުނެފައި ވަނީ ނޫސްވެރިޔާ މަރާލުމާއި ސައުދީ އަރަބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ގުޅުން އެބަހުރި ކަމަށެވެ. އެކްސްޓްރާ ޖުޑިޝަލް، އާބިޓްރަރީއާ ބެހޭ އދ.ގެ ޚާއްސަ ރެޕަޓުއާ އަގްނީސް ކަލަމާޑުގެ ތަހުގީގުގެ މައްޗަށް ބިނާކޮށް އިއްޔެ ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ޚާޝުގްޖީގެ މަރާ މުހައްމަދު ބިން ސަލްމާންއާ ގުޅުން ހުރިކަމުގެ އިތުބާރު ހުރިކަމުގެ ހެކި ލިބިފައިވާތީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަން ޖެހޭނެ ކަމަށެވެ. އަދި ޚާޝުގްޖީގެ މަރުގެ ތަހުގީގެއް ކުރުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް އަށް ވަނީ ގޮވާލައްވައިފަ އެވެ.
ޖުބައިރު ވިދާޅުވީ ޚާޝުގްޖީގެ މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތް ސައުދީގައި މިހާރު ފަށާފައިވާ ކަމަށެވެ. އަދި ޝަރީއަތްތައް ކުރިއަށްދާ ގޮތް ބެލުމުގެ ފުރުސަތު ބައިނަލްއަގުވާމީ ފަރާތްތަކަށް ދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ޚާޝުގްޖީގެ މަރާ ސައުދީ ވަލީއަހުދާ ގުޅުން އެބަހުރި"
ދެގައުމެއްގެ މިނިސްޓަރުންނާ ރައީސް ބައްދަލުކުރައްވައިފި
ފަލަސްތީނު ރެފިއުޖީންނަށް ސައޫދީން 40 މިލިއަން ޑޮލަރު
ސައޫދީ ވަލީއަހުދަށް ޚާޝުގްޖީގެ މަރުގެ ދައުވާ ނުކުރެވޭނެ
ސައޫދީ ވަލީ އަހުދުގެ ބަހުގެ ހަމަލާތަކެއް ބައިޑެން އަށް
ޚާޝުގްޖީ މަރައިލި މައްސަލަ ފާހަގަކުރިން: ބައިޑެން
ބީބާއަށް ހާޝުގްޖީގެ ލޯބިވެރިޔާގެ ސިޓީއެއް
ސައޫދީ ވަލީ އަހުދަށް އަނެއްކާވެސް ބޮޑެތި ތުހުމަތުތަކެއް
ވަލީ އަހުދަށް ކުރީ އަސްލެއް ނެތް ތުހުމަތެއް: ސައުދީ
ޚާޝުގްޖީ މަރާލުމަށް ވަލީ އަހުދުގެ ރުހުންވަނީ ދީފައި: އެމެރިކާ