19 ޖޫން 2019
ޔުނައިޓެޑް ނޭޝަންސް (ޖޫން 19) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލުމާއި ސައުދީ އަރަބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ގުޅުން އެބަހުރި ކަމަށް އދ.ގެ ތަހުގީގު ރިޕޯޓްގައި ބުނެފި އެވެ.
ޔުނައިޓެޑް ނޭޝަންސް (ޖޫން 19) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލުމާއި ސައުދީ އަރަބިއާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ގުޅުން އެބަހުރި ކަމަށް އދ.ގެ ތަހުގީގު ރިޕޯޓްގައި ބުނެފި އެވެ.
އެކްސްޓްރާ ޖުޑިޝަލް، އާބިޓްރަރީއާ ބެހޭ އދ.ގެ ޚާއްސަ ރެޕަޓުއާ އަގްނީސް ކަލަމާޑުގެ ތަހުގީގުގެ މައްޗަށް ބިނާކޮށް މިއަދު ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ޚާޝުގްޖީގެ މަރާ މުހައްމަދު ބިން ސަލްމާންއާ ގުޅުން ހުރިކަމުގެ އިތުބާރު ހުރިކަމުގެ ހެކި ލިބިފައިވާތީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަން ޖެހޭނެ ކަމަށެވެ.
ވޮޝިންޓަން ޕޯސްޓަށް ލިޔަމުން ދިޔަ ޚާޝުގްޖީ މަރާލީ ތުރުކީގެ އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު 2 ވަނަ ދުވަހު އެވެ. ސައުދީން ފުރަތަމަ ބުނެފައި ވަނީ ޚާޝުގްޖީ މަރާ ގުޅޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށެވެ.
ސައުދީން ފަހުން ވަނީ ޚާޝުގްޖީ މަރާލި މީހުންގެ މައްޗަށް ދައުވާ ކުރަން ނިންމައިފަ އެވެ. ނަމަވެސް ޕްރޮސެކިއުޓަރުން ބުނެފައި ވަނީ ޚާޝުގްޖީގެ މަރާ ވަލީ އަހުދާ ގުޅުމެއް ނެތް ކަމަށެވެ.
ކަލްމާޑް ވިދާޅުވީ ޚާޝުގްޖީގެ މަރާ ގުޅޭ ގޮތުން ސައުދީން މިހާތަނަށް ހިންގި ތަހުގީގު ބައިނަލްއަގުވާމީ މިންގަނޑަށް ނުފެތޭ ކަމަށެވެ. އަދި އެކަމަނާ ވަނީ މި މައްސަލާގައި ބައިނަލްއަގުވާމީ ޖިނާއީ ތަހުގީގެއް ކުރަން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އަށް ގޮވާލައްވައިފަ އެވެ. މީގެ އިތުރުން އެމެރިކާގެ އެފްބީއައި އިން ވެސް އެ މައްސަލައިގެ ތަހުގީގެއް ކުރުމަށް ވަނީ ގޮވާލައްވައިފަ އެވެ.
ޚާޝުގްޖީގެ މަރާ ގުޅޭ 15 މީހެއްގެ ނަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް ސައުދީން ދައުވާކުރާ 11 މީހުންގެ ތެރޭގައި އެ 15 މީހުންގެ ތެރޭން ގިނަ މީހުންގެ ނަން ނުހިމެނޭ ކަމަށް ކަލްމާޑް ވިދާޅުވި އެވެ. އެގާރަ މީހުންގެ ޝަރީއަތް އިންސާފުވެރި ގޮތުގައި ކުރިއަށް ނުގެންދެވޭނެތީ އެ ޝަރީއަތް ހުއްޓާލުމަށް އދ.ގެ ރިޕޯޓުގައި ވަނީ ގޮވާލައިފަ އެވެ.
ސައޫދީ ވަލީއަހުދަށް ޚާޝުގްޖީގެ މަރުގެ ދައުވާ ނުކުރެވޭނެ
ޚާޝުގްޖީ މަރައިލި މައްސަލަ ފާހަގަކުރިން: ބައިޑެން
ބީބާއަށް ހާޝުގްޖީގެ ލޯބިވެރިޔާގެ ސިޓީއެއް
ޚާޝުގްޖީ މަރާލުމަށް ވަލީ އަހުދުގެ ރުހުންވަނީ ދީފައި: އެމެރިކާ
ޚާޝުގްޖީ މަރަން އަމުރެއް ނުކުރަން: ޕްރިންސް މުހައްމަދު
ޚާޝުގްޖީގެ މަރާ ގުޅޭ ރިޕޯޓުގައި އާ ވާހަކައެއް ނެތް: ސައުދީ
ދެގައުމެއްގެ މިނިސްޓަރުންނާ ރައީސް ބައްދަލުކުރައްވައިފި
ފަލަސްތީނު ރެފިއުޖީންނަށް ސައޫދީން 40 މިލިއަން ޑޮލަރު
އީރާނުން ހޯދިއްޔާ، ސައޫދީ ވެސް ނިއުކްލިއާ ހޯދާނެ
ސައޫދީ އާއި އިޒްރޭލުގެ ގުޅުން އެބަ ކައިރިވޭ