މިދިޔަ އަހަރު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، ނުކުޅެދޭ ހާލަތަކަށް ދިޔަ އުމަރު ސަލީމް (އޮއްތޮ) ގެ ގައިގައި ސައިކަލުން ޖެއްސި މީހާގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުން މިއަދު ބާއްވައިފި އެވެ.
20 ޖޫން 2019
މިދިޔަ އަހަރު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، ނުކުޅެދޭ ހާލަތަކަށް ދިޔަ އުމަރު ސަލީމް (އޮއްތޮ) ގެ ގައިގައި ސައިކަލުން ޖެއްސި މީހާގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުން މިއަދު ބާއްވައިފި އެވެ.
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި ދައުވާ ލިބޭ އާދަމް އިމްޖާދުގެ މައްޗަށް ދައުލަތުން އުފުލީ މީހަކަށް އަނިޔާއެއް ދިނުުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ އަށް އޭނާ އިއުތިރާފް ނުވި އިރު އިންކާރެއް ވެސް ނުކުރެ އެވެ. އެކަމަކު އޭނާގެ ވަކީލް އެެދުނީ ދައުވާ އަށް ޖަވާބުދާރީ ވުމުގެ ކުރިން މައުލޫމާތުތަކެއް ސާފު ކުރުމަށާއި ލިޔެކިއުންތަކެއް ހޯދަން ވަގުތު ދިނުމަށެެވެ.
އެގޮތަށް އެދުމުން ދައުލަތުގެ ވަކީލުން ވިދާޅުވީ މައްސަލައިގައި ދައުލަތުން ހުށަހަޅާ ހެކިތަކާއި ލިޔެކިއުންތައް ކޯޓަށް ހުށަހަޅައި، އެ ލިޔެކިއުންތައް ދައުވާ ލިބޭ ފަރާތަށް ފޯރުކޮށްދީފައިވާ ކަމަށާއި އެހެންވީމާ ދައުވާ އަށް އިއުތިރާފް ނުވާ ނަމަ އިންކާރު ކުރަން ޖެހޭ ކަމަށެވެ.
އިމްޖާދުގެ ވަކީލު އެދުނީ ދައުވާ އަށް އިއުތިރާފް ވުން ނުވަތަ އިކާރު ކުރުމާ މެދު ގޮތެއް ނިންމުމުގެ ކުރިން ހޯދަން ބޭނުންވާ މައުލޫމާތުތައް ހޯދުމަށް 15 ދުވަސް ދިނުމަށެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަމްޖަދު އަބްދުލް ޣަނީ ދެއްވީ ފަސް ދުވަހުގެ މުހުލަތެކެވެ.
ދައުވާ އަށް ޖަވާބުދާރީވުމަށް ހޯދަން ޖެހޭ ކަމަށް އިމްޖާދުގެ ވަކީލް ބުނީ އޮތްތޮ އަށް ދިން ފަރުވާތަކާ ގުޅޭ ލިޔެކިއުންތަކެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ އިމްޖާދުގެ މައްޗަށް އުފުލާފައި ވަނީ ބަދަލު ހޯދުމުގެ މަދަނީ މައްސަލައަކަށް ނުވާތީ މެޑިކޯ ލީގަލް ރިޕޯޓް ފިޔަވައި ފަރުވާއާ ގުޅޭ އެހެން ލިއެކިއުންތަކެއް ހުށަހަޅަން ނުޖެހޭ ކަމަށެވެ.
މި ދައުވާ ސާބިތުވެއްޖެ ނަމަ އެންމެ ދިގު މުއްދަތަކަށް ނަމަ، އިމްޖާދުގެ މައްޗަށް އެއް އަހަރާއި ހަ މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
މަޝްހޫރު ކޯޗު އަދި މިހާރުގެ ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ)ގެ ހަމައެކަނި ދަރިފުޅު އޮއްތޮ އެކްސިޑެންޓްވި ދުވަހު ދުއްވާފައި ދިޔައީ ގަވާއިދު ފަޅިން، މަޑު ދުވެއްޔެއްގަ އެވެ. ކޮންޓްރޯލެއް ނެތި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލުން ޖެއްސުމާ އެކު އޮއްތޮ ވެއްޓުނީ އެވެ.
ބޮޑެތި ޒަހަމްތަކެއް ލިބި ސިކުނޑި އަށް ލޭ އެޅުނު އޮއްތޮގެ ފުރާނަ ސަލާމަތްވީ ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ދިން ފަރުވާ އިންނެވެ. އާއިލާ އިން ބުނިގޮތުގައި، ޑޮކްޓަރުން އުއްމީދު ވެސް ކަނޑާލި އެވެ. ސީރިއަސް އޮޕަރޭޝަންތަކެއް ކޮށް، ތިން ހަފުތާ ވަންދެން ކޯމާގައި ވެސް އޮންނަން ޖެހުނެވެ.
އޮއްތޮގެ އާއިލާއިން ދެއްކީ ރީތި ނަމޫނާއެއް
އޮއްތޮ އެކްސިޑެންޓްކޮށްލި މީހާގެ ޝަރީއަތް މާދަމާ
ގައިމަތިން ސައިކަލު ދިޔަ މައްސަލަ ޕީޖީއަށް ފޮނުވަނީ
ޕޮލިސް ކާރު އެކްސިޑެންޓު: މަންޒަރު ދުށް ބަޔަކު ހޯދަނީ
"ސައިކަލު ދުއްވީ ލައިސަންސް ހިފަހައްޓާފައިވާ މީހެއް"
ސްޕޯޓްސް ކާރުން ޖެހި މީހަކު މަރުވި މައްސަލަ ޕީޖީއަށް
އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ
ބައުޒަރެއްގައި ސައިކަލަކުން ޖެހި ޒުވާނަކަށް އަނިޔާވެއްޖެ
ސްޕޯޓްސް ކާރު އެކްސިޑެންޓް: ދައުވާކުރަން ފޮނުވައިފި
ބާރަށް ކާރު ދުއްވި މީހަކު ފިލަން އުޅުމުން ހައްޔަރު