Roadha Mihaaru
އޮޅުވާލައިގެން ފައިސާ ހޯދުން އަނެއްކާވެސް އިތުރުވެއްޖެ

އޮޅުވާލައިގެން ފައިސާ ހޯދުން އަނެއްކާވެސް އިތުރުވެއްޖެ

19 ޖޫން 2019

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެހެނިހެން ކުންފުނިތަކާއި އިދާރާތަކުގެ ނަމުގައި އެކި ފަރާތްތަކަށް ގުޅައި އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް އެދި، ކާޑުގެ މައުލޫމާތާއި ސެކިއުރިޓީ ކޯޑާއި ޕިން ހޯދަން މަސައްކަތްކުރުން އަނެއްކާވެސް އިތުރުވެފައި ވާތީ އެކަމަށް ސަމާލުވާން ބީއެމްއެލް އިން އިލްތިމާސްކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެހެނިހެން ކުންފުނިތަކާއި އިދާރާތަކުގެ ނަމުގައި އެކި ފަރާތްތަކަށް ގުޅައި އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް އެދި، ކާޑުގެ މައުލޫމާތާއި ސެކިއުރިޓީ ކޯޑާއި ޕިން ހޯދަން މަސައްކަތްކުރުން އަނެއްކާވެސް އިތުރުވެފައި ވާތީ އެކަމަށް ސަމާލުވާން ބީއެމްއެލް އިން އިލްތިމާސްކޮށްފި އެވެ.

ބީއެމްއެލުން ބުނީ ފަހަކަށް އައިސް މިފަދަ ހާދިސާތައް އިތުރުވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށެވެ. ކަސްޓަމަރުން ހުރިހާ ވަގުތެއްގައި ވެސް މިފަދަ ކަންކަމުން ރައްކާތެރިވުމަށް ބޭންކުން ވަނީ އެދިފަ އެވެ.

ބޭންކުން ހިންގާ އެއްވެސް ޕްރޮމޯޝަނެއްގައި ނުވަތަ ލަކީ ޑްރޯއެއްގައި ފޯނުން ގުޅައި އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަށް ނުވަތަ ކޭޝް ކާޑުގެ މުހިންމު މައުލޫމާތުތައް ދިނުމަށް ނޭދޭނެކަން ބޭންކުން އަންނަނީ ތަކުރާރުކޮށް ހަނދާންކޮށްދެމުންނެވެ.

ކާޑުގެ މައުލޫމާތު ހޯދާށާއި އެހެން ގޮތްގޮތުން ވެސް ބީއެމްއެލްގެ ނަމުގައި ގުޅައިގެން ކަސްޓަމަރުންނަށް އޮޅުވާލާތީ، ބޭންކުން އަންނަނީ ހޭލުންތެރިކުރުވުމުގެ ކެމްޕޭންތައް ވެސް ހިންގަމުންނެވެ.

އޮޅުވާލައިގެން ފައިސާ ހޯދުމަށް މަސައްކަތް ކުރުމަކީ ވަރަށް ބޮޑަށް އާންމުވެފައިވާ މައްސަލައެކެވެ. އެގޮތުން، ނުދަންނަ ނަންބަރުތަކުން، ގުޅައި ކާޑުގެ މައުލޫމާތު ހޯދައިގެން ބައެއް މީސްމީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ފޭރިފައިވެ އެވެ.