19 ޖޫން 2019
މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެންބީސީ) ން އަމިއްލަ ކުންފުންޏެއް ކަމަށްވާ ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް 78 މިލިއަން ރުފިޔާ ދިނުމަށް ސަރުކާރުގެ ފަރާތުން ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެންބީސީ) ން އަމިއްލަ ކުންފުންޏެއް ކަމަށްވާ ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް 78 މިލިއަން ރުފިޔާ ދިނުމަށް ސަރުކާރުގެ ފަރާތުން ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ބިގް ކުންފުންޏަކީ ފައްޔާޒްގެ މަސްލަހަތު އޮތް ކުންފުންޏެއްތޯ ބެލުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލުގެ ޖަވާބުގައި ފައްޔާޒް ވިދާޅުވީ، އެއީ އޭނާގެ ވަރަށް ގާތް ރަހްމަތްތެރިން ގުޅިގެން އުފެއްދި ކުންފުންޏެއް ކަމަށެވެ. އަދި އެ ކުންފުނީގައި އޭނާގެ މަސްލަހަތު އޮތީ މާޗް 2015 އާ ހަމައަށް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުންފުނީގެ ހިއްސާދާރުކަމާއި ޑިރެކްޓަރުންގެ ބޯޑުން އޭރު ވަކިވާން ޖެހިވަޑައިގަތީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އެ ކުންފުންޏަށް ކުރި "ގޯނާތައް" އިތުރުވަމުން ގޮސް އަގު ނުކުރެވޭ ގެއްލުންތައް ލިބެން ފެށމުން، އެހެން ހިއްސާދާރުންގެ އެދުމުގެ މަތިންނެވެ. އަދި ބިގަށް 78 މިލިއަން ރުފިޔާ ދޭން ހުކުމް ކުރި އިރު، އޭނާގެ މަސްލަހަތެއް ކުންފުނީގައި ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
"ކުންފުންޏަށް ކުރި ގޯނާތައް އިތުރު ވަމުން ގޮސް، އަގު ނުކުރެވޭ ގެއްލުންތައް ލިބެން ފެށީމާ ދެން ތިބި ހިއްސާދާރުން އަޅުގަނޑު ކައިރީގައި އެދުނީ ސިޔާސީ ކަންކަން ދޫކޮށްލުން. ނޫނީ ކުންފުނި ބަންދު ކުރަން. އަޅުގަނޑުގެ ބުރަ މަސައްކަތުން އުފައްދާފައިވާ ކުންފުންޏަކަށް ވާތީ، އަޅުގަނޑު ވަކިވެގެން އެ ކުންފުންޏަށް ފުރުސަތެއް ލިބޭނެ ކަމަށް ގަބޫލު ކުރީ،" މިނިސްޓަރު ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑަކަށް ނޭނގޭ ކުންފުނީގެ ހިއްސާ އޮތީ ކިހިނެއް ކަމެއް. އެކަމަކު ޔަގީން ކަމާ އެކީގައި ދަންނަވަން އެނގޭ އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ބޭބެގެ [ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއިލް] ގެ ހިއްސާ އެ ކުންފުނީގައި އޮވޭ."
މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ 10 އަހަރެއްހާ ދުވަހުގެ ތެރޭގައި އާންމުންނަށް ލިބިފައި ހުރި އަނިޔާތަކާއި އޭރުގެ އިދިކޮޅު ފަރާތްތަކަށް ލިބިފައި ހުރި ގެއްލުންތައް ވަޒަން ކުރި އިރު ދެ ބިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ބަދަލު ދޭން ޖެހޭނެ ކަމަށް ލަފާ ކުރެވިފައިވާ ކަމަށެވެ.
އެހެންވެ، މި ސަރުކާރަށް އަތުވެދާނެ ބޮޑު ބުރައަކުން ސަލާމަތް ކުރުމަށް މިގޮތަށް ހުރި ހުރިހާ މައްސަލަތަކެއް ދައުލަތަށް ބުރަ ނުވާނެ ގޮތަކަށް ވާހަކަ ދައްކައިގެން އަދުލުވެރި ގޮތަކަށް ނިންމޭނެ އިންތިޒާމު ހަމަޖައްސަން ސަރުކާރުގެ ތެރެއިން މަސައްކަތް ކުރައްވާފައި ވާނެ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑަކަށް ނޭނގޭ ކުންފުނީގެ ހިއްސާ އޮތީ ކިހިނެއް ކަމެއް. އެކަމަކު ޔަގީން ކަމާ އެކީގައި ދަންނަވަން އެނގޭ އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ބޭބެގެ [ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއިލް] ގެ ހިއްސާ އެ ކުންފުނީގައި އޮވޭ: ފައްޔާޒް
"އެއީ ނުފޫޒު ކަމަށް ވާ ނަމަ، އަޅުގަނޑުގެ ނުފޫޒު ވަރަށް ބޮޑަށް އެކަމުގައި އޮތް،" ފައްޔާޒް ވިދާޅުވި އެވެ.
ދައުލަތުގެ މީޑިއާ ހިންގަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެމްއެންބީސީން ބިގަށް 78 މިލިޔަން ރުފިޔާ ދޭން ޖެހި އޭގެ ތެރެއިން 30 މިލިޔަން ރުފިޔާ ޕީއެސްއެމުން ވަނީ ދައްކައިފަ އެވެ.
ބިގަށް 78 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ޖޫން 7، 2016 ގައި ހުކުމްކުރީ އެމްއެންބީސީއާ އެކު ވެފައި އޮތް އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ލިބެން ޖެހޭ ފަސް މިލިއަން ރުފިޔާ ނުލިބި އޮތުމުންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ، 78 މިލިއަންގެ ތެރެއިން 72.9 މިލިއަން ރުފިޔާ އަކީ ޖޫރިމަނާ އެވެ.
ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއިލްގެ 90 ޕަސެންޓް ހިއްސާ އޮންނަ ބިގާ އެކު އެމްއެންބީސީން މާޗު 7، 2010 ގައި ވީ އެއްބަސްވުމުގެ ދަށުން، އެމްއެންބީސީއަށް އިސްތިހާރުތަކުން ލިބޭ އާމްދަނީން ފަސް ޕަސެންޓްގެ ކޮމިޝަނެއް ބިގަށް ދޭން ޖެހެ އެވެ.
އެކަމަކު، އޭރުގެ އޮޑިޓަ ޖެނެރަލް ނިިޔާޒު އިބްރާހިމް 2014 ގައި ނެރުއްވި އޮޑިޓް ރިޕޯޓެއްގައި ބުނެފައި ވަނީ ބިގުން އެއްވެސް މަސައްކަތެއް ނުކޮށް، ޓީވީއެމް އާއި ދިވެހިރާއްޖޭގެ އަޑުން ފޮނުވާ އިއުލާން ފަދަ އެއްޗެހިން ލިބޭ އާމްދަނީން ކޮމިޝަނެއް ދޭން ނުޖެހޭނެ ކަމަށެވެ.
އެމްޑީޕީގެ ސަރުކާރު ވެރިކަމުގައި އޮތް އިރު ދައުލަތުގެ މީޑިއާ ހިންގަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ) ގެ ނަމުގައި، ހާއްސަ ގާނޫނެއް ހެދި އެވެ. އެކަމަކު އޭރު އިދިކޮޅު ފަަރާތްތަކުން ކޮންޓްރޯލްކުރި ރައްޔިތުންގެ މަޖިލިހުން ހެދި އެ ގާނޫނަށް އަމަލްކުރުމުގެ ބަދަލުގައި، ނަޝީދުގެ ނިންމެވުމަކަށް ވީ، ސަރުކާރުގެ ކޮންޓްރޯލް ދޫނުކޮށް، ސަރުކާރުން ވަކި ކުންފުންޏެއް ހަދައި، އޭގެ ދަށަށް ޓީވީއެމާއި ދައުލަތުގެ ރޭޑިއޯ ސްޓޭޝަންތައް ގެންދިއުމެވެ. އެމްއެންބީސީ އުފެއްދީ އެ ނިޔަތުގަ އެވެ.
އެކަމަކު ފެބްރުއަރީ 7، 2012 ގައި ނަޝީދު އިސްތިއުފާ ދެއްވުމާ އެކު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ އެމްބީސީގެ ގާނޫނާ އެއްގޮތަށް، ޓީވީއެމް އާއި ރޭޑިއޯ ސްޓޭޝަންތައް އެ ކުންފުނީގެ ދަށަށް ބަދަލުކޮށްފަ އެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަކީ، އެމްބީސީގެ ގާނޫނު އުވާލައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި ގާނޫނެއްގެ ދަށުން، ދައުލަތުގެ މީޑިއާއާ ހަވާލުވި ކުންފުންޏެކެވެ.
ބިގަށް 78 މިލިއަން ދޭން ކުރި ހުކުމް ބާތިލްކޮށްފި
ބިގަށް ދޭންޖެހޭ 78 މިލިއަންގެ މައްސަލަ ސުޕްރީމްކޯޓަށް
އެމްއެންބީސީން މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭންޖެހިއްޖެ
އެމްއެންބީސީގެ ދަރަނި ޕީއެސްއެމުން ދެއްކުމުން ސުވާލު
ބިގުގެ މައްސަލަ ހައި ކޯޓަށް ބަލައިގަތުމަށް އަންގައިފި
ބިގަށް ފައިސާ ދިން މައްސަލަ އަލުން ބަލަން އެދެފި
ބިގުގެ 78 މިލިއަން މައްސަލާގައި ކޮމިޓީ ނުބޭއްވުނު
އެމްއެންބީސީގެ ދަރަނި ދައްކަނީ، ބިގަށް 30 މިލިއަން
މީޑިއާ ނެޓުން އެދުނު 1.3 މިލިއަން ނަގައެއް ނުދިން
އެމްއެންބީސީން ބިގަށް 78 މިލިއަން ދޭންޖެހޭ: ހުކުމް