02 މެއި 2024
މީގެ 14 އަހަރު ކުރިން، ދައުލަތުގެ މީޑިއާ ހިންގި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އިން މީޑިއާ ނެޓަށް 1.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މީގެ 14 އަހަރު ކުރިން، ދައުލަތުގެ މީޑިއާ ހިންގި މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އިން މީޑިއާ ނެޓަށް 1.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2009 ވަނަ އަހަރު އުފެއްދި އެމްއެންބީސީން ދައުލަތުގެ މީޑިއާ ހިންގިޔަސް، ދައުލަތުގެ މީޑިއާގެ ވަސީލަތްތަކާއި ހިންގުން މިހާރު އޮތީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ދަށަށް ބަދަލުކޮށްފަ އެވެ. ނަމަވެސް އެމްއެންބީސީ މިހާތަނަށް އުވާލާފައެއް ނުވެ އެވެ.
އެމްއެންބީސީގެ މައްޗަށް މީޑިއާ ނެޓުން 2020 ވަނަ އަހަރު ދައުވާކުރީ 2009 ވަނަ އަހަރު އެމްއެންބީސީން ހިންގި ވައި ޓީވީ ޗެނަލް މީޑިއާ ނެޓް މެދުވެރިކޮށް ރައިޑް ކުރުމަށްޓަކައި ހެދި އެއްބަސްވުމެއްގެ ދަށުން ދައްކަންޖެހޭ ފައިސާ ހޯދުމަށެވެ.
ސިވިލް ކޯޓުން އެމްއެންބީސީގެ ޣައިރު ހާޒިރުގައި މިއަދު ކުރި ހުކުމުގައިވަނީ އެ މައްސަލާގައި ޖަވާބުދާރީވުމަށް އެމްއެންބީސީ ހިންގަމުންދާ އެޑްރެހަށް ކޯޓު އަމުރު ފޮނުވުމުން، އެތަނުން ކޯޓު އަމުރާ ހަވާލުވެފައިނުވާ ކަމަށެވެ. އަދި އެމްއެންބީސީއަކީ ވަކި ކުންފުންޏެއް ކަމަށް ވާތީ އެ ކުންފުނިން ކޯޓުގައި ތަމްސީލު ކުރަން ޖެހޭނީ އަމިއްލައަށް ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވެސް ކޯޓަށް އަންގާފައިވާ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ 2010 ވަނަ އަހަރު ވުޖޫދަށް އައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަންގެ ގާނޫނުގެ ދަށުން ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑާއި އެތަނުގެ ވަސީލަތްތަކާއި މުވައްޒަފުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) ގެ ދަށަށް ބަދަލުވި ނަމަވެސް، އެ މައްސަލާގައި ހިމެނޭ ވައި ޓީވީއާ ގުޅޭ ކަންކަން އެމްބީސީގެ ދަށަށް ބަދަލުވެފައިނުވާ ކަމަށެވެ. އެހެންވެ، އެ މައްސަލާގައި ހިމެނޭ 1.3 މިލިއަން ރުފިޔާއަކީ އެމްއެންބީސީ އިން މީޑިއާ ނެޓަށް ދައްކަންޖެހޭ ފައިސާއެއް ކަން ސާބިތުވާ ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، މި މަހުގެ 16 ވަނަ ދުވަހުގެ ކުރިން އެ ފައިސާ ކޯޓަށް ދައްކަން އަންގާ ކަމަށް ހުކުމުގައިވެ އެވެ.
އެ ފައިސާ ހޯދަން މީޑިއާ ނެޓުން ފުރަތަމަ ދައުވާކުރީ ދައުލަތުގެ މީޑިއާ މިހާރު ހިންގަމުންދަ ޕީއެސްއެމްގެ މައްޗަށެވެ. ނަމަވެސް ސިވިލް ކޯޓުން 2018 ވަނަ އަހަރު ނިންމީ އެ ފައިސާ ދެއްކުމުގެ ޒިންމާ ޕީއެސްއެމްއިން އުފުލަން ނުޖެހޭނެ ކަމަށެވެ.
މީޑިއާ ނެޓުން އެދުނު 1.3 މިލިއަން ނަގައެއް ނުދިން
ބިގަށް 78 މިލިއަން ދޭން ކުރި ހުކުމް ބާތިލްކޮށްފި
އެމްއެންބީސީގެ ދަރަނި ޕީއެސްއެމުން ދެއްކުމުން ސުވާލު
މީޑިއާ ނެޓަށް 9 މިލިއަން ދޭން ޕީއެސްއެމްއަށް ޖެހިއްޖެ
ދިރާގުޓީވީ މައްސަލައަށް މީޑިއާނެޓަށް ނުވަދެވޭނެ: ކޯޓް
ބިގަށް ފައިސާ ދޭން ނުފޫޒެއް ނުފޯރުވަން: ފައްޔާޒު
އެމްއެންބީސީގެ ދަރަނި ދައްކަނީ، ބިގަށް 30 މިލިއަން
ވޯލްޑް ކަޕްގެ މެޗުތައް ފެންނާނެ: މީޑިއާނެޓް
ބިގަށް ދޭންޖެހޭ 78 މިލިއަންގެ މައްސަލަ ސުޕްރީމްކޯޓަށް
ޕީއެސްއެމްގެ ސޮފްޓްވެއާގެ ފައިސާ ދައްކަން އަމުރުކޮށްފި