14 ޖޫން 2016
މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އިން ޓީވީއެމް ހިންގިއިރު އެތަނުގެ ޕްރޮގްރާމްތައް މާކެޓްކޮށްގެން ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް ލިބެން ޖެހޭ 78 މިލިއަން ރުފިޔާ އެބަ އޮތް ކަމަށް ކަނޑައަޅައި އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން މިދިޔަ ހަފުތާގައި ހުކުމްކޮށްފި އެވެ.
މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އިން ޓީވީއެމް ހިންގިއިރު އެތަނުގެ ޕްރޮގްރާމްތައް މާކެޓްކޮށްގެން ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އަށް ލިބެން ޖެހޭ 78 މިލިއަން ރުފިޔާ އެބަ އޮތް ކަމަށް ކަނޑައަޅައި އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން މިދިޔަ ހަފުތާގައި ހުކުމްކޮށްފި އެވެ.
އެ ހުކުމުގައި ބުނެފައި ވަނީ، އެމްއެންބީސީ އާއި ބިގާ ދެމެދު 2010 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ބިގަށް ފަސް މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ. މި އަދަދު އިތުރުވެފައި ވަނީ އެ ފައިސާ ގަވާއިދުން ދައްކާފައި ނުވާތީ ޖޫރިމަނާގެ ގޮތުގައި 72 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރާފައި ވާތީ އެވެ. ޖޫރިމަނާއާ އެކު 78 މިލިއަން ރުފިޔާ ދައްކަންޖެހެ އެވެ.
އެމްއެންބީސީގެ މައްޗަށް ހުކުމްކޮށްފައި ވަނީ އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށެވެ.
އެމްއެންބީސީ އާއި ބިގާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުން ހުއްޓާލީ އެމްޑީޕީގެ ވެރިކަން ބަދަލުވެ، 2012 ވަނަ އަހަރު އެމްބީސީ އުފެއްދުމާ ގުޅިގެންނެވެ. އެމްބީސީ އުފެއްދި ފަހުން ވެސް ދެ މަހެއްހާ ދުވަހު ބިގުން ޓީވީއެމްގެ ޕްރޮގްރާމްތައް މާކެޓްކޮށްދީފައިވެ އެވެ.
މިހާރު ޓީވީއެމް ހިންގަނީ ޕަބްލިކް ސާވިސް މީޑިއާ ނަމުގައި އުފައްދާފައިވާ ކުންފުންޏަކުން ކަމަށް ވިޔަސް ކުރިން އުފެއްދި އެމްއެންބީސީ އަދި އުވައެއް ނުލަ އެވެ.
ބިގަށް 78 މިލިއަން ދޭން ކުރި ހުކުމް ބާތިލްކޮށްފި
ބިގަށް ފައިސާ ދޭން ނުފޫޒެއް ނުފޯރުވަން: ފައްޔާޒު
ބިގަށް ދޭންޖެހޭ 78 މިލިއަންގެ މައްސަލަ ސުޕްރީމްކޯޓަށް
އެމްއެންބީސީން މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭންޖެހިއްޖެ
އެމްއެންބީސީގެ ދަރަނި ޕީއެސްއެމުން ދެއްކުމުން ސުވާލު
ބިގުގެ މައްސަލަ ހައި ކޯޓަށް ބަލައިގަތުމަށް އަންގައިފި
އެމްއެންބީސީގެ ދަރަނި ދައްކަނީ، ބިގަށް 30 މިލިއަން
މީޑިއާ ނެޓުން އެދުނު 1.3 މިލިއަން ނަގައެއް ނުދިން
ހިޖާމާގެ ހިދުމަތް ހުއްޓުވި މައްސަލާގައި ފަޒީލާ ކޯޓަށް
ފެނަކައިގެ މައްޗަށް 27 މިލިއަން ރުފިޔާގެ ހުކުމެއް