Roadha Mihaaru

މިސް އިންޑިއާގެ ތާޖު ސުމަން ރާއޯ އަށް

މި ފަހަރުގެ މިސް އިންޑިއާގައި މުޅިން ވެސް ވާދަކުރީ ހަމުގެ ކުލަ އަލި އަދި އެއްވައްތަރު ޖަހާ މީހުން ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި މުބާރާތުގެ އެންމެ ޝަރަފުވެރި މަގާމު ރާޖަސްތާނަށް ނިސްވަތްވާ ސުމަން ރާއޯ ކާމިޔާބުކޮށްފި އެވެ.

މިސް އިންޑިއާގެ ތާޖު ސުމަން ރާއޯ އަށް
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

17 ޖޫން 2019

މި ފަހަރުގެ މިސް އިންޑިއާގައި މުޅިން ވެސް ވާދަކުރީ ހަމުގެ ކުލަ އަލި އަދި އެއްވައްތަރު ޖަހާ މީހުން ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި މުބާރާތުގެ އެންމެ ޝަރަފުވެރި މަގާމު ރާޖަސްތާނަށް ނިސްވަތްވާ ސުމަން ރާއޯ ކާމިޔާބުކޮށްފި އެވެ.

އުމުރުން 22 އަހަރުގެ ސުމަން މިސް އިންޑިއާގެ ޓައިޓްލް ހާސިލުކުރުމާ އެކު އޭނާވެގެން ދާނީ މި އަހަރު މިސް ވޯލްޑް ހޮވަން ބާއްވާ މުބާރާތުގައި އިންޑިއާ ތަމްސީލު ކުރާނެ މީހާއަށެވެ. މިސް ވޯލްޑް 69 ވަނަ އެޑިޝަން ބާއްވާނީ ޑިސެމްބަރު 7 ގައި ތައިލެންޑްގެ ޕަޓާޔާގަ އެވެ.

ހޮނިހިރު ދުވަހު ބޭއްވި 56 ވަނަ ފެމިނާ މިސް އިންޑިއާގެ އިތުރު މަގާމުތަކަށް ބަލާއިރު، މިސް އިންޑިއާ ޔުނައިޓެޑް ކޮންޓިނެންޓްސްގެ މަގާމު ލިބުނީ ބިހާރުގެ ޝްރެޔާ ޝަންކަރަށެވެ. އަދި މިސް ގްރޭންޑް އިންޑިއާގެ މަގާމު ހާސިލުކުރީ ޗަތިސްގަޅުގެ ޝިވާނީ ޔާދަވް އެވެ.

ބޮލީވުޑްގެ ތަރިން ކަމަށްވާ ކެޓްރީނާ ކެއިފާއި ނޯރާ ފަތެހީ އާއި މޯނީ ރޯއި އަދި ވިކީ ކޯޝަލް ފަދަ ތަރިންގެ ފޯރި ގަދަ ހުށަހެޅުންތައް ވެސް ފެނިގެން ދިޔަ މިސް އިންޑިއާ މި ފަހަރު ހޯސްޓް ކުރީ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރާއި ވިކީ އެވެ.

އިންޑިއާ އިން އެންމެ ފަހުން މިސް ވޯލްޑް ތާޖު ހާސިލު ކުރީ 2017 ގަ އެވެ. އެ ފަހަރު އެ މަގާމު ލިބުނީ މަނޫޝީ ޗިލާރުއަށެވެ.