Roadha Mihaaru
ސަލްމާނާ ހެދި "ސޫރިޔާވަންޝީ"ގެ ތާރީހު ބަދަލުކޮށްފި

ސަލްމާނާ ހެދި އަކްޝޭގެ "ސޫރިޔާވަންޝީ"ގެ ތާރީހު ބަދަލުކޮށްފި

14 ޖޫން 2019

ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކޮށް، ސަލްމާން ހާނާއި އާލިއާ ބަޓް ލީޑް ރޯލް ކުޅޭ ފިލްމު "އިންޝާﷲ" އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރަން ނިންމުމާ ގުޅިގެން، ރޯހިތު ޝެޓީ ޑައިރެކްޓް ކުރާ އަކްޝޭ ކުމާރުގެ ފިލްމު "ސޫރިޔާވަންޝީ" ރިލީޒް ކުރާ ތާރީހު ބަދަލުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކޮށް، ސަލްމާން ހާނާއި އާލިއާ ބަޓް ލީޑް ރޯލް ކުޅޭ ފިލްމު "އިންޝާﷲ" އަންނަ އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރަން ނިންމުމާ ގުޅިގެން، ރޯހިތު ޝެޓީ ޑައިރެކްޓް ކުރާ އަކްޝޭ ކުމާރުގެ ފިލްމު "ސޫރިޔާވަންޝީ" ރިލީޒް ކުރާ ތާރީހު ބަދަލުކޮށްފި އެވެ.

ކަރަން ޖޯހަރާއި ރޯހިތު ޝެޓީ ގުޅިގެން ހަދާ ފިލްމު ރިލީޒްކުރާ ތާރީހު ބަދަލުކުރީ ސަލްމާންގެ ފިލްމަށް ވުރެ މާ ކުރިން، ރޯހިތުގެ ފިލްމު އަންނަ ފިތުރު އީދުގައި ރިލީޒް ކުރަން ނިންމާފައި ވަނިކޮށެވެ.

ނަމަވެސް އެއް ދުވަހެއްގައި ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ދާން ބޭނުން ނުވާތީ އާއި ސަލްމާންގެ އެދުމަކަށް "ސޫރިޔާވަންޝީ" މިހާރު ތާވަލުކޮށްފައި ވަނީ މާޗް، 27، 2020 އަށެވެ. މިއީ ކުރިން ތާވަލު ކުރި ތާރީހަށް ވުރެ ގާތްގަނޑަކަށް ދެ މަސް ދުވަހުގެ އަވަސްވުމެކެވެ.

"ސޫރިޔާވަންޝީ" ގެ ރިލީޒް ކުރާ ތާރީހު ބަދަލުކުރި ވާހަކަ ސަލްމާން ޓްވިޓާގައި ހިއްސާ ކުރީ ރޯހިތާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާ ކުރަމުންނެވެ.

އެ ޓްވީޓްގައި އޭނާ ބުނީ ރޯހިތަކީ "ކޮއްކޮއެއް ކަހަލަ މީހެއް" ކަމަށާއި "ތާރީހު ބަދަލުކޮށް ރޯހިތު އެކަން ސާބިތު ވެސްކޮށް ދީފި" ކަމަށެވެ. އަދި ތާރީހު ބަދަލު ކުރިކަން ކަރަން އާއި ރޯހިތު ވެސް ވަނީ ޓްވިޓާގައި ހިއްސާކޮށްފަ އެވެ.

ސަލްމާނަކީ ބޮލީވުޑްގެ އެކްޓަރުންގެ ތެރެއިން އާންމުކޮށް ފިތުރު އީދުގައި އޭނާގެ ފިލްމުތައް ރިލީޒް ކުރަން މަޝްހޫރު އެކްޓަރެވެ. ސިނަމާތަކުގައި މިހާރު ދައްކަމުން އަންނަ އޭނާގެ އެންމެ ފަހުގެ ފިލްމު "ބާރަތު" އަކީ އިންޑިއާގައި ފިތުރު ފާހަގަ ކުރި މި މަހުގެ 5 ވަނަ ދުވަހު ރިލީޒް ކުރި ފިލްމެކެވެ.

އަކްޝޭ ފުލުހެއްގެ ރޯލުން ފެނިގެން ދާނީ "ސޫރިޔާވަންޝީ" ގެ ބަތަލާއަކީ ސަލްމާންގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކެއިފެވެ.

ރޯހިތާއި ބަންސާލީއަކީ ބޮލީވުޑްގެ އެންމެ ވަރުގަދަ ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ދެ ޑައިރެކްޓަރުންނެވެ. އަދި ރޯހިތަކީ 100 ކްރޯޑް ރުޕީސް (14 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތައް އެންމެ ގިނަ ޑައިރެކްޓަރު ވެސް މެ އެވެ. އެ އަދަދު 8 އަށް އަރަ އެވެ.

ބަންސާލީއަކީ ވެސް މި ފަހުން އޭނާ ގެނެސް ދިން ހުރިހާ ފިލްމެއް 100 ކްރޯޑް ކުލަބަށް ވެއްދި ޑައިރެކްޓަރެކެވެ.

"ބާރަތު" އަށް ފަހު ސަލްމާންގެ "ދަބަންގް 3" ވެސް މި އަހަރު ސިނަމާތަކަށް އަންނާނެ އެވެ. އެއީ ޑިސެމްބަރު 27 ގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ރޯހިތު ޑައިރެކްޓް ކުރާ ފިލްމެއްގައި ސަލްމާން ވަރަށް އަވަހަށް މަސައްކަތް ކުރާނެ އެވެ.