11 ޖޫން 2019
ޕްލާސްޓިކް ފުޅިތަކެއް ރިސައިކަލްކޮށްގެން ތައްޔާރު ކުރި ފޮތިން ފެހި، ދުނިޔޭގެ އެންމެ ބޮޑު ޓީޝާޓާ އެކު، އިންޑިއާ އިން ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.
ޕްލާސްޓިކް ފުޅިތަކެއް ރިސައިކަލްކޮށްގެން ތައްޔާރު ކުރި ފޮތިން ފެހި، ދުނިޔޭގެ އެންމެ ބޮޑު ޓީޝާޓާ އެކު، އިންޑިއާ އިން ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.
ދިގުމިނުގައި 96.77 މީޓަރު (317.78 ފޫޓް) އަދި ފުޅާ މިނުގައި 69.77 މީޓަރު (228.90 ފޫޓް) ހުންނަ ޓީޝާޓް ހަދަން 200،000 ފްލާސްޓިކް ފުޅި ރިސައިކަލްކޮށްފައިވެ އެވެ. މި މަހުގެ 5 ގައި ފާހަގަކުރި ދުނިޔޭގެ ތިމާވެށީގެ ދުވަހު މުމްބާއީގައި ދައްކައިލި ބިޔަ ޓީޝާޓަކީ ޕްލާސްޓިކްގެ ނުރައްކަލަށް ހޭލުންތެރިކަން އުފެއްދުމުގެ ގޮތުން އިންޑިއާގެ ޖަމިއްޔާއެއް ކަމަށްވާ ޕްލާސްޓްއިންޑިއާ ފައުންޑޭޝަނުން ކުރި މަސައްކަތެކެވެ.
މިކަމާ ބެހޭ ގޮތުން އެ ފައުންޑޭޝަންގެ ރައީސް ކޭކޭ ސެކްސާރިއާ ވިދާޅުވީ ޓީޝާޓް ތައްޔާރުކުރަން ގާތްގަނޑަކަށް ހަތަރު މަސް ދުވަސް ނެގި ކަމަށެވެ. އެގޮތުން ޕްލާސްޓިކް ފުޅި ރިސައިކަލްކޮށްގެން ޓީޝާޓް ފަހަން 4،000 ކިލޯގެ ފޮތި އުފެއްދި އެވެ. ފޮތި ތައްޔާރުކުރީ ހުދާއި ފެހި ކުލައިގެ ރޮނގުތަކަކާ އެކީގަ އެވެ.
The world’s largest t-shirt was made from used plastic water bottles to encourage recycling ♻️?
— GuinnessWorldRecords (@GWR) June 5, 2019
Once the title was confirmed, the garment was cut into smaller shirts and donated to underprivileged children pic.twitter.com/EKlKThLMNH #WorldEnviromentDay
"މި މަސައްކަތުގެ އެކި މަރުހަލާތަކުގައި އިންޑިއާގެ އެކި ސަރަހައްދުތަކުން މީހުން ބައިވެރިވި. ހާއްސަކޮށް މުމްބާއިން،" ކޭކޭ ވިދާޅުވި އެވެ. "މިކަހަލަ ކަމެއް ކުރުމުގެ މައިގަނޑު މަގުސަދަކަށްވީ ޕްލާސްޓިކަށް މީހުން ހޭލުންތެރިކަން އުފެއްދުން. މުޅި ދުނިޔެ އަށް ވެސް އަދި އިންޑިއާ އަށް ވެސް ދިމާވެފައިވާ ކުނިބުނީގެ މައްސަލަތަކަށް ބަލާ އިރު ޕްލާސްޓިކްގެ މައްސަލަ ވަކިން ބޮޑު."
އޭނާ ވިދާޅުވީ ޕްލާސްޓިކަކީ ތިމާވެއްޓަށް ގެއްލުން ހުރި އެއްޗަކަށް ވިޔަސް، މިއީ ރިސައިކައިލްކޮށްގެން ތަފާތު ގޮތްގޮތަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ
"އެއީ އަހަރެމެން އަސްލު ދައްކުވައި ދޭން ބޭނުންވި ކަމަކީ،" ކޭކޭ ވިދާޅުވި އެވެ.
ދުނިޔޭގެ ރެކޯޑް ފޮތުން އިންޑިއާގެ ބިޔަ ޓީޝާޓަށް ޖާގަ ލިބުމުން، ޓީޝާޓުން ވަނީ ކުޑަކުދިންނަށް ލެވޭ ވަރުގެ 10،000 ޓީޝާޓް ފަހައި އެހީތެރިކަމަށް ބޭނުންވެފައިވާ ކުދިންތަކަކަށް ހަދިޔާކޮށްފަ އެވެ.
އެމެޒޯން އިން ވެސް ޕްލާސްޓިކް ހުއްޓާލަނީ
އެއާ އިންޑިއާ ވެސް ޕްލާސްޓިކް މަނާކުރަނީ
އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް އިންޑިއާގައި މަނާކުރަނީ
އިންޑިއާގެ ލޯކް ސަބާގައި ޕްލާސްޓިކް މަނާކޮށްފި
އިންޑިއާގެ ސްކޫލެއްގެ ފީ އަކީ ޕްލާސްޓިކް
ތާޖް މަހަލްގެ ނަކަލެއް ޕްލާސްޓިކް ފުޅިން ހަދަނީ
އަންނަ މަހުން ފަށައިގެން ކުދި ޕްލާސްޓިކް ފެންފުޅި މަނާ
ޕްލާސްޓިކް ކޮތަޅުގެ އަގުހެޔޮކުރަން ނަޝީދު ބޭނުމެއް ނޫން
ވެމްކޯއިން މި ހަފުތާގައި ޑަސްބިންކޮތަޅު ވިއްކަން ފަށަނީ
ފުށިފަރުން ޅ. އަތޮޅުގެ ރަށްތަކަށް ފޮތި ކޮތަޅު ދީފި