10 ޖޫން 2019
ވާވޭގެ ސްމާޓްފޯން ބޭނުން ކުރާ މީހުންނަށް އޮތީ ހިތާމަވެރި ހަބަރެކެެ. ހާއްސަކޮށް، ވާވޭގެ އާ ފޯނެއް ހޯދަން އުޅޭ ނަމަ މިކަމާ ދޭތެރޭ ދެވަނަ ވިސްނުމަކަށް ވެސް ދާން ޖެހޭނެ އެވެ.
ވާވޭގެ ސްމާޓްފޯން ބޭނުން ކުރާ މީހުންނަށް އޮތީ ހިތާމަވެރި ހަބަރެކެެ. ހާއްސަކޮށް، ވާވޭގެ އާ ފޯނެއް ހޯދަން އުޅޭ ނަމަ މިކަމާ ދޭތެރޭ ދެވަނަ ވިސްނުމަކަށް ވެސް ދާން ޖެހޭނެ އެވެ.
އެމެރިކާ އިން ޗައިނާގެ ވާވޭއާ ކުރިމަތިކުރަމުންދާ ފިއްތުންތަކުގެ ތެރެއިން މިހާރު ވެސް އެ ގައުމުގެ ވަރަށް ގިނަ ކުންފުނިތަކުން ވާވޭއަށް ފުރަގަސް ދީފަ އެވެ. މި ލިސްޓަށް އަލަށް އިތުރުވީ ފޭސްބުކެވެ. މާކް ޒުކަބާގްގެ ފޭސްބުކުން ބުނީ ކުރިން ވާވޭގެ ފޯނުތަކުގައި ފޭސްބުކްގެ ޕްރި-އިންސްޓަލޭޝަން ހުރި ނަމަވެސް ވާވޭގެ އާ ފޯނުތަކަށް ކުރިއަށް އޮތް ތަނުގައި ފޭސްބުކާއި އޭގެ ދަށުން ހިންގާ އިންސްޓަގްރާމާއި ވަޓްސްއެޕް ވެސް ނުލިބޭނެ ކަމަށެވެ.
ނަމަވެސް މި ވަގުތު ވާވޭގެ ފޯނުތަކުން އެ އެޕްތައް ބޭނުންކުރާ މީހުންނަށް ކުރިއެކޭ އެއްގޮތަށް ހަމަ އެޕްތައް ބޭނުން ކުރެވޭނެ އެވެ. އަދި އެޕްތަކުގެ އަޕްޑޭޓްތައް ވެސް ލިބޭނެ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޓްވިޓާ އިން ވެސް ދަނީ ވާވޭގެ ޕްރި-އިންސްޓަލޭޝަން ހުއްޓާލަން ރާވަމުންނެވެ. އެކަމަކު އެކަމާ ބެހޭ ގޮތުން ޓްވިޓާ އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ވާވާގެ ސީއީއޯ ރެން ޒެންފީ.
މީޑިއާތަކުން އެންމެ ގިނަ ބަޔަކު ބޭނުން ކުރާ އެޕްތައް ވާވޭ އަށް ނުލިބުމަކީ އެ ކުންފުނީގެ ވިޔަފާރި އަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ވާވޭ އިން އިން ވެސް އެެއްވެސް ވާހަކައެއް ނުދައްކަ އެވެ. އަދި ވާވޭ އަށް އެންޑްރޮއިޑް ސޮފްޓްވެއާ ނުލިބުމަކީ ވެސް އެ އެ ކުންފުނީގެ ކަސްޓަމަރުންނަށް ކުރިމަތިވެފައި އޮތް ބޮޑު މައްސަލައެކެވެ.
ވާވޭ އިން ކުރިން ބުނެފައިވާ ގޮތުގައި އެމެރިކާ އިން ވާވާ ބްލެކްލިސްޓް ކުރި ނަމަވެސް، އެ ކުންފުނި އިނދަޖައްސައެއް ނުލެވޭނެ އެވެ. އެމެރިކާ އިން ބުނާ ގޮތުގައި ވާވޭއަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަހަލަ ކުންފުންޏެކެވެ.
ގޫގުލް އަށް ވުރެ ވެސް ޓިކްޓޮކް މާ މަގުބޫލު
މިދިޔަ އަހަރު އެންމެ ގިނައިން ޑައުންލޯޑްކުރީ ޓިކްޓޮކް
ޓިކްޓޮކަށް ވެސް "ސްޓޯރީސް" އަންނަނީ
ހާމަނާއީގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބަންދުކޮށްފި
ފޭސްބުކް، އިންސްޓަގްރާމް، ތްރެޑްސް ޑައުންވެއްޖެ
ހަފުތާއެއް ނުވަނީސް ތުރެޑްސްއަށް 100 މިލިއަން މީހުން
އިންސްޓަގްރާމާއި ފޭސްބުކް ވެރިފިކޭޝަން މިހާރު ގަނެވޭނެ
ކައިލީ އަށް އިންސްޓަގްރާމުން އާ ރިކޯޑެއް
އިންސްޓަގްރާމް ބޭނުންކުރާ މީހުންގެ އަދަދު ދެ ބިލިއަނަށް
އިންސްޓަގްރާމްގެ ޗީފް ކޮންގްރެސް އަށް ހާޒިރުކުރަނީ