07 ޖޫން 2019
އެފްއޭ ޗެރިޓީ ޝީލްޑް މެޗުގެ ފުރަތަމަ ލެގުގައި މިއަދު ށ. ފޯކައިދޫގައި އެ ރަށު ޓީމާއި ޓީސީ ސްޕޯޓްސް ކްލަބް ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.
އެފްއޭ ޗެރިޓީ ޝީލްޑް މެޗުގެ ފުރަތަމަ ލެގުގައި މިއަދު ށ. ފޯކައިދޫގައި އެ ރަށު ޓީމާއި ޓީސީ ސްޕޯޓްސް ކްލަބް ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.
މި ފަހަރުގެ ޝީލްޑް މެޗުގައި ކުޅުމުގެ ފުރުސަތު މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ފޯކައިދޫ އަށް ލިބުނީ ޗެމްޕިއަންކަން ހޯދި ތ. ތިމަރަފުށިން ފުރުސަތު ދޫކޮށްލުމުންނެވެ. މިއީ 2015 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕަށް ފަހު މާލޭން ބޭރުގައި ފުރަތަމަ ޑިވިޝަނުގެ މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ.
ރާއްޖޭގެ ފުޓްބޯޅަ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެރިޓީ ޝީލްޑް މެޗު ދެ ލެގަށް ކުޅެން ނިންމިއިރު، ދެ ވަނަ ލެގު މާލޭގައި އޮންނާނީ އަންނަ ހޯމަ ދުވަހުގެރޭގަ އެވެ. މި ފަހަރުގެ ޝީލްޑް އުފުލާލާނީ ހޯމަ ދުވަހުގެރޭ ކުޅޭ މެޗުން މޮޅުވާ ޓީމެކެވެ.
މިއަދުގެ މެޗުގައި ފޯކައިދޫގެ ޕާކިސްތާން ގޯލްކީޕަރު ހަނީފް ސާގިބާއި ޓީސީގެ މިސްރު ޑިފެންޑަރު އަލާ ނާސިރު އަށް ނުކުޅެވުނީ އިންޓަނޭޝަނަލް ޓްރާންސްފާ ސެޓިފިކެޓް (އައިޓީސީ) ކަންތައްތައް ހަމަނުޖެހި ހުރުމުންނެވެ.
ދެ ޓީމުގެ ފުރަތަމަ އެގާރަ އަށް ބަލާއިރު ޓްރާންސްފާ މާކެޓްގައި ޓީމަށް ގެނައި ގިނަ ކުޅުންތެރިން ވަނީ ހިމަނައިފަ އެވެ. ޓީސީގެ ގޯލުގައި ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދު ހުރިއިރު، އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި އިސްމާއިލް އީސާ (މެސީ) ވެސް ހިމެނެ އެވެ. ފޯކައިދޫގެ ގޯލުގައި ހުސެއިން ޝިފާދު ހުރިއިރު، ފުރަތަމަ ޑިވިޝަނުގައި އީގަލްސް އާއި ވެލެންސިއާ އަށް ކުޅުނު އަންސަރު އިބްރާހިމް (އަންކޮ) އަށް ފުރަތަމަ އެގާރައިން ވަނީ ފުރުސަތު ދީފަ އެވެ.
ފޯކައިދޫ ދަނޑުގައި ކުޅުނު މިއަދުގެ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ލިބޭ ފުރުސަތުތަކުގައި ފޯކައިދޫގެ ހަސަން ނަޒީމް (ޗޯޓު) އާއި މުހައްމަދު ޖައިލަމް (އޮގީ) ދިޔައީ އެޓޭކްކުރަން މަސައްކަތްކުރަމުންނެވެ.
ފުރަތަމަ ހާފްގައި ފޯކައިދޫގެ މިސްރު ކުޅުންތެރިޔާ މުސްތަފާ ސެޑިކް ލިބުނު ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅައެއް ޓީސީގެ ކީޕަރު އިމްރާން ވަނީ މަތަކޮށްފަ އެވެ. ޓީސީ އަށް ލިބުނު ހިލޭ ޖެހުމަކުން އަކޫ ފޮނުވާލި ބޯޅަ ފޯކައިދޫ ކުޅުންތެރިން ވަނީ ބްލޮކްކޮށްފަ އެވެ.
އުމްރާގެ އަޅުކަން އަދާކުރުމުގެ ގޮތުން ޓީސީގެ ފޯވާޑް އިޝާން އިބްރާހިމް (ސައްޓު) މި ވަގުތު ޓީމާ ދުރުހުރިއިރު، މިއަދުގެ މެޗުގައި އެ ޓީމުގެ ފޯވާޑް ލައިން ލީޑުކުރީ ނޭޕާލުގެ ތަރި ބިމަލް ގާތީ މަގަރް އާއި މުސްތަފާ މަހުމޫދު އެވެ. މި ދެ ކުޅުންތެރިންނަށް ފުރުތަމަ ހާފުގައި މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާނުލެވުނެވެ.
ދެ ވަނަ ހާފްގައި ކުޅެން އަރައި ޓީސީން ވަނީ ކުރިއަށް ވުރެން އެޓޭކް ރަނގަޅުކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 65 ވަނަ މިނިޓްގައި އީސަ ވަނީ ޓީސީ އަށް ލީޑުނަގައިދީފަ އެވެ. އޭރިއާތެރެއިން ފޯކައިދޫގެ ގޯލްކީޕަރު ޝިފާދު އަތުން ދޫވި ބޯޅައެއް ހޯދައި އީސަ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ބަދަލުތައް ގެެނެސް ފޯކައިދޫން ނަތީޖާ ހަމަކުރަން ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. ފޯކައިދޫ އަށް މެޗު ނިމެން ދެ މިނިޓަށް ވެފައި ހުއްޓައި ނަތީޖާ ހަމަހަމަކޮށްދިނީ ލިބުނު ޕެނަލްޓީ އަކުން އެ ޓީމުގެ ކެޕްޓަން ހުސެއިން ފަޒީލް އެވެ. މި ޕެނަލްޓީ އަކީ އަންކޮ އަށް އޭރިއާ ތެރެއިން އަކޫ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.
މިދިޔަ އަހަރުގެ ޗެރިޓީ ޝީލްޑް މެޗު އެފްއޭއެމުން ވަނީ ކެންސަލްކޮށްފަ އެވެ. އެންމެ ފަހުން ޗެރިޓީ ޝީލްޑް އުފުލާލީ 2017 ވަނަ އަހަރު މާޒިޔާ އެވެ. އެ ފަހަރު މާޒިޔާ ވަނީ 1-0 އިން ވެލެންސިއާ ބަލިކޮށްފަ އެވެ.
ޓީސީ އާއި ފޯކައިދޫ އަށް ރަނގަޅު ފުރުސަތެއް
ޗެރިޓީ ޝީލްޑް މެޗަށް ދަތުރުފަތުރުގެ އުނދަގޫތަކެއް
އެންމެ ފަހުން ނިންމީ ހަ ޓީމާ އެކު ފަހު ބުރު ކުޅެން
ޕާކިސްތާން ގޯލްކީޕަރު ސާގިބް ޓީސީ އަށް
ޓީސީ އާއި ފޯކައިދޫ އަށް ޕޮޮއިންޓެއް
ހާލަތުން އަރައިގަންނަން މަސައްކަތްކުރަން: ޓީސީ
"ރެލިގޭޝަނުގައި ހަމަހަމަ ފުރުސަތެއް އޮންނަން ޖެހޭ"
ޗެމްޕިއަން ޓީމާ އެކު އާތީ އަށް ފުރިހަމަ ފެށުމެއް
ފޯކައިދޫ ބަލިކޮށް ޓީސީން ޝީލްޑް ކާމިޔާބުކޮށްފި
ފޯކައިދޫ އާއި ޓީސީ ތާރީހީ މެޗަކަށް