އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި 26 މިލިއަން ޑޮލަރުގެ ދެ މަޝްރޫއު އިފްތިތާހު ކުރައްވާނެ ކަމަށް އިންޑިއާގެ ފޮރިން އެފެއާޒް މިނިސްޓްރީން މިއަދު ބުނެފި އެވެ.
06 ޖޫން 2019
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި 26 މިލިއަން ޑޮލަރުގެ ދެ މަޝްރޫއު އިފްތިތާހު ކުރައްވާނެ ކަމަށް އިންޑިއާގެ ފޮރިން އެފެއާޒް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ދެ ވަނަ ދައުރަކަށް ވެރިކަމުގެ ހުވާ ކުރައްވައި އަންނަ ހޮނިހިރުދުވަހު ރާއްޖެ އަށް ކުރައްވާ ދަތުރުފުޅާ ގުޅޭ ގޮތުން އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ އޮފިޝަލުން ވިދާޅުވީ މުހިއްމު ދެ މަޝްރޫއަކީ ކޯސްޓަލް ސާވަޔަލެންސް ރާޑާ ސިސްޓަމާއި ސިފައިންނަށް ހާއްސަކޮށް ޓްރެއިނިން ސެންޓަރެއް އިފްތިތާހު ކުރެއްވުން ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު އިފްތިތާހުކުރާ އެ ދެ މަޝްރޫއު އަށް 26 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބުންޏެވެ.
މޯދީގެ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ އެކު ރަސްމީ ވާހަކަތައް ބޭއްވެވުމުގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވާނެ އެވެ.
މޯދީގެ ދަތުރުގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ވެސް ކުރައްވާނެ އެވެ.
ހީނަރުވެފައި އޮތް އިންޑިއާ އާއި ރާއްޖޭގެ ގުޅުން މި ސަރުކާރާ އެކު ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ. ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު ދިނުމަށް އިންޑިޔާ ސަރުކާރުން އެއްބަސްވެފައިވާ އިރު އޭގެ ތެރެއިން 50 މިލިއަން ޑޮލަރު މިހާތަނަށް ދީފައިވެ އެވެ. ބާކީ ފައިސާ ދިނުމަށް ހަމަޖެހިފައިވަނީ ޓީ-ބިލްގެ ގޮތުގަ އެވެ.
އެކްސްޓާނަލް އެފެއާޒް އިން ބުނީ ރައީސް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ކަރެންސީ ސްވެޕް އިތުރު ކޮށްދިނުމަށް ނިންމާފައިވާ އިރު މިހާރު ކުރިއަށްދަނީ އެގްރީމެންޓްގެ އެންމެ ފަހު މަރުހަލާގެ މަސައްކަތްތައް ކަމަށެވެ.
ރައީސާއި މޯދީ ޕްރޮޖެކްޓްތަކުގެ މަޝްވަރާ ކުރައްވައިފި
އިންޑިއާގެ އެހީތެރިކަމާ އެކު ރާއްޖޭގައި 14 މަޝްރޫއެއް
އިންޑިއާގެ ބޭނުމަކީ ދެކުނަށް އަތްގަދަކުރުން؟
"މިއީ ތެދުވެރި އެކުވެރިއެއް، ގާތް ކަމަށް ޝުކުރިއްޔާ"
ރާއްޖެ-އިންޑިއާ ގުޅުމުގެ އަގު ވަޒަންކުރަން: މޯދީ
ރައީސް، އަންނަ މަހު އިންޑިއާ އަށް ވަޑައިގަންނަވަނީ
އިންޑިއާގެ ކޮންސިއުލޭޓާއެކު އައްޑޫ ތަރައްގީވުން، ޖޯކެއް
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހަދަނީ
ތަނަވަސްކަން ހޯދޭނީ އިންޑިއާއާ ގުޅުން ދަމަހައްޓައިގެން
އެހީވަނީ ދެކޮޅުވެރިކުރުވާކަށް ނޫން: ޗައިނާ ސަފީރު