Roadha Mihaaru
އުރީދޫ މަސް ރޭހުގެ ގްރޭންޑް ފިނާލޭ މިރޭ

އުރީދޫ މަސް ރޭހުގެ ގްރޭންޑް ފިނާލޭ މިރޭ

03 ޖޫން 2019

ކުލަގަދަ ހަރަކާތްތަކާ އެކު އުރީދޫ މަސް ރޭހުގެ ގްރޭންޑް ފިނާލޭ މިރޭ ބާއްވާ ގޮތަށް ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކުލަގަދަ ހަރަކާތްތަކާ އެކު އުރީދޫ މަސް ރޭހުގެ ގްރޭންޑް ފިނާލޭ މިރޭ ބާއްވާ ގޮތަށް ނިންމައިފި އެވެ.

ގްރޭންޑް ފިނާލޭގެ ހަރަކާތްތައް އޮންނާނީ ސިނަމާލެ ބްރިޖަށް ވާ ގޮތަށް އޮންނަ ހުސް ބިމުގަ އެވެ. އެތަނުގައި ހަބޭސްގެ ބޮޑުބެރާ އެކު ހާއްސަ ބާބެކިއުއެއް ވެސް އޮންނާނެ އެވެ. މިރޭ 10:00 އިން 11:00 އަށް މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެ އެވެ.

މި އަހަރުގެ ރޯދަ މަހު ކުރިއަށް ގެންދާ އުރީދޫ މަސް ރޭހުގައި ފައިނަލަށް ހަތަރު ޓީމެއް ވަނީ ދަތުރުކޮށްފަ އެވެ. އޭގެ ތެރޭގައި އަންހެން އެއް ޓީމު ވެސް ހިމެނެ އެވެ.

ފައިނަލްގައި ވާދަކުރާ ޓީމުތައް:

- ސްޓެލްކޯ ވިމެން

- ސްޓެލްކޯ އަންހެނުން

- ޓީމް ބޯއި

- ވެލައްސަރު

ކޮންމެ ރޯދަ މަހަކަށް ހާއްސަކޮށް ބާއްވާ އުރީދޫ މަސް ރޭސް މި އަހަރު ކުރިއަށް ގެންދަނީ ހަތަރު ބުރަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން އެއް ބުރު ހާއްސަ ކުރަނީ އަންހެން ޓީމުތަކަށެވެ.

އުރީދޫ މަސް ރޭހުގައި ބައިވެރިވާން މި އަހަރު 23 ޓީމަކުން ކުރިމަތިލި އެވެ. ރޭހަށް ނަގާ 16 ޓީމު ކަނޑައެޅީ ގުރުއަތުލައިގެންނެވެ. މަސް ރޭހުގެ އެއްވަނަ ޓީމަކަށް 50،000ރ. ގެ ފައިސާގެ އިނާމެއް ލިބެ އެވެ.