04 ޖޫން 2019
އީދަށް އެކި ރަށްރަށަށް ދާ މީހުންނާ އެކު، ރާއްޖޭގެ ގިނަ ގެސްޓް ހައުސްތައް ފުރިއްޖެ އެވެ.
އީދަށް އެކި ރަށްރަށަށް ދާ މީހުންނާ އެކު، ރާއްޖޭގެ ގިނަ ގެސްޓް ހައުސްތައް ފުރިއްޖެ އެވެ.
ގެސްޓް ހައުސްތަކުގެ ރިޒަވޭޝަންތައް ހައްދައިދޭ ޓްރެވެލް އޭޖެންސީއެއް ކަމަށްވާ އިނަ މޯލްޑިވްސް މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ އީދު ބަންދާ ދިމާކޮށް މާލެ އަތޮޅާއި އއ. އާއި އދ. ގެ އިތުރުން ބ. އަތޮޅުގެ ރަށްރަށުގެ ގެސްޓްހައުސްތަކަށް ވެސް ވަރަށް ބާރު ބޮޑު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އާންމުކޮށް މާލެ އަތޮޅާއި އަރިއަތޮޅަށް ގިނަ ބަޔަކު ދިޔަ ނަމަވެސް މިފަހަރު ބ. އަތޮޅުގެ ގެސްޓްހައުސްތަކަށް ވެސް ގިނަ ބަޔަކު ދަތުރުކުރާނެ އެވެ.
"އާ ތަންތަނުގެ ގޮތުގައި ފާހަގަކުރެވެނީ ބ. ހިތާދު އާއި ގޮއިދޫ ފަދަ ރަށްތައް. ބ. އަތޮޅަށް ވަރަށް ގިނަ ބަޔަކު މި އަހަރު ދަތުރުކުރޭ،" ފިރާާގު ވިދާޅުވި އެވެ.
"މާފުށި ފަދަ ރަށްރަށަށް އާންމުކޮށް ޒުވާނުން މިދަނީ. އާއިލާތައް ގިނައިން މިދަނީ އެހެން ރަށްރަށުގެ ގެސްޓްހައުސްތަކަށް."
ދިވެހިންގެ ދަތުރުކުރުމުގެ ސަގާފަތަށް އަންނަ ބަދަލުތަކުގެ ތެރެއިން އެންމެ ފަހު ވަގުތު ބުކްކުރުމުގެ ބަދަލުގައި ކުރިއާލާ ބުކް ކުރަން ވެސް މިހާރު ވަނީ ފަށައިފަ އެވެ. ފިރާގު ވިދާޅުވި ގޮތުގައި މިހާރު ތިން ހަފްތާ ކުރިން އީދު ބަންދަށް ގިނަ ބަޔަކު ބުކްކުރި އެވެ.
މިދުވަސްވަރު އިނަ މޯލްޑިވްސް އިން ދުވާލަކު ގާތްގަނޑަކަށް 40 ވަރަކަށް މީހުން އެކި ތަންތަނަށް ރިޒަވޭޝަން ހަދަ އެވެ.
މާލެއިން ގިނަ ބަޔަކު ދަތުރުކުރަނީ ފަސޭހައިން ދެވޭ ރަށްރަށަށެވެ. އެހެންކަމުން އީދުގައި މާލެއާ ކައިރި ހިސާބުތަކަށް އޮންނަ ޑިމާންޑު ވެސް ވަރަށް ބޮޑެވެ.
މާފުށީ ގެސްޓް ހައުސެއް ކަމަށްވާ "މާފުށި ވިލޭޖް"ގެ ވެރިޔާ ހަސަން ސާމިލް ވިދާޅުވީ ހަތް ރޫމް ހުންނަ ގެސްޓް ހައުސް އޯވާ ބުކްވެފައިވާ ކަމަށެވެ.
"ކޮންމެ އީދަކަށް ވެސް އާންމުކޮށް ފުލްވާނެ. އާންމުކޮށް މާފުށީގެ ހުރިހާ ގެސްޓްހައުސްއެއް ހެން މިދުވަސްވަރު ފުލްވާނެ. މިފަހަރު ވެސް ހަމަ އެގޮތަށް މި ފެންނަނީ،" އޭނާ ވިދާޅުވި އެވެ.
ރަސްދޫގެ ގެސްޓް ހައުސްއެއް: އީދު ބަންދުގައި ގެސްޓް ހައުސްތައް ވަނީ ފުރިފައި
އދ. ދިގުރަށުގެ ގެސްޓްހައުސެއް ކަމަށްވާ "ވައިޓް ސޭންޑް ދިގުރަށް ގެސްޓްހައުސް" ގެ މެނޭޖަރު ހަސަން ރީހާން ވިދާޅުވީ 25 ރޫމްގެ އެ ގެސްޓްހައުސް ވެސް ގާތްގަނޑަކަށް ފުލްވެފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ އީދަށް ވުރެ އެރަށުގައި ގެސްޓްހައުސްތައް މިހާރު ގިނަ އިރު ޖުމްލަކޮށް ހުރިހާ ގެސްޓްހައުސްތަކެއް ހެން ފުލްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބ. މާޅޮހުގެ ގެސްޓް ހައުސްއެއް ކަމަށްވާ "ދޮންފުޅަފި އިން" ގެ ވެރިޔާ އަބްދުﷲ ހަނީފު ވިދާޅުވި ގޮތުގައި އެހެން އަހަރުތަކަށް ވުރެ މިފަހަރުގެ ޢީދުގައި ގިނަ މީހުން އެ ރަށަށް އަންނާނެ ކަމަށް ބެލެވެ އެވެ.
މިފަހަރު ކުޑަ އީދު ޗުއްޓީ ނިސްބަތުން ދިގެވެ. މާދަމާ އީދަށް ވެއްޖެ ނަމަ ފަސް ދަވަހުގެ ޗުއްޓީއަކަށް މުޅި ރާއްޖެ ވަންނާނެ އެވެ. އެހެންކަމުން ވެރިރަށުން އެހެން ރަށްރަށަށް ދާ މީހުންގެ އަދަދު ގިނަވާނެ ކަމާ މެދު ޝައްކެއް ނެތެވެ. ރާއްޖޭގެ ގެސްޓް ހައުސްތަކުން އެ ފެންނަނީ އެ މަންޒަރެވެ.
މެދު ރާއްޖެ އަށް މޫސުން ގޯސްވެ، ޔެލޯ އެލާޓް ނެރެފި
އިބޫގެ އުފަން ރަށާއި ތިން އަތޮޅަކަށް ފުރާވަޑައިގެންފި
"ޓެކުހަށް މަކަރު ހެދުމުން" ކާނި ހޮޓަލަށް ދަައުވާކުރަނީ
ރައީސް މުއިއްޒު އއ. އާއި ކ. އަތޮޅަށް
އީދަށް މާފުއްޓަށް ގެންދިޔަ ހުރިހާ ރަލެއް އަތުލައިގަތް
މާލެ ދިއްލުމުގެ ކުރީ ސަފުގައި ސްޓެލްކޯގެ މުވައްޒަފުން
ހިސާބުތައް ދައްކަނީ މާދަމާ ހަނދު ނުފެންނާނެ ކަމަށް
ދެކުނަށް ފެން އީދެއް، އުތުރަށް މޫސުން ރަނގަޅުވާނެ
މާލޭގައި ކުލަގަދަކޮށް އީދު ފާހަގަކުރަނީ
އީދު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ