Roadha Mihaaru
މޫދުގައި އޮތް މީހެއްގެ ގައިމައްޗަށް ވެއްޓި ޒަހަމްވެއްޖެ

މޫދުގައި އޮތް ޓޫރިސްޓެއްގެ ގައިމައްޗަށް މީހަކު ވެއްޓި ޒަހަމްވެއްޖެ

28 މެއި 2019

މޫދުގައި އޮތް ޓޫރިސްޓެއްގެ ގައިމައްޗަށް، ސަފާރީއެެއްގައި ހުރި މީހަކު ވެއްޓި، މޫދުގައި އޮތް މީހާ އަށް އަނިޔާވެ ހާލު ސީރިއަސް ވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މޫދުގައި އޮތް ޓޫރިސްޓެއްގެ ގައިމައްޗަށް، ސަފާރީއެެއްގައި ހުރި މީހަކު ވެއްޓި، މޫދުގައި އޮތް މީހާ އަށް އަނިޔާވެ ހާލު ސީރިއަސް ވެއްޖެ އެވެ.

އދ. މަހިބަދޫ ކައިރީގައި އޮންނަ "މަންތާ ޕޮއިންޓް"އަށް ޑައިވް ކުރަން ދިޔަ ސަފާރީއަކުން މިއަދު ޓޫރިސްޓުން މޫދަށް ފޭބީ އެކި ފަހަރުމަތިންނެވެ. އެގޮތުން އެއް ބަޔަކު މޫދުގައި ތިއްބާ، ދެން ތިބި މީހުން ފައިބަން އުޅުމުގެ ތެރޭގައި ޖެހި ރާޅަކާ ޓޫރިސްޓަކު ވަނީ މޫދުގައި އޮތް މީހާގެ ގައިމައްޗަށް ވެއްޓިފަ އެވެ.

ފުލުހުން ބުނީ ސަފާރީން ވެއްޓުނު މީހާ އަޅައިގެން ހުރި ފުޅި، މޫދުގައި އޮތް ޖަރުމަނުގެ މީހާގެ ބޮލުގައި ޖެހި ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށެވެ. އަދި އޭނާ ވަގުތުން މަހިބަދޫ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އެކަމަކު ހާލު ސީރިއަސް ވުމުގެ ސަބަބުން މިއަދު މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ބޮލަށް ލިބުނު ގެއްލުމުގައި، އުމުރުން 28 އަހަރުގެ އެ މީހާގެ ހާލު އަދިވެސް ސީރިއަސް ކަމަށް ވެ އެވެ.

ފުލުހުން މިހާރު އަންނަނީ މިކަން ހިނގަން މެދުވެރިވި ގޮތް ބަލަމުންނެވެ.