25 އޮކްޓޯބަރ 2024
ގުޅިފަޅު ކައިރީގައި ދެ ލޯންޗެއް ޖެހި ބޮޑު އެކްސިޑެންޓެއް މިރޭ ހިނގައިފި އެވެ.
ގުޅިފަޅު ކައިރީގައި ދެ ލޯންޗެއް ޖެހި ބޮޑު އެކްސިޑެންޓެއް މިރޭ ހިނގައިފި އެވެ.
އެކްސިޑެންޓުގައި ފުރަތަމަ އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް މައުލޫމާތު ލިބުނީ ހަތަރު މީހުންނެވެ. އެކަމަކު ފުލުހުން ދެންމެ ބުނީ 7:30 ހާއިރު ހިނގި އެކްސިޑެންޓުގައި 12 މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.
"އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވޭ،" ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ އެކްސިޑެންޓް ހިނގި ގޮތް ތަހުގީގު ކުރަމުންނެވެ.
ގެއްލުންވި ލޯންޗު.- ފޮޓޯ: މެރިން ޕޮލިސް
މެރިން ޕޮލިސް އިން ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި، އެކްސިޑެންޓުވި އެއް ލޯންޗަކީ ގްރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓުގެ އެއްޗެކެވެ. އެ ލޯންޗުގެ ކުރިމައްޗާއި ދެ އަރިމައްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
އުޅަނދެއްގައި ޖެހި އަނިޔާވި މީހާ މަރުވެއްޖެ
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، ދެ މީހަކަށް ފަރުވާދެނީ
ޑިންގީ އެކްސިޑެންޓުގައި މީހަކު ނުގެއްލޭ
ދެ ޑިންގީ ޖެހި އެކްސިޑެންޓްވެ މީހަކު ގެއްލިއްޖެ
ދެ ލޯންޗު ޖެހިގެން އަނިޔާވި އެކަކު އަދިވެސް ފަރުވާގައި
ލޯންޗު ކެޕްޓަން 15 ދުވަހަށް ބަންދުކޮށްފި
ލޯންޗުން ޖެހި މަރުވި މީހާ އޮތީ ދެބުރިވެފައި!
ލޯންޗު ދުއްވި މީހާ ހައްޔަރު ކޮށްފި
ގައިމަތިން ލޯންޗެއް ގޮސް މީހަކު މަރުވެއްޖެ
މަހަށް ނުކުމެ އުޅުނު މީހުން ހޯދަން ޑްރޯން ބޭނުންކުރަނީ