Roadha Mihaaru
ކ. އިން ތ. އަށް ބޯކޮށް ވާރޭވެހޭނެ: މެޓް

ކ. އިން ތ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހޭނެ: މެޓް

27 މެއި 2019

ކ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ރަށްތަކަށް މިރޭ ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ރަށްތަކަށް މިރޭ ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.

މެޓުން ނެރުނު ޔެލޯ އެލާޓްގައި ބުނެފައިވަނީ އެ ސަރަހައްދަށް މިރޭ 7:30 އިން މިރޭ 10:30 އާ ދެމެދު ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށެވެ.

މިއަދު މެންދުރު ފަހުން ފެށިގެން ކުރަމުން އަންނަ ވިއްސާރާގައި ތ. އަތޮޅުގެ ހަ ރަށެއްގައި ވަނީ ފެންބޮޑުވެފަ އެވެ. އޭގެ ތެރެއިން ގުރައިދޫ އާއި އޮމަދޫގެ ބައެއް ގެތަކަށް ފެންވަދެ އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ. އަދި ލ. އިސްދޫގައި ފެންބޮޑުވެ އެ ރަށު ބައެއް ގެތަކަށް ވެސް ވަނީ ފެން ވަދެފަ އެވެ.

ފެން ބޮޑުވާ ރަށްތަކުގައި ކޯރު ކެނޑުމާއި ގޭގޭދޮރާށި ކުރިމަތީ ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން އަންނަނީ ކުރަމުންނެވެ.

މިއީ ހުޅަނގު މޫސުން ކަމަށް ވާއިރު ކޮންމެ އަހަރަކު ވެސް މިދުވަސްވަރު މުޅި ރާއްޖެ އަށް ވެސް ވިއްސާރަ ކުރެ އެވެ.