01 ޑިސެމްބަރ 2017
ސްރީ ލަންކާ ކައިރީގައި އުފެދުނު ތޫފާން "އޯޗީ" ގެ ބާރުގަދަވުމާ ގުޅިގެން ކުރިއަށް އޮތް ގަޑިތަކުގައި އެކި ހިސާބުތަކަށް ވަރަށް ބޮޑަށް ވައިގަދަވާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ އިން މިއަދު ބުނެފި އެވެ.
ސްރީ ލަންކާ ކައިރީގައި އުފެދުނު ތޫފާން "އޯޗީ" ގެ ބާރުގަދަވުމާ ގުޅިގެން ކުރިއަށް އޮތް ގަޑިތަކުގައި އެކި ހިސާބުތަކަށް ވަރަށް ބޮޑަށް ވައިގަދަވާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ އިން މިއަދު ބުނެފި އެވެ.
މެޓް އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އަލީ ޝަރީފް "މިހާރު" އަށް ވިދާޅުވި ގޮތުގައި ތޫފާނުގެ ބާރުގަދަ ވެފައި ވަނީ މިއަދު ހެނދުނުން ފެށިގެންނެވެ. އެގޮތުން އުތުރުގެ ބައެއް ސަރަހައްދުތަކަށް ވިލާގަނޑުގައި 50 މޭލާއި 55 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެވްރެޖްކޮށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޚާއްސަކޮށް، އެންމެ ވައިގަދަ ވާނެ ކަމަށް ލަފާ ކުރެވެނީ ހއ. އަދި ހދ. އަތޮޅުގެ ރަށްތަކަށް ކަމަށް ވާތީ، ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވީހާވެސް އަވަހަކަށް އެޅުމަށް ޝަރީފް އެދިވަޑައިގެންނެވި އެވެ.
މާލެއަށް ވާރޭވެހެމުން ދިޔަ ވަގުތެއްގައި ސައިކަލެއްގައި ދެ މީހަކު ދަނީ. --ފޮޓޯ: މިހާރު/ ނިޝާން އަލީ
"ތޫފާނު މިހާރު އުޅެނީ ރާއްޖޭގެ އުތުރުން ބަލާނަމަ، 200 މޭލެއްހާ ދުރުމިނުގައި. މަލިކާ ވަރަށް ކައިރީގައި. މަލިކަށް މިހާރު ވަރަށް ބޮޑަށް މޫސުން ގޯސްވާނެ ކަމަށް ބެލެވެނީ،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ތޫފާނާ ގުޅިގެން އުފެދުނު ބައެއް ވިލާތައް ރާއްޖޭގެ ސަރަހައްދަށް އަރަމުން ދާނެ ކަމަށެވެ. އެހެންވެ، ކުރިއަށް އޮތް ގަޑިތަކުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވާރޭވެހި ފެން ބޮޑުވުމުގެ ހާދިސާތައް ހިނގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތޫފާނާ ގުޅިގެން ރާއްޖެ އަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި އުތުރުގެ ގިނަ ރަށްތަކުގައި ފެން ބޮޑުވެ، ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. އަދި އިތުރަށް ގެއްލުން ލިބިދާނެ ކަމަށް ބަލައި، ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.
ވިއްސާރައިގައި އެންމެ ބާރަށް ވައިޖެހުނު ކަމަށް ރެކޯޑް ކުރެވިފައިވަނީ އދ. މާމިގިއްޔަށެވެ. މާމިގިއްޔަށް 55 މޭލަށް ވައިގަދަވި ކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި މިއަދު ހެނދުނު މާލެ އަށް 51 މޭލަށް ވައިގަދަވި އެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން މިއަދު ހެނދުނު 10:30 އިން 3:30 ގެ ނިޔަލަށް ހއ. އަތޮޅާއި ކ. އަތޮޅާ ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ވަނީ ނެރެފަ އެވެ.
ތޫފާނު ރާއްޖެއާ ދުރަށް ދާއިރު، އަންނަ އާދިއްތަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ވެސް މޫސުން ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ. މިހާތަނަށް މިހާތަނަށް ކަނޑުމަތީގެ 16 ހާދިސާއެއް ހިނގައިގެން ރިޕޯޓް ކުރިއިރު، އޭގެ ތެރޭގައި ދެ ދޯންޏެއް ބަންޑުން ޖަހާލުން ހިމެނެ އެވެ.
ބޯވާރޭގައި މުޅި މާލެ ފެންބޮޑުވެއްޖެ
ދަރަވަންދުއަށް އިއްޔެ 65 މޭލަށް ވައިބާރުވި
ހޯމަ ދުވަހާ ހަމައަށް ވައި މަޑެއް ނުވާނެ: މެޓް
މި ހަފުތާގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސް
މާލެއަށް އިއްޔެ 89 މިލިމީޓަރުގެ ވާރޭ ވެހުނު
ބޯ ވިއްސާރާގައި މާލޭގެ މަގުތަކުގައި ފެންބޮޑުވެއްޖެ
ރާއްޖޭގެ އެންމެ އުތުރަށް އޮރެންޖް އެލާޓް ނެރެފި
މާލޭގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެއްޖެ
އުތުރުގެ ބައެއް ރަށްތަކުގައި ފެންބޮޑުވެއްޖެ
ކޮޅިގަނޑު ރާއްޖެއާ ދުރަށް، ތޫފާނަކަށް ވުން ގާތް!