26 މެއި 2019
ހުޅުމާލޭގައި ސީ ލައިފުން އިމާރާތް ކުރަން ނިންމި ފްލެޓްތަކަށް ބުކިން ހައްދަން ފައިސާ ދެއްކި މީހުންގެ ތެރެއިން ދެ މީހަކަށް އެ ފައިސާ އަނބުރާ ދޭން އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ހުޅުމާލޭގައި ސީ ލައިފުން އިމާރާތް ކުރަން ނިންމި ފްލެޓްތަކަށް ބުކިން ހައްދަން ފައިސާ ދެއްކި މީހުންގެ ތެރެއިން ދެ މީހަކަށް އެ ފައިސާ އަނބުރާ ދޭން އެ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓު އިމާރާތް ކުރަން ސީ ލައިފްއާ ސަރުކާރުން ހަވާލު ކުރުމުން އެތަނުން ފްލެޓް ގަތުމަށް ބައެއް މީހުން ބުކިން ފީ ދެއްކިޔަސް، އެތަނުގައި މިހާތަނަށް ވެސް އެ މަސައްކަތެއް ނުކުރެ އެވެ. އަދި ބުކިން ފީ އަށް ދެއްކި ފައިސާ އަނބުރާ ނުލިބޭތީ، އެ ފައިސާ ހޯދަން އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.
ސީ ލައިފްއާ ދެކޮޅަށް ދައުވާކުރި މީހުންގެ ތެރެއިން ދެ މީހަކަށް ފައިސާ ދައްކަން ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުން ހުކުމްކުރީ މިދިޔަ މަހު އެވެ.
ވަކިވަކިން އިއްވި އެ ދެ ހުކުމުގައި ވަނީ ބުކިން ފީ ގެ ގޮތުގައި އެ ދެ މީހުން ދެއްކި 50،000ރ. އަކީ ސީ ލައިފުން އެ މީހުންނަށް އަނބުރާ ދޭންޖެހޭ ފައިސާއެއް ކަން އެ ކުންފުނިން ކޯޓުގައި ވެފައިވާ އިއުތިރާފުން ސާބިތުވެފައިވާ ކަމަށެވެ. އެހެންވެ، އެ ފައިސާ އެއް މަސް ތެރޭގައި ކޯޓަށް ދެއްކުމަށް އަންގާ ކަމަށް ހުކުމުގައި ވެ އެވެ.
އެގޮތަށް ހުކުމް ކުރިއިރު، ސީ ލައިފަށް ފައިސާ ދެއްކި މީހުންގެ ތެރެއިން އިތުރު ފަރާތްތަކެއްގެ މައްސަލަތައް ކޯޓުގައި ދަނީ ހިންގަމުންނެވެ.
ސީ ލައިފުން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު، ފްލެޓްތައް ނުދީ އަދި ފައިސާ ވެސް އަނބުރާ ނުދިން މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައި، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް މިހާރު ވަނީ ނެރެފަ އެވެ. އޭނާ ދިރިއުޅެނީ ސްރީ ލަންކާގައި ކަމަށް އެނގިފައި ވެ އެވެ.
ދައުލަތުން ސީލައިފަށް ބަދަލުދޭން ނުޖެހޭކަމަށް ނިންމައިފި
އިންސާފު ހޯދަން ދުވަނީ، 'ބޮޑުން" ތިބީ ފިލައި!
ސީ ލައިފްއާ ދެކޮޅަށް އެޗްޑީސީން ފިޔަވަޅު އެޅި
"ފްލެޓް ގަތީ ފަސް އަހަރު ކުރިން ލޯނެއް ނަގައިގެން"
މާލޭ ރަށްވެހިން ކަމަށް ބަލާ މިންގަނޑާ ގުޅިގެން ކޯޓަށް
ހިޔާ ފްލެޓްގެ ކުލީގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި
ކްރިކް ރިޒާގެ ބިމެއް 20 މިލިއަނަށް ވިއްކާލައިފި
ފްލެޓް އެއްބަސްވުން ބާތިލްކުރި މައްސަލަ އާބިޓްރޭޝަނަށް
ލިބޭ ގެއްލުމުގެ ބަދަލު ސީ ލައިފުން ހޯދާނަން: އެޗްޑީސީ
ސީލައިފަށް ދައުވާކުރި މީހުންނަށް ދައުލަތުން ބަދަލުދެނީ