24 މެއި 2019
ހއ. އުލިގަމަށް ރޭ ކުރި ވިއްސާރާގައި ހޮނު އެޅުމުގެ ސަބަބުން ލައްކައެއްހާ ރުފިޔާގެ އިލެކްޓްރޯނިކް ސާމާނަށް ގެއްލުން ލިބުނު ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ހއ. އުލިގަމަށް ރޭ ކުރި ވިއްސާރާގައި ހޮނު އެޅުމުގެ ސަބަބުން ލައްކައެއްހާ ރުފިޔާގެ އިލެކްޓްރޯނިކް ސާމާނަށް ގެއްލުން ލިބުނު ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
އުލިގަމު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޒިޔާދު "މިހާރު" އަށް ވިދާޅުވީ ހޮޅު އެޅިީ އެ ރަށު ދެކުނު ކޮޅުގައި ހުންނަ އުރީދޫ އެންޓަނާ އަށް ކަމަށާއި ދިހަ ވަރަކަށް ގެއިން އިލެކްޓްރޯނިކް ސާމާނު އެނދި ކަމަށެވެ. ގިނައިން ހަލާކުވެފައި ވަނީ ޓީވީ ކަމަށް އޭނާ ވިދާޅުވި އެވެ. ޒިޔާދު ވިދާޅުވި ގޮތުގައި ބޮޑަށް ގެއްލުންވީ ހޮނު އެޅި އެންޓަނާ ހުންނަ ސަރަހައްދުގައި ހުރި ގެތަކުގައި ހުރި ސާމާނަށެވެ.
"އެހެން ބައެއް ގޭގޭގައި ކަރަންޓަށް ޖަހާފައި ހުރި ބައެއް އެއްޗެހި ވެސް ހަލާކުވި. ފަންކާ އާއި އޭސީ ފަދަ ތަކެއްޗަށް ވެސް ވަނީ ގެއްލުން ލިބިފައި،" ޒިޔާދު ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ބޮޑެތި ރަށްރަށުގެ ތެރޭގައި ހިމެނޭ، އެކަމަކު ކުޑަ އާބާދީއެއް އޮންނަ އުލިގަމުގައި ދަނޑުވެރިކަން ކުރާ ރަށެކެވެ. ޒިޔާދު ވިދާޅުވީ ދަނޑުބިންތަކަށް ލިބުނު ގެއްލުންތައް މިހާތަނަށް އެނގިފައި ނުވި ނަމަވެސް، އެކަން ވެސް މިހާރު ބަލަމުން އަންނަ ކަމަށެވެ.
"ރޭގައި ވާރޭ ވެހުނު ގަޑީގައި ރަށު ތެރޭގައި ކޮންމެވެސް ވަރަކަށް ފެންގަނޑު ހެދުނު،" ޒިޔާދު ވިދާޅުވި އެވެ.
ގެއްލުންތަކުގެ ސަބަބުން އެ ރަށުގައި މޯބައިލް ފޯނުގެ ހިދުމަތަށް ވެސް ވަނީ ބުރޫ އަރައިފަ އެވެ. ޒިޔާދު ވިދާޅުވީ އެކަން ހައްލު ކުރަން ދިރާގުގެ ޓީމެއް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އުލިގަމަށް ރޭ ކުރި ވިއްސާރައިގައި ބައެއް ގަސްތައް ވެއްޓިފައި.
ޒިޔާދު ވިދާޅުވި ގޮތުގައި ރަށަށް ކުރި ވިއްސާރަ އަކީ ފަހުގެ ތާރީހެއްގައި އެންމެ ގަދަ އަށް ކުރި ވިއްސާރަ އެވެ. އެގޮތުން ގުގުރުމާއެކު ރަށަށް ވާރޭވެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުން އަންނައިރު ބައެއް ރަށްރަށުގައި ފެން ބޮޑުވެ ބައެއް ގެއްލުންތައް ވެފައިވެ އެވެ.
އުލިގަމަށް ހޮނުއަޅައި ގެއްލުންވެއްޖެ
އުލިގަމުގެ އާއިލާތަކަށް މެމްބަރު ފައިސާގެ އެހީ ދެއްވައިފި
ވިއްސާރައިގައި އުލިގަމަށް ބޮޑެތި ގެއްލުންތަކެއް
ބޭރުގެ ބޯޓުތަކަށް އުލިގަމަށް ވުރެ ފަރިތަ ބައެއް ނެތް
އުލިގަމު ބޮޑު ބާބެކިއު ޖެނުއަރީ 2 ގައި
އެންމެ އުތުރުގައި އޮންނަ ރީތި ފަޅުރަށް ދެބުރިވެއްޖެ
ރާއްޖޭގެ އެންމެ އުތުރުގެ ލޭންޑްމާކް މޫދަށް!
އާދަޔާ ހިލާފަށް ގަދަ، ހޯރަފުށީ އެއާޕޯޓަށް ރާޅު އަރަނީ
އުލިގަމުގެ ޔޮޓް މޫސުމާ އެކު ރީތި މަންޒަރެއް
ޔޮޓް މެރީނާއަކާއެކު އުލިގަމުގެ ސިޓީ ހޮޓާ އަލުން ފަށަނީ