26 މެއި 2019
ފެރީގެ ޚިދުމަތް ދޭން ދީބާޖާ އިންވެސްޓްމެންޓާ އެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިފްއަތު މިދިޔަ ހަފުތާގައި ވިދާޅުވެއްޖެ އެވެ.
ފެރީގެ ޚިދުމަތް ދޭން ދީބާޖާ އިންވެސްޓްމެންޓާ އެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލަ ކޯޓުން ބޭރުގައި ހައްލު ކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިފްއަތު މިދިޔަ ހަފުތާގައި ވިދާޅުވެއްޖެ އެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް 2010 ވަނަ އަހަރު ސަރުކާރުން ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި ގެއްލުމުގެ ބަދަލަށް އެ ކުންފުނިން 2.4 ބިލިއަން ރުފިޔާ ހޯދަން ދައުވާ ކުރުމުން ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދައްކަން ކޯޓުން ކުރިން އޮތީ ހުކުމްކޮށްފަ އެވެ. އެ ހުކުމް މިދިޔަ މަހު ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ.
އެ ހުކުމް ތަންފީޒުކުރުމުގެ މަރުހަލާ ސިވިލް ކޯޓުގައި ވަނީ ފަށައިފަ އެވެ.
އޭޖީ ރިފްއަތު، މިދިޔަ އާދީއްތަދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމަކީ ކޮންމެ މަރުހަލާއެއްގައި ވެސް އޮންނަން ޖެހޭނެ ކަމެއް ކަމަށެވެ. ވަކިން ޚާއްސަކޮށް، މާލީ ބޮޑު ބުރައެއް ދައުލަތުން އުފުލަން ޖެހޭ ހާލަތުގައި ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމުގެ ފުރުސަތު އޮތްތޯ ބަލައި ވާހަކަ ދެކެވެން ޖެހޭ ކަމަށް ރިފްއަތު ދެކެވަޑައިގަންނަވަ އެވެ.
"މި މައްސަލައިގައި (ދީބާޖާ އަށް ބަދަލު ދިނުމުގައި) ވެސް އަޅުގަނޑު ނުދަންނަވާނަން ވާހަކަ ދެއްކުމުގެ ފުރުސަތު ނެތެކޭ. މިހާރު އަޅުގަނޑުމެން މިއެދޭ އެދުމަކީ މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލު، ހިނގާށޭ ހަމަ ހަގީގަތުގައި ވެސް ވީ ގެއްލުންތޯ ބަލަން،" ރިފްއަތު ވިދާޅުވި އެވެ.
"އެއީ މިނިވަން އޮޑިޓަރުން ހިމަނައިގެން ކަމަށް ވިޔައަސް، ހިސާބު ޖަހަމާ ހިނގާށޭ ކިހާ ގެއްލުމެއްތޯ ވީ. އެ ވީ ގެއްލުމެއް އެނގުނީމަ އޮންނާނެ ދެއްތޯ އަޅުގަނޑުމެން އެއަށް އެއްބަސްވުމަކަށް އަންނަން. އެ ފުރުސަތު އެބައޮތް އަދިވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި."
އެޓާނީ ޖެނެރަލް ރިފްއަތު: ކޯޓުން ބޭރުގައި މައްސަލަ ހައްލު ކުރުމަކީ ކޮންމެ މަރުހަލާއެއްގައި ވެސް އޮންނަން ޖެހޭނެ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ. --ފޮޓޯ/މިހާރު
އޭޖީ ވިދާޅުވި ގޮތުގައި، ޝަރީއަތުގައި މައްސަލައެއް ކުރިއަށްދާ އިރު، ޝަރުއީ ހުރިހާ މަރުހަލާއެއް ކަޑައްޑަތު ކުރާނެ އެވެ. އެއާއެކު ވެސް ކޯޓުން ބޭރުން ހައްލުކުރެވޭތޯ ބެލުމުގެ ފުރުސަތު ވެސް ބަންދުނުވާނެ ކަމަށް ވިދާޅުވި އެވެ.
ދީބާޖާ އިން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނިކޮށް، ވާހަކަ ދައްކައިގެން ކޯޓުން ބޭރުގައި ހައްލު ހޯދޭނެ ފުރުސަތެއް އޮތްތޯ އޭޖީ އޮފީހުން ބެލި އެވެ. އެކަމަކު އެ ފަހަރު ދީބާޖާ އިން އެއްބަހެއް ނުވި އެވެ.
ދައުލަތުން 348 މިލިއަން ދައުލަތަށް ދައްކަން ޖެހޭ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ގަބޫލުނުކުރާތީ، ސުޕްރީމް ކޯޓުގެ ހުކުމް، މުރާޖައާ ކުރަން އެ ކޯޓަށް ހުށަހަޅަން ވަނީ ނިންމައިފަ އެވެ. އެކަން ލަސްވަނީ، އޭޖީ ވިދާޅުވި ގޮތުގައި، ދީބާޖާ މައްސަލައާ ގުޅިގެން ފަނޑިޔާރުގެއާ މެދު ފެންމަތިވެފައިވާ ރިޝްވަތުގެ ތުހުމަތުތައް ކަމާބެހޭ މުއައްސަސާތަކުން ބަލަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ގޮވާލާފައިވާތީ އެވެ.
ސުޕްރީމް ކޯޓުގައި، ދީބާޖާ މައްސަލައިގައި ވަކާލާތު ކުރީ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ލޯފާމުންނެވެ. އެ ލޯ ފާމާއި ދީބާޖާ އިންވެސްޓްމެންޓާ އެކު ވެފައިވާ އެއްބަސްވުމުގައި އޮންނަނީ މައްސަލަ ކާމިޔާބުވެއްޖެ ނަމަ، ދައުލަތުން ދީބާޖާ އަށް ދޭން ޖެހޭ 348 މިލިއަންގެ 50 ޕަސެންޓް ލޯ ފާމަށް ދިނުމަށެވެ. އެހާ ބޮޑު އަދަދެއް ދޭން ދީބާޖާ އިން އެއްބަސްވީ "ސަކްސެސް ފީ"ގެ ގޮތުގައި ކަމަށް ވެސް އެ އެއްބަސްވުމުގައި އޮވެ އެވެ.
ރިވިއު ލަސްވަނީ ފަނޑިޔާރުގެ އަށް ކުރާ ތުހުމަތާ ހެދި
އޭޖީ އޮފީހުގެ ބަޔާނުގައި ހުރީ ދޮގު ވާހަކަ: ދީބާޖާ
ދީބާޖާގެ ފެށުމާއި ނިމުން: ހުސް ސުވާލު!
ދީބާޖާގެ ހުކުމް ތަންފީޒުކުރުން ބާތިލްކުރަން ހުށަހަޅައިފި
ދީބާޖާގެ ހުކުމް ތަންފީޒު މަރުހަލާގެ އަޑުއެހުން ސިއްރު
ދީބާޖާ މައްސަލައިގެ ހުކުމް ތަންފީޒު މަރުހަލާ ފަށަނީ
"ދީބާޖާ މައްސަލާގައި ނުރަނގަޅު ކަންތައްތަކެއް ހިނގި"
ދީބާޖާގެ ހުކުމް މުރާޖައާ ކުރަންޖެހޭ: ސުއޫދު
ދައުލަތުގެ އިހުމާލުން އަށް ލައްކަ ރުފިޔާގެ ހުކުމެއް
ފުށިދިއްގަރު ފަރުގެ ޖޫރިމަނާގެ މައްސަލަ ކޯޓަށް