15 މެއި 2019
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރިޝްވަތު ނެންގެވި ކަމަށް ތުހުމަތު ކުރި ކަމަށް ބުނެ ސީއެންއެމް އޮންލައިނާ މެދު ފިޔަވަޅު އަޅަން ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ފޮނުވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރިޝްވަތު ނެންގެވި ކަމަށް ތުހުމަތު ކުރި ކަމަށް ބުނެ ސީއެންއެމް އޮންލައިނާ މެދު ފިޔަވަޅު އަޅަން ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ފޮނުވައިފި އެވެ.
އެ ޑިޕާޓްމަންޓުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ދީބާޖާ އިންވެސްޓްމަންޓް ކުންފުންޏަށް 348 މިލިއަން ދައްކަަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ދަމަހައްޓައި، މިދިޔަ މަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން، އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރިޝްވަތު ނަންގަވައިގެން ނިންމެވި ނިންމެވުމެއް ކަމަށް ތުހުމަތުކޮށް ސީއެންއެމްގައި މިދިޔަ ހަފުތާގައި ލިޔެފައިވާ ލިޔުމަކީ ހަގީގަތެއް ނެތް، ދޮގު ތުހުމަތުތަކެއް ކަމަށެވެ. އެއީ، ފަނޑިޔާރުންނާއި ކޯޓުތަކުގެ އަގު ވައްްޓާލައި، ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ކުރާ މަސައްކަތަށް ހުރަސް އެޅުމަށްޓަކައި ލިޔެފައިވާ ލިޔުމެއް ކަމަށާއި އެހެންވެ، އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށް ޑީޖޭއޭގެ ބަޔާނުގައި ވެ އެވެ.
"އެކަމާ ގުޅިގެން ކުރަންޖެހޭ ތަހުގީގުތައް ކޮށް، އަޅަންޖެހޭ ގާނޫނީ އަދި އިދާރީ ފިޔަވަޅުތައް އެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް މީޑިއާ ކައުންސިލަށް މި ޑިޕާޓްމެންޓްގެ ފަރާތުން 15 މެއި، 2019 ވީ ބުދަ ދުވަހު ހުށަހަޅާފައިވާ ވާހަކަ ދަންނަވަމެވެ." ބަޔާނުގައި ވެ އެވެ.
Press Release (15.05.2019)
— Maldives Judiciary (@judiciarymv) May 15, 2019
ReadMore: https://t.co/QK4TzlvrhM pic.twitter.com/U4HnTwDPsl
ޑީޖޭއޭގެ ބަޔާން
ޑީޖޭއޭ އިން ބުނީ، ދީބާޖާގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ހުކުމް ބިނާކުރި ސަބަބުތަކާ އެކު، އެ ކޯޓުގެ ނިންމުން ވެބްސައިޓްގައި އާންމު ކޮށްފައިވާނެ ކަމަށެވެ. އަދި އެ ހުކުމާ ގުޅިގެން ފަނޑިޔާރުން ރިޝްވަތު ނެންގެވި ކަމަށް ކުރަމުންދާ ތުހުމަތުތަކަކީ އަދި ނޫސްވެރިކަމުގެ ނަމުގައި މަދު ބަޔަކު ކުރާ އެފަދަ ކަންކަމުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ވެސް ޑީޖޭއޭ އިން ބުންޏެވެ.
ކޮރަޕްޝަންގެ ތުހުމަތެއް ކޮންމެ މީހަކާ މެދު ކުރެވުނަސް، އެކަން ހުށަހެޅޭނެ މުއައްސަސާތައް ހުރިކަން ފާހަގަކޮށް، ޑީޖޭއޭ އިން ބުނީ، އެ ފުރުސަތުގެ ބޭނުން ކުރުމެއް ނެތި ފަނޑިޔާރުންނާ މެދު ދޮގު ތުހުމަތުތައް ކުރުމާއި އެފަދަ ވާހަކަތައް ފެތުރުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި އެފަދަ ފަރާތްތަކުގެ މަގްސަދަކީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި، ބިރު ދެއްކުމާއި ކޯޓުތަކުގެ މިނިވަންކަން ކަށަވަރުކުރަން ސުޕްރީމް ކޯޓުން އިސް ނަގައިގެން ކުރާ މަސައްކަތް ހުއްޓުވުން ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
ޑީޖޭއޭ އިން ގޮވާލާފައި ވަނީ ނަފްރަތާއި ފިތުނަ ފަސާދަ އުފައްދަން އެފަދަ އަމަލުތައް ނުހިންގުމަށާއި އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް ކަމާބެހޭ ފަރާތްތަކުން އަޅަމުން ގެންދިއުމަށެވެ.
ސީއެންއެމް، ވީއެފްޕީގެ ނަމުގައި އެނބުރި އަތުވެއްޖެ
ނޫސްވެރިއަކު ނެގި ފޮޓޯއެއް ޑިލީޓް ކުރުވި މައްސަލައެއް
މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދަން ގޮވާލައިފި
ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނަން:އޭޖީ
މީޑިއާތައް ބޭނުންވާ ނަމަ އެމްއެމްސީ/ބްރޯޑްކޮމް އުވާލަނީ
ބިލަކީ މިނިވަން ނޫސްވެރިކަމަށް ނުރައްކަލެއް:އެމްޖޭއޭ
"މީޑިއާ ކޮމިޝަން ބިލް އެންޑޯޒް ކުރާނީ ދިރާސާކޮށްފައި"
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ބިލް މަޖިލީހަށް
ނޫސްވެރިކަމުގެ އިނާމުގެ މާކްސްތައް އާންމުކޮށްފި
"ނޫސްވެރިންނަށް ދުލާއި ގަލަމުގެ މިނިވަންކަން ދޭނަން"