Roadha Mihaaru
މި ހަފްތާގައި އެކަނިވެސް 13،000 ރެފިއުޖީން ސަލާމަތްކޮށްފި

މި ހަފްތާގައި އެކަނިވެސް 13،000 ރެފިއުޖީން ކަނޑުމަތިން ސަލާމަތްކޮށްފި

29 މެއި 2016

ރޯމް (މެއި 29) - ލީބިޔާގެ ސަރަހައްދުން ހޮނިހިރު ދުވަހު ސަލާމަތްކުރި 600 ރެފިއުޖީންނާ އެކު، މި ހަފްތާގެ ތެރޭގައި ޔޫރަޕަށް ހިޖުރަ ކުރަނިކޮށް ކަނޑުމަތިން ސަލާމަތްކުރި މީހުންގެ އަދަދު 13،000 އަށް އަރާފައިވާ ކަމަށް އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރޯމް (މެއި 29) - ލީބިޔާގެ ސަރަހައްދުން ހޮނިހިރު ދުވަހު ސަލާމަތްކުރި 600 ރެފިއުޖީންނާ އެކު، މި ހަފްތާގެ ތެރޭގައި ޔޫރަޕަށް ހިޖުރަ ކުރަނިކޮށް ކަނޑުމަތިން ސަލާމަތްކުރި މީހުންގެ އަދަދު 13،000 އަށް އަރާފައިވާ ކަމަށް އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

މި ދުވަސް ކޮޅު ޔޫރަޕްގެ މޫސުން ރަނގަޅުވުމާ އެކު އެފްރިކާ މަގުން ޔޫރަޕަށް ހިޖުރަކުރުމަށް މަސައްކަތް ކުރާ ރެފިއުޖީންގެ އަދަދު ވަނީ އިންތިހާ އަށް އިތުރުވެފަ އެވެ.

ގްރީސް އަށް ހިޖުރަކުރާ ރެފިއުޖީންގެ އަދަދު މަދު ކުރުމަށް ޔޫރަޕިއަން ޔޫނިއަން އާއި ތުރުކީ އިން ވި އެއްބަސްވުމާ އެކު، އެފްރިކާ ކަނޑު ހުރަސްކޮށް ޔޫރަޕަށް މިސްރާބު ޖެހުން ވަނީ އަތުރުވެފަ އެވެ.

އަޔަލަންޑްގެ އަސްކަރީ އުޅަނދެއް 123 އަށް ވުރެ ގިނަ ރެފިއުޖީން ހޮނިހިރު ދުވަހު ސަލާމަތްކޮށްފައިވާ އިރު، ޖަރުމަނުން ވަނީ އެތަކެއް ސަތޭކަ ރެފިއުޖީންނާ އެކު ދަތުރުކުރި ހަތަރު އުޅަނދަކުން މީހުން ސަލާމަތްކޮށްފަ އެވެ.

މިދިޔަ ބުދަ ދުވަހު އިޓަލީގެ ކަނޑުގެ ސިފައިން ވަނީ 500 އަށް ވުރެ ގިނަ ރެޖިއުޖީން ފެތެމުންދިޔަ އުޅަނދަކުން ސަލާމަތްކޮށްފަ އެވެ. އެ ހާދިސާގައި ފަސް މީހުން މަރުވިއިރު، އެ ހާދިސާ ހިނގަނިކޮށް ނަގާފައިވާ ވީޑިއޯ އެއް ވެސް ވަނީ އާންމުވެފަ އެވެ.

އެ ހާދިސާ ހިނގާފައިވަނީ 3،000 ވުރަ ގިނަ ރެފިއުޖީން އަތުލައިގެންތާ އެއް ދުވަސް ފަހުންނެވެ.

މެދު އިރުމައްޗާއި އެފްރިކާ ދާހިލީ ހަމަނުޖެހުމުން ސަލާމަތްވުމަށް އެއް މިލިއަނަށް ވުރެ ގިނަ މީހުން 2015 ވަނަ އަހަރު ޔޫރަޕަށް ހިޖުރަކުރިކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.