Roadha Mihaaru
ލީބިޔާ އިން ހިޖުރަކުރި 1200 މީހަކު ސަލާމަތް ކޮށްފި

ލީބިޔާ އިން ހިޖުރަކުރި 1،200 މީހަކު ކަނޑުމަތިން ސަލާމަތް ކޮށްފި

27 މާޗް 2017

ރޯމް، (ރޮއިޓާސް) – ލީބިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެ ގައުމު ދޫކޮށްފައި ނުކުތް 1200 އެއްހާ މީހުން ކުދިކުދި އުޅަނދުތަކެއްގައި ދަތުރުކުރަނިކޮށް ކަނޑުމަތިން ސަލާމަތް ކޮށްފައިވާ ކަމަށް ޑޮކްޓާސް ވިތައުޓް ބޯޑާސް އިން ބުނެފި އެވެ.

ރޯމް، (ރޮއިޓާސް) – ލީބިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ސަބަބުން އެ ގައުމު ދޫކޮށްފައި ނުކުތް 1200 އެއްހާ މީހުން ކުދިކުދި އުޅަނދުތަކެއްގައި ދަތުރުކުރަނިކޮށް ކަނޑުމަތިން ސަލާމަތް ކޮށްފައިވާ ކަމަށް ޑޮކްޓާސް ވިތައުޓް ބޯޑާސް އިން ބުނެފި އެވެ.

އެ ޖަމާއަތުން ބުނި ގޮތުގައި ކަނޑުމަތިން ފެނުނު 1200 މީހުންގެ ތެރެއިން ޒުވާން އަންހެނަކު ވަނީ މަރުވެފަ އެވެ. ބާކީ ތިބި ހުރިހާ މީހުން ވެސް މިހާރު ވަނީ ސަލާމަތް ކުރެވިފަ އެވެ.

މި މީހުން ސަލާމަތް ކުރި އިރު އޭގެ ތެރެއިން 412 މީހަކު ދަތުރު ކުރަމުން ދިޔައީ ކުޑަކުޑަ ލަކުޑި ބޮއްކުރައެއްގައި ތޮއްޖެހިގެން ތިބެ އެވެ. އެހެން މީހުން ތިބީ ވައި ޖަހައިގެން ފުއްޕާ ޒާތުގެ ޑިންގީތަކެއްގަ އެވެ. މި އެންމެންނަކީ ވެސް ލީބިޔާ ދޫކޮށް އިޓަލީ އަށް ދަތުރުކުރި ބައެކެވެ.

ލީބިޔާ އަށް ދަތުރު ކުރަނިކޮށް މި އަހަރުގެ މިހާތަނަށް ކަނޑުމަތިން ސަލާމަތް ކުރި މީހުންގެ އަދަދު މިހާރު ވަނީ 22،000 އަށް އަރައިފަ އެވެ. އޭގެ އިތުރުން ކަނޑު ހުރަސްކޮށް ހިޖްރަކުރަން އުޅުނު 520 މީހަކު މި އަހަރުގެ ތެރޭގައި ވަނީ މަރުވެފަ އެވެ.

އިޓަލީގެ ޕްރޮސެކިއުޓަރަކު މި ދިޔަ ހަފުތާގައި ބުނެފައިވަނީ ކަނޑު ހުރަސްކޮށް ހިޖްރަކުރާ މީހުން ސަލާމަތް ކުރުމަށް ލީބިޔާގެ އައްސޭރިފަށުގައި ހަރަކާތްތެރިވާ ބޯޓުތައް މަސައްކަތް ކުރަނީ، އިންސާނުން ސްމަގުލް ކުރާ ގްރޫޕްތަކާ ގުޅިގެންނެވެ. އެހެންވުމުން ހަނގުރާމައިން ސަލާމަތްވާން ނުކުންނަ މީހުން ކަމަށް ހަދައިގެން ސްމަގުލްކުރެވޭ މީހުން ވެސް އެ ބޯޓުތަކުގައި ލީބިޔާ އިން ބޭރުކުރާ ކަމަށްވެ އެވެ.

އިޓަލީގެ ޗީފް ޕްރޮސެކިއުޓާ ތުހުމަތު ކުރައްވާ ގޮތުގައި ހިޖްރަކުރާ މީހުން ސަލާމަތްކުރާ ބޯޓުތައް މަސައްކަތް ކުރަނީ އިންސާނުން ސްމަގުލް ކުރާ ގުރޫޕްތަކާ ގުޅިގެންނެވެ. ނަމަވެސް އެ ފަރާތްތަކުން ބުނާ ގޮތުގައި ހިޖްރަކުރާ މީހުން ސަލާމަތް ކުރުމުގެ ތެރޭގައި ނުރަނގަޅު އެއްވެސް ކަމެއް ނުކުރެ އެވެ.

ލީބިޔާގެ ހަނގުރާމައިގެ ސަބަބުން 2014 ވަނަ އަހަރުން ފެށިގެން އެ ގައުމު ދޫކޮށް ހިޖްރަ ކުރި މީހުންގެ ތެރެއިން ބައި މިލިއަނެއްހާ މީހުން ވަނީ އިޓަލީ އަށް ގެންގޮސްފަ އެވެ.