Roadha Mihaaru
ސިސިލްފަރުން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ކޯޓަށް

ހައްޖު ޖަމާއަތްތަކަށް ހުއްދަ ދިން ގޮތާ މެދު ހިތްހަމަނުޖެހިގެން ސިސިލްފަރުން ކޯޓަށް

13 މެއި 2019

ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ހަ ކުންފުންޏަކަށް ސަރުކާރުން ދީފައިވާއިރު، އެ ކުންފުނިތައް ކަނޑައެޅުމުގައި އަމަލު ކޮށްފައިވަނީ އިންސާފުން ބޭރުން ކަމަށް ބުނެ ސިސިލްފަރު ހައްޖު އެންޑް އުމުރާ އިން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ހަ ކުންފުންޏަކަށް ސަރުކާރުން ދީފައިވާއިރު، އެ ކުންފުނިތައް ކަނޑައެޅުމުގައި އަމަލު ކޮށްފައިވަނީ އިންސާފުން ބޭރުން ކަމަށް ބުނެ ސިސިލްފަރު ހައްޖު އެންޑް އުމުރާ އިން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ ސިސިލްފަރަށް މި ފަހަރު ހުއްދަ ދީފައެއް ނުވެ އެވެ.

އެ ޖަމާއަތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ކުންފުނިތައް ހޮވުމުގައި އަމަލުކުރި އިވެލުއޭޝަން ސައްހަ ނޫން ކަމަށް ކަނޑައަޅައިދިނުމަށެވެ.

ސިސިލްފަރުގެ ގާނޫނީ ވަކީލް ނާޒިމް ސައްތާރު މިރޭ ވިދާޅުވީ، އިވެލުއޭޝަންގައި އިސްލާމިކް މިނިސްޓްރީން މާކްސް ދީފައިވަނީ ހައްޖަށް ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިން ގޮތާ ހިލާފަށް ކަމަށެވެ. އަދި އިވެލުއޭޓު ކުރުމަށް ހަދާފައިވާ ގަވައިދުތަކާ ވެސް އެ މިނިސްޓްރީން ހިލާފު ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީގެ ކޮމިޓީން މާކްސް ދިން ގޮތް ފެންނަ ޓޭބަލް

އިވެލުއޭޝަންގައި، ތަޖުރިބާ އަށް ފަސް ޕަސެންޓު ކަނޑައަޅާފައިވާއިރު، ސިސިލްފަރަށް އެ ބައިން ލިބިފައިވަނީ 0.077 ޕަސެންޓް މާކުހެވެ.

ނާޒިމް ވިދާޅުވީ މިދިޔަ 35 އަހަރު ދުވަހު ސިސިލްފަރު ހައްޖު ގްރޫޕުން ހައްޖާޖީންގެ ކަންކަމުގައި އުޅެފައިވާއިރު އެއީ އެކަށީގެންވާ މާކްސްއެއް ނޫން ކަމަށެވެ.

"މި ބައިން އެންމެ އިންސައްތައެއް ވެސް ލިބިގެން ނުދިއުމުން އެނގެނީ އިވެލުއޭޓް ކުރާށޭ ކިޔައިގެން އިސްލާމިކް މިނިސްޓްރީން ކުޅިވަރު ކުޅެފައިވާކަން،" ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ވިދާޅުވި އެވެ.

Hajjah meehun gendhiumuge huhdha 5 kunfunyakah

Hajjah meehun gendhiumuge huhdha 5 kunfunyakah

The most trusted news source in the Maldives

Mihaaru

ހައްޖަށް މީހުން ގެންދިއުމަށް ޖަމާއަތްތައް ކަނޑައެޅުން---

ހައްޖަށް މީހުން ގެންދިއުމުގެ ޕްރޮޕޯޒަލަށް ހުޅުވައިލުމުން 18 ކުންފުންޏަކުން ކުރިމަތިލި އެވެ. އޭގެ ތެރެއިން އިޖުރާއަތްތައް ފުރިހަމަކޮށްފައި ނުވާތީ ހަ ޕްރޮފޯޒަލެއް ބަލައެއް ނުގަނެ އެވެ.

ރާއްޖެ އިން މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައި ވަނީ އެކްރޯ ހައްޖު ގްރޫޕް (59،965ރ.) ހައްޖު ކޯޕަރޭޝަން (69،965ރ.) މިނާ ހައްޖު ގްރޫޕް (69،965ރ.) އަލްހަރަމައިން ހައްޖު ގްރޫޕް (69،965ރ.) ޒައި ހައްޖު ގްރޫޕް (70،000ރ.) ތަޒްކިޔާ ހައްޖު ގްރޫޕް (72،250ރ.) އަދި ތަޒްކިޔާ ހައްޖު ގްރޫޕް (72،250ރ.) އަށެވެ.

މީގެ ކުރިން ހައްޖަށް މީހުން ގެންދިއުމަށް ހުށަހަޅާ ޕްރޮޕޯޒަލްތައް އިވެލުއޭޓު ކުރަނީ އެ ވަގުތަކު ހުންނެވި އިސްލާމިކް މިނިސްޓަރު ކަނޑައަޅުއްވާ ކޮމިޓީއަކުންނެވެ.

ނަމަވެސް އެކަން މި ފަހަރު ބަދަލުކޮށް، ފަސް މެމްބަރުން ހިމެނޭ ހައްޖު އިވެލުއޭޝަން ކޮމެޓީގެ މެޖޯރިޓީ އޮންނަނީ އެހެން އިދާރާތަކުގަ އެވެ. އޭގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަދި އެޓާނީ ޖެނެރަލް (އޭޖީ) އޮފީސް އަދި އިސްލާމިކް މިނިސްޓްރީގެ ދެ ބޭފުޅުން ހިމެނެ އެވެ.