13 މެއި 2019
ކޮލަމްބޯ (މެއި 13) - ލަންކާގެ ބައެއް ހިސާބުތަކުގައި މުސްލިމުންނާ ދެކޮޅު ހަރަކާތްތަކެއް ފެށުމާ ގުޅިގެން އެ ގައުމުގައި ފޭސްބުކާއި އަޓްސްއަޕް އަދި ސޯޝަލް މީޑިއާގެ އެހެން ވަސީލަތްތައް މިއަދު ބްލޮކް ކޮށްފި އެވެ.
ކޮލަމްބޯ (މެއި 13) - ލަންކާގެ ބައެއް ހިސާބުތަކުގައި މުސްލިމުންނާ ދެކޮޅު ހަރަކާތްތަކެއް ފެށުމާ ގުޅިގެން އެ ގައުމުގައި ފޭސްބުކާއި އަޓްސްއަޕް އަދި ސޯޝަލް މީޑިއާގެ އެހެން ވަސީލަތްތައް މިއަދު ބްލޮކް ކޮށްފި އެވެ.
އެޕްރީލް 21 ގައި ލަންކާގައި ދިން ހަމަލާތަކަށް ފަހު އުފެދިފައިވާ ދީނީ ދެކޮޅުވެރިކަމުގައި މުސްލިމުންގެ ފިހަރާތަކަށް ކްރިސްޓިއަން ގްރޫޕްތަކުން ދަނީ ހަމަލާ ދެމުންނެވެ. ފުލުހުން ބުނީ ހުޅަނގު އުތުރުގެ ޓައުނެއް ކަމަށްވާ ޗިލޯގައި ފިހާރައަކަށް ހަމަލާ ދިނީ އެ ފިހާރައިގެ ސޭޓު ފޭސްބުކުގައި ކުރި ޕޯސްޓަކާ ގުޅިގެން ކަމަށެވެ. ފިހާރަ އަށް ހަމަލާ ދިން ގްރޫޕް ހުއްޓުވަން ސަލާމަތީ ފަރާތްތަކުން ވަނީ ވައިގެ ތެރެއަށް ބަޑި ޖަހައިފަ އެވެ. ނަމަވެސް ހަމަޖެހުންތައް ވަނީ ކައިރީގައިވާ އެހެން ޓައުންތަކަށް ވެސް ފެތުރި މުސްލިމުންގެ ފިހާރަތަކަށް ހަމަލާދޭން ފަށައިފަ އެވެ.
ސައިކަލެއްގައި ދިޔަ ގްރޫޕަކުން ވަނީ ކުލިޔަޕިޓިޔާގެ ފިހާރަތަކަށް ހަމަލާ ދީފަ އެވެ. ފުލުހުން ވަނީ ހަތަރު މީހުން ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެތައް ބަޔަކު ފުލުސް ސްޓޭޝަނަށް ގޮސް އަޑުގަދަކުރުމުން އެ މީހުން ވަނީ ދޫކޮށްލައިފަ އެވެ.
ލަންކާގެ ގިނަ ހިސާބުތަކުގައި ރޭގަނޑު ގަޑީގައި ކާފިއު ހިންގާފައިވީ ނަމަވެސް މިސްކިތްތަކަށް ހަމަލާ ދެމުންދާ ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ. ޗިލޯގެ މިސްކިތަކަށް އިއްޔެ ވަނީ ގާ އުކައިފަ އެވެ.
ކޮލަމްބޯގެ އުތުރުން އޮންނަ ނިގަމްބޯގައި ވެސް މުސްލިމުންނާއި ކްރިސްޓިއަނުންނާ ދެމެދު ދަނީ ހަމަޖެހުންތައް ހިންގަމުންނެވެ.
އޯލް ސިލޯން ޖަމިއްޔަތުލް އުލަމާ (އޭސީޖޭޔޫ) އިން ވަނީ މުސްލިމުން ކެތްތެރިވެ ތިބުމަށް އިލްތިމާސްކޮށްފަ އެވެ.
ލަންކާގެ 21 މިލިއަން މީހުންގެ އާބާދީގައި މުސްލިމުންގެ ނިސްބަތަކީ 10 ޕަސެންޓެވެ. ކްރިސްޓިއަނުންގެ ނިސްބަތަކީ 7.6 ޕަސެންޓެވެ.
"އަނގަ ބަންދުކުރާ" ބިލް ލަންކާގައި ފާސްކޮށްފި
ލަންކާ ސަރުކާރުން ސޯޝަލް މީޑިއާ ރެގިއުލޭޓްކުރަން ބިލެއް
ލަންކާގައި ސޯޝަލް މީޑިއާ ބްލޮކްކުރަން ނަމާލް ދެކޮޅު
ލަންކާގައި ސޯޝަލް މީޑިއާ ބްލޮކްކޮށްފި
އީސްޓާ ސަންޑޭ: ލަންކާގައި ފިޔަވަޅުތައް ވަރުގަދަކޮށްފި
އީސްޓަ ބޮމުގެ ހަމަލާގައި ސިރިސޭނާ އަށް ދައުވާކުރަނީ
އީސްޓާ ހަމަލާގައި 3 މީހަކަށް އެމެރިކާއިން ދައުވާކޮށްފި
ލަންކާގައި ދޭން އުޅުނު ހަމަލާއެއް ފެއިލްކޮށްލައިފި
ލަންކާގެ ހަމަލާއާ ގުޅުން ހުރި ހަތަރު ދިވެއްސަކު ހޯދަނީ
ބޮމުގެ ހަމަލާގެ ރިޕޯޓުގައި ސިރިސޭނާ އަށް ތުހުމަތުތަކެއް