13 މެއި 2019
ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން މިހާރު މަތިވެފައި ވާތީ ރާއްޖޭގެ ފަރުތަކުގެ ގާތައް ހުދުވުމުގެ މައްސަލަ މިހާރު ބޮޑުވަމުން އަންނަނީ ކަންބޮޑުވާން ޖެހޭ މިންވަރަކަށް ކަމަށް މެރިން ރިސާޗް ސެންޓަރުން ބުނެފި އެވެ.
ކަނޑުގެ ލޮނުގަނޑުގެ ފިނިހޫނުމިން މިހާރު މަތިވެފައި ވާތީ ރާއްޖޭގެ ފަރުތަކުގެ ގާތައް ހުދުވުމުގެ މައްސަލަ މިހާރު ބޮޑުވަމުން އަންނަނީ ކަންބޮޑުވާން ޖެހޭ މިންވަރަކަށް ކަމަށް މެރިން ރިސާޗް ސެންޓަރުން ބުނެފި އެވެ.
މެރިން ރިސާޗް ސެންޓަރުން މިއަދު ނެރުނު ބަޔާނެއްގައި އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (ނޮއާ)އާ ހަވާލާދީ ބުނީ ނޮއާއިން ހިންގާ ނޭޝަނަލް އެންވަޔަރަންމެންޓަލް ސެޓަލައިޓް ޑޭޓާ އެންޑް އިންފޮމޭޝަން ސާވިސް ޕްރޮގްރާމުން ބަލާ މިންގަނޑުން ގާ ހުދުވުމުގައި ރާއްޖެ މިހާރު އޮތީ ވޮޗް ލެވެލްގައި ކަމަށެވެ.
އެއީ ގާ ހުދުވުމުގެ ދެވަނަ ގިންތި އެވެ. ނަމަވެސް ކުރިއަށް އޮތް ހަފްތާތަކުގައި ރާއްޖެ "ވޯނިން ލެވެލް" އަށް އަރާނެ ކަމަށް ލަފާ ކުރާ އިރު ރާއްޖޭގެ ދެކުނުގެ ބައެއް ސަރަހައްދު ތައް އެލާޓް ލެވެލް 1 އަށް އަރާނެ ކަމަށް ވެސް ލަފާ ކުރެވެ އެވެ.
ނޮއާއިން ފަރުތައް ގިންތި ކުރަނީ ސެޓެލައިޓް މެދުވެރިކޮށް ހޯދާ މައުލޫމާތުތަކަށް ބިނާކޮށްގެންނެވެ.
މެރިން ރިސާޗް ސެންޓަރުން ފާހަގަކޮށްފައިވާ ގޮތުގައި ގާ ހުދުވުމުގެ ސަބަބުން ރާއްޖޭގެ ފަރުތަކަށް ކުރީ ފަހަރުތަކުގައި ލިބުނު ގެއްލުންތަކުން އަރައިގަނެވުނީ ނިސްބަތުން އަވަހަށެވެ. އެހެން ނަމަވެސް މިފަހަރު ގާ ހުދުވުމަށް ފަހު އަލުން އިއާދަވުން ލަސްވެދާނެ ނުވަތަ އެކަމަށް ހުރަސް އެޅިދާނެ ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.
"...އިންސާނީ ހަރަކާތްތަކުން ފަރުތަކަށް ކުރާ އަސަރުގެ ސަބަބުން ފަރުތައް އަލުން އިއާދަވާ މިންވަރު ލަސްވުން، އަދި އިއާދަވުމަށް ހުރަސް އެޅުން އެކަށީގެންވެއެވެ. މިގޮތުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރެވެމުންދާ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކާއި، ބީޗް ނަރިޝްމަންޓް މަސައްކަތްތަކަކީ، މި މަސައްކަތްތަކުގެ ސަބަބުން ފަރުތަކުގެ މާހައުލަށް ވަގުތީގޮތުން ނަމަވެސް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަންކަމެވެ،" މެރިން ރިސާޗް ސެންޓަރުގެ ބަޔާނުގައި ވެއެވެ.
ބަޔާނުގައި މެރިން ރިސާޗް ސެންޓަރުން ގޮވާލާފައި ވަނީ ގާ ހުދުވުމުގެ ހާދިސާތައް ހިނގާނެ ކަމަށް ލަފާކޮށްފައި ވާތީ ފަރުތަކަށް ބާރު ބޮޑުވާނެ މަޝްރޫއުތައް މަޑު ޖައްސައިލުމަށެވެ. ފަރުތަކަށް ބާރުބޮޑުވާ މަޝްރޫއުތަކުގެ ގޮތުގައި އެ ސެންޓަރުން ފާހަގަކޮށްފައި ވަނީ ބިން ހިއްކުމާއި ފަޅު ފުންކުރުމާއި ގޮނޑުދޮށްތަކަށް ވެލި އެޅުން ފަދަ މަޝްރޫއުތަކެވެ.
"...ވީމާ، ކަނޑުތަކުގެ ހޫނުމިން މަތިވެ، ފަރުތަކުން ގާހުދުވުމުގެ ހާދިސާތައް ފޯކާސްޓްކޮށްފައިވާ މި ދުވަސްވަރުގައި، ފަރުތަކަށް ސްޓްރެސް ބޮޑުވާފަދަ އެންމެހައި މަސައްކަތްތައް (ފަޅުފުންކުރުމާއި، ބިންހިއްކުމާއި، ބީޗް ނަރިޝިންގފަދަ ކަންކަން) ވަގުތީގޮތުން މަޑުޖައްސާލުމަށް އިލްތިމާސް ކުރަމެވެ،"
ގާ ހުދުވުން އެންމެ ނުރައްކާތެރި ދަރަޖަ އަށް އަރަނީ
މިއަހަރު ވެސް ގާ ހުދުވުމުގެ މައްސަލަ ދިމާވާން ފަށައިފި
ގާ ހުދުވާތީ ބިން ހިއްކުން މަޑުޖައްސާލަން އެދިއްޖެ
މިއީ ގާ ހުދުވުމުގެ މައްސަލަ އެންމެ ބޮޑު އެއް އަހަރު
ފުޅަދޫގެ ރީތި މުރަކަ ބަގީޗާ ހުދުވަނީ
އަނެއްކާވެސް ގާ ހުދުވުމުގެ ހާދިސާއެއްގެ ބިރު ބޮޑުވެއްޖެ
މުރަކަ އާލާ ކުރުމުގެ އާ އުކުޅަކާއެކު އުންމީދު!
ރާއްޖޭގެ މުރަކަ މޫސުމީ ބަދަލަށް ހޭނެނީތަ؟
އަނެއްކާވެސް ގާ ހުދުވުމުގެ ހާދިސާއެއްގެ ބިރު
ފިޔަވަޅުތައް އުވާލައި ބިން ހިއްކަން އަލުން ހުއްދަ ދީފި