Roadha Mihaaru
ފަޅޮލުގެ ފައިދާތައް ވަރަށް ގިނަ

ފަޅޮލުގެ ފައިދާތައް ވަރަށް ގިނަ

14 މެއި 2019

ރާއްޖޭގައި ވެސް އާންމުކޮށް ހެދޭ ފަޅޮލަކީ ސިއްހީ ފައިދާތައް ގިނަ މީރު މޭވާއެކެވެ. އަދި މިއީ ދިވެހިންގެ ތެރޭގައި ވެސް ތަފާތު އެކި ގޮތްގޮތަށް ބޭނުން ކުރެވޭ އެއްޗެކެވެ. ފަޅޮލަކީ އެ އޮތް ގޮތަށް ކާލެވޭ އެއްޗެކެވެ. އެކަމަކު ފަޅޮލުން ސަޓަނި ހެދުމާއި ފެނުކައްކައިގެން ކެއުމާއި ޖޫސް ގިރައިގެން ވެސް ބޯންވީ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރާއްޖޭގައި ވެސް އާންމުކޮށް ހެދޭ ފަޅޮލަކީ ސިއްހީ ފައިދާތައް ގިނަ މީރު މޭވާއެކެވެ. އަދި މިއީ ދިވެހިންގެ ތެރޭގައި ވެސް ތަފާތު އެކި ގޮތްގޮތަށް ބޭނުން ކުރެވޭ އެއްޗެކެވެ. ފަޅޮލަކީ އެ އޮތް ގޮތަށް ކާލެވޭ އެއްޗެކެވެ. އެކަމަކު ފަޅޮލުން ސަޓަނި ހެދުމާއި ފެނުކައްކައިގެން ކެއުމާއި ޖޫސް ގިރައިގެން ވެސް ބޯންވީ އެވެ.

ބައެއް ދިރާސާތަކުގައި ބުނާ ގޮތުގައި ކޮންމެ ދުވަހެއްގެ ސުފުރާގައި ފަޅޮޅުގެ ކޮންމެވެސް މިންވަރެއް، ކޮންމެވެސް ސިފައެއްގައި ބޭނުންކުރުމަކީ ބަރުދަން ލުއިކުރަން ބޭނުންވާ މީހުންގެ މޫނު މައްޗަށް ވެސް ހިނިތުންވުން ގެނުވާނެ ކަމެކެވެ. ފަޅޮލަކީ ކެލޮރީ މަދު މޭވާއެކެވެ. ގާތްގަނޑަކަށް ޖޯޑެއްގެ ފަޅޮލުގައި ހުންނަނީ 60 ކެލޮރީޒާއި 16 ގްރާމް ކާބްސް އާއި ތިން ގްރާމްގެ ފައިބާ އެވެ.

ފައިބާ އަކީ ބަރުދަން ލުއިކޮށްދޭން ވަރަށް ބޮޑަށް އެހީވާ މާއްދާއެކެވެ. ވަކިން ހާއްސަކޮށް ޑައިޓްރީ ފައިބާ އަށް ބަލާއިރު، މިއީ އެ މާއްދާގެ ސަބަބުން ބަނޑުހައިވުން ވެސް ކުޑަކޮށްދޭ މާއްދާއެކެވެ.

މީގެ އިތުރުން ފަޅޮޅަކީ ވިޓަމިން ސީ އާއި އޭ އިން ވެސް ވަރަށް ބޮޑަށް މުއްސަނދިވެފައިވާ މޭވާއެކެވެ. އަދި ފަޅޮލަކީ ފެން ވެސް ވަރަށް ބޮޑަށް އެކުލެވޭ، ފަޅޯ ބޭނުން ކުރުމުން ކަރު ހިއްކުން ވެސް ފިލުވައިދޭ އެއްޗެކެވެ. ގާތްގަނޑަކަށް 100 ގްރާމްގެ ފަލޮޅުގައި 88 ގްރާމްގެ ފެން ހުރެ އެވެ. މީގެ ނަތީޖާއަކީ ފަޅޯ ބޭނުން ކުރުމުން މީހާ ޑިހައިޑްރޭޝަނުން ވެސް ސަލާމަތްކޮށް ދިނުމެވެ.

ފަޅޮލުގެ ފައިދާތައް

ކޮލެސްޓްރޯލް ދަށްކުރުމާއި ދިފާއީ ނިޒާމު ވަރުގަދަކުރުމާއި ހަކުރު ބައްޔާ ދެކޮޅަށް އަދި އާތުރައިޓްސް އިން ރައްކާތެރިވުމަށް ވެސް ފަޅޮލަކީ އެހީއެކެވެ. މީގެ އިތުރުން، ލޮލުގެ ފެނުން ރަނގަޅުކޮށް ދިނުން، ހަޖަމު ކުރުމުގެ ނިޒާމު ރަނގަޅުކޮށް ދިނުން، ސްޓްރެސް ކުޑަކޮށް ދިނުން، އުމުރުން ދުވަސްވުމުގެ އަލާމާތްތައް ކުޑަކޮށް ދިނުން، އަންހެނުންގެ މައްސަރު މައްސަލަތައް ހައްލުކުރުމަށް އެހީވުން، ހިތުގެ މައްސަލަތަކާ ދެކޮޅަށް އަދި ގައިގެ ހަން ރީތިކުރުމަށް ވެސް ފަޅޮލަކީ ރަނގަޅު މޭވާއެެކެވެ.

ފަޅޮލަކީ ފަސޭހައިން ލިބެން ހުންނަ މީރު މޭވާ އަކަށް ވާއިރު، މިއީ އާންމުކޮށް ބޭނުންކުރަން މުހިންމު މޭވާއެކެވެ.