Roadha Mihaaru
އެކްސިޑެންޓެއް ހިނގައި އެކަކުގެ ހާލު ސީރިއަސް

ކުޑަކުއްޖަކު ގޮވައިގެން ދިޔަ މީހަކު އެކްސިޑެންޓުވެ، ސީރިއަސް އަނިޔާތަކެއް

12 މެއި 2019

އުމުރުން އަށް އަހަރުގެ ކުއްޖެއް އަރުވައިގެން ދިޔަ ސައިކަލެއް މިއަދު ހަވީރު އެކްސިޑެންޓްވެ، އެ ސައިކަލް ދުއްވަން އިން މީހާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އުމުރުން އަށް އަހަރުގެ ކުއްޖެއް އަރުވައިގެން ދިޔަ ސައިކަލެއް މިއަދު ހަވީރު އެކްސިޑެންޓްވެ، އެ ސައިކަލް ދުއްވަން އިން މީހާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުސް އޮފީހުން ބުނީ ދަރުބާރުގެ ކައިރިން މިއަދު ހަވީރު 4:30 ހާއިރު ހިނގި އެކްސިޑެންޓުގައި ކުޑަކުއްޖާ އަށް ބޮޑު އަނިޔާއެއް ނުވާ ކަމަށެވެ. އެކަމަކު، އެ ކުއްޖާ އަރުވައިގެން ސައިކަލު ދުއްވި އުމުރުން 22 އަހަރުގެ ފިރިހެން މީހާގެ ބޮލަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައި ކަމަށް ފުލުހުން ބުނެ އެވެ. އަނިޔާތަކުގެ ތަފުސީލެއް އަދި ނުލިބެ އެވެ.

އެ ޒުވާނާ އަށް އައިޖީއެމްއެޗުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓުގައި، އަނެއް ސައިކަލުގައި އިން މީހާއަށް ވެސް މާބޮޑު އަނިޔާއެއް ނުލިބެ އެވެ.

މި ރޯދަ މަހުގެ މިހާތަނަށް ވެސް ނުރައްކާތެރި އެކްސިޑެންޓްތަކެއް ވަނީ ހިނގައިފަ އެވެ. އެގޮތުން މިދިޔަ ހޯމަ ދުވަހު ހުޅުމާލޭގައި ހިނގި ބަސް އެކްސިޑެންޓުގައި ޓޫރިސްޓަކު މަރުވެފައިވާއިރު، އިތުރު ބަހަކާއި ކާރެއް ޖެހިގެން މިދިޔަ އަންގާރަ ދުވަހު ވެސް އެކްސިޑެންޓްވެފައި ވެ އެވެ. އެ ދެ އެކްސިޑެންޓު ވެސް ހިނގީ އެމްޓީސީސީގެ ބަސް ޑްރައިވަރު ނިދިޖެހިފައި އިނުމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.