Roadha Mihaaru
އެކްސިޑެންޓްގައި ފިލި މީހާ އަދިވެސް ނުފެނޭ

އެކްސިޑެންޓްގައި ފިލި މީހާ އަދިވެސް ނުފެނޭ

30 މެއި 2021

މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވި މީހާގެ ސައިކަލު ދުއްވަން އިން މީހާ ދެނެގަނެވިފައި ވިޔަސް އޭނާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މަރުވި މީހާގެ ސައިކަލު ދުއްވަން އިން މީހާ ދެނެގަނެވިފައި ވިޔަސް އޭނާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ގަލޮޅު ހުވަފެނީ ގޯޅިން ދުއްވާފައި ދިޔަ ސައިކަލެއް އެ މަގުގައި އޮތް ގާޑިޔަލެއްގައި ޖެހި އެކްސިޑެންޓުވެ، އެ ސައިކަލުގެ ފަހަތުގައި އިން ޒުވާނާ ވަނީ މަރުވެފަ އެވެ. އެ ހާދިސާ ހިނގުމާ އެކު ސައިކަލު ދުއްވި މީހާ އެ ތަނުގައި މަޑުނުކޮށް ވަނީ ފިލައިފަ އެވެ.

އެ ގާޑިޔަލުގެ މުއްގަނޑުގައި ޖެހި ކަރަށް ލިބުނު ޒަހަމްތަކާ އެކު މަރުވީ އުމުރުން 21 އަހަރުގެ އިސްމާއިލް ޔަޒްދާން އެވެ. އޭނާ މަރުވީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށެވެ.

މީގެ ކުރިން ވެސް މިފަދަ މަގުމަތީ އެކްސިޑެންޓްތައް ހިނގައި މީހުންނަށް އަނިޔާ ލިބުމުން، އެކަމުގައި ޝާމިލުވާ މީހުން ފިލި މައްސަލަތަކެއް ވަނީ ފެންމަތިވެފައިވެ އެވެ.