Roadha Mihaaru
މާލޭގައި ބޮޑު އެކްސިޑެންޓެއް، އެކަކުގެ ހާލު ސީރިއަަސް

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް، އެކަކުގެ ހާލު ސީރިއަސް

14 އޮކްޓޯބަރ 2020

މާލޭގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ އެކަކުގެ ހާލު ސީރިއަސް ވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މާލޭގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ އެކަކުގެ ހާލު ސީރިއަސް ވެއްޖެ އެވެ.

ފުލުހުން ބުނީ ބޮޑު ތަކުރުފާނު މަގު، އާޓިފިޝަލް ބީޗް ސަރަހައްްދުން ދުއްވާފައި ދިޔަ ސައިކަލެއްގައި، ފަހަތުން އައި ވޭނަކުން ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވީ ސައިކަލްގެ ފަހަތުގައި އިން އަންނެކަށް ކަމަށެވެ. އަންްހެންމީހާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ސައިކަލްގައި ތިބި ދެ މީހުންނަށް ވެސް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ. އެ އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ އިރުއޮއްސި 6:08 ގަ އެވެ.

އެކްޑިސެންޓުގެ މައްސަލަ ބަލަމުން އަންނަ ކަމަށާއި އެކްސިޑެންޓްވި ދެ އުޅަނދު ވެސް ދުއްވަން ތިބީ ލައިސަންސް އޮތް މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްވި ވޭން ވަނީ، ސައިކަލުގައި އިން އަންހެން މީހާ ވެއްޓިފައި އޮއްވާ އޭނާގެ ގައިމަތިން ގޮސްފަ އެވެ.