Roadha Mihaaru
ބަސް ޑްރައިވަރުން އެއްގަމުގެ ގާނޫނުތަކަށް ހޭލުންތެރިކުރުވަނީ

އެމްޓީސީސީގެ ބަސް ޑްރައިވަރުން އެއްގަމުގެ ގާނޫނުތަކަށް ހޭލުންތެރިކުރުވަނީ

12 މެއި 2019

އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވައިދުތަކަށް އެމްޓީސީސީގެ ބަސް ޑްރައިވަރުން އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވައިދުތަކަށް އެމްޓީސީސީގެ ބަސް ޑްރައިވަރުން އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.

ފުލުހުންނާ ގުޅިގެން ތިން ދުވަހަށް ކުރިއަށް ގެންދާ ޕްރޮގްރާމުގައި 60 ޑްރައިވަރުުން ބައިވެރިވެފައި ވެ އެވެ. މަގުމަތީގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ޑްރައިވަރުންނަށް މައުލޫމާތު ދޭނެ ކަމަށް ފުލުހުން ބުންޏެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ބަސް ޑްރައިވަރުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފެށިއިރު، ނިދިޖެހިފައި އިނދެ ދުއްވި އެމްޓީސީސީގެ ބަހެއް ދަށުވެ، މިދިޔަ ހަފުތާގެ ހޯމަ ދުވަހު ޔޫކްރެއިންގެ އަންހެން ޓޫރިސްޓަކު ހުޅުމާލޭގައި ވަނީ މަރުވެފަ އެވެ. އެ މައްސަލައާ ގުޅިގެން ޑްރައިވަރު ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކޮށްފައި ވެ އެވެ.

އޭގެ ފަހުން ވެސް މިިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު، ނިދިޖެހިފައި އިނދެ ދުއްވި ބަހަކުން ޖެހި ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާފައި ވެ އެވެ. އެ ހާދިސާގައި ކާރެއްގެ ފަހަތަށް ވަރަށް ބޮޑަށް ގެއްލުނު ލިބުނުއިރު ބަހުގެ ކުރީކޮޅަށް ވެސް ގެއްލުންލިބިފައި ވެ އެވެ.