Roadha Mihaaru
ބަހަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ބަސް ދުއްވަން ދަސްކުރި މީހެއްގެ އަތުން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

19 ސެޕްޓެމްބަރ 2022

އެމްޓީސީސީގެ ބަސްތައް ދުއްވާނެ މީހުން ހޯދުމަށް އެ ކުންފުނިން ފަށާފައިވާ ޕްރޮގްރާމެއް ފުރިހަމަ ކުރަން މިއަދު ބަސް ދުއްވި ޑްރައިވަރެއްގެ އަތުން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެމްޓީސީސީގެ ބަސްތައް ދުއްވާނެ މީހުން ހޯދުމަށް އެ ކުންފުނިން ފަށާފައިވާ ޕްރޮގްރާމެއް ފުރިހަމަ ކުރަން މިއަދު ބަސް ދުއްވި ޑްރައިވަރެއްގެ އަތުން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

އެ އެކްސިޑެންޓުގައި ބަސް ޖެހުނީ ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައި ހަދާފައިވާ ޕޮލިސް ޕޯސްޓުގެ ފުރާޅުގަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ބަހުގެ އެއް ފަޅީގެ ބިއްލޫރިގަނޑު ޕޮލިސް ޕޯސްޓުގައި ޖެހުމުން ވަނީ ތަޅައިގެން ގޮސްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލުގައި ހަދާފައިވާ ޕޯސްޓުގެ ޖެހި، އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓެއް ހެނދުނު 10 ޖަހާކަންހާއިރު ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ބަސް އެކްސިޑެންޓު ހިނގީ ބަހުގެ ހިދުމަތް ދިނުމަށް ފަށާފައިވާ "ހުނަވަރު" ޕްރޮގްރާމްގެ ތަމްރީނުތަކުގެ ތެރެއިން ކަމަށެވެ.

އެ ވަގުތު ބަހުގައި ތިބީ ހަމައެކަނި ދުއްވަން ދަސްކުރާ މީހުންނާއި އިންސްޓްރަކްޓަރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.