04 އެޕްރީލް 2023
މާލޭގައި ޕާކް ކޮށްފައި ހުރި ސައިކަލްތަކެއްގައި، އެމްޓީސީސީގެ މިނި ބަހަކުން މިއަދު ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލްތަކަށް ގެއްލުންވެއްޖެ އެވެ.
މާލޭގައި ޕާކް ކޮށްފައި ހުރި ސައިކަލްތަކެއްގައި، އެމްޓީސީސީގެ މިނި ބަހަކުން މިއަދު ޖެހި ހިނގި އެކްސިޑެންޓްގައި ސައިކަލްތަކަށް ގެއްލުންވެއްޖެ އެވެ.
އަމީރު އަހުމަދު މަގުން ޖުމްހޫރީ މައިދާން ކައިރީގެ ޕާކިން ޒޯނުގައި ހުރި ސައިކަލްތަކުގައި ބަހުން ޖެހުނު ނަމަވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. އެކަމަކު، ހަތް ސައިކަލެއް ވެއްޓި އެކި ވަރުގެ ގެއްލުންވި އެވެ.
އެ ސަރަހައްދުގައި އެ ވަގުތު ހުރި މީހަކު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، އެކްސިޑެންޓް ހިނގީ ބަސް ސްޓޮޕަށް ބަސް ކައިރިކުރަން އުޅެނިކޮށް ޑްރައިވަރަށް ނިދި ޖެހިގެން ކަމަށެވެ.
ޕާކިން ޒޯނުގައި ހުރި ސައިކަލުތަކަކަށް ބަހެއް އަރައި އެކްސިޑެންޓްވެފައި.--- ފޮޓޯ: އަލީ މަސީހު \ ފޭސްބުކް
އޭނާ ބުނިގޮތުގައި، އެ ޕާކިން ޒޯނުގައި ހުރި ހަތް ސައިކަލަކަށް ވަނީ ގެއްލުން ވެފަ އެވެ.
އެކްސިޑެންޓްވި ސަރަހައްދުގައި މީހުންތަކެއް ހަރަކާތްތެރިވަނީ.--- ފޮޓޯ: އަލީ މަސީހު \ ފޭސްބުކް
މި ރޯދަމަހުގެ މިހާތަނަށް ބަލާއިރު، މާލެ އާއި ހުޅުމާލޭގައި އެކްސިޑެންޓްތައް ދަނީ އިތުރުވަމުންނެވެ. ހުޅުމާލޭގައި އިއްޔެ ހިނގި އެކްސިޑެންޓެއްގައި މީހަކު ވެސް ވަނީ މަރުވެފަ އެވެ. އެ އެކްސިޑެންޓްގެ ކުރިން ވެސް ހުޅުމާލޭގައި އިއްޔެ ނުރައްކާތެރި އެކްސިންޑެންޓެއް ހިނގި އެވެ.
މާލެ އާއި ހުޅުމާލޭގައި އެކްސިޑެންޓްތައް އިތުރުވަމުންދާ އިރު، ސިނަމާލެ ބްރިޖް ސަރަހައްދުގައި ރޭ ވެސް ވަނީ އެކްސިޑެންޓެއް ހިނގައިފަ އެވެ.
ސައިކަލެއް ބަހަކާއި ކާރެއްގައިޖެހި މީހަކަށް އަނިޔާވެެއްޖެ
ބަހަކާއި ސައިކަލެއް ޖެހި މީހަކަށް އަނިޔާވެއްޖެ
ބަހަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
އެކްސިޑެންޓުގައި އަނިޔާވި އަންހެނަކު މަރުވެއްޖެ
ބަސް ޑްރައިވަރާ މެދު އަޅާނެ ފިޔަވަޅެއް ބަލަނީ
ނިދާފައި އިނދެ ދުއްވި މީހާގެ ލައިސަންސް ހިފަހައްޓައިފި
ބަސް ޑްރައިވަރުގެ ބަންދަށް ހަތް ދުވަސް
އެކްސިޑެންޓްވިކަން ބަހުގެ ފަސިންޖަރުންނަކަށް ވެސް ނޭނގޭ
ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކު މަރު
އޮޅުންބޮޅުން: ބަސް ޑްރައިވަރުންނަށް ކޮފީ ދެމާ!