Roadha Mihaaru
ޖަރުމަނުގައި ދަރިންނަށް ވެކްސިން ނުދޭ ނަމަ ޖޫރިމަނާއެއް

ދަރިންނަށް ވެކްސިން ނުދޭ މައިން ޖޫރިމަނާކުރަން ޖަރުމަނުން ނިންމައިފި

07 މެއި 2019

ދަރިންނަށް ދޭންޖެހޭ ވެކްސިން ނުދޭ މައިން ޖޫރިމަނާ ކުރަން ޖަރުމަނުން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދަރިންނަށް ދޭންޖެހޭ ވެކްސިން ނުދޭ މައިން ޖޫރިމަނާ ކުރަން ޖަރުމަނުން ނިންމައިފި އެވެ.

ވެކްސިން ނުދޭ މައްސަލަ ދުނިޔޭގެ ބައެއް ގައުމުތަކުގައި ވަނީ ވަރަށް ބޮޑުވެފަ އެވެ. ޖަރުމަނުން މިކަމުގައި ފިޔަވަޅު އަޅަން ނިންމީ މީސަލްސް (ހިމަބިހި) ފަދަ ބަލިތަކުން ދަރިން ރައްކާތެރިކޮށް، އެފަދަ ބަލިތަކުން ސަލާމަތްކުރުމަށެވެ. އެގޮތުން، ވެކްސިން ނުދޭ މައިން 2،500 ޔޫރޯ (2،796.86 ޑޮލަރު) އިން ޖޫރިމަނާ ކުރާނެ އެވެ.

މިކަމާ ބެހޭ ގޮތުން އެ ގައުމުގެ ހެލްތު މިނިސްޓަރު ޖެންސް ސްޕާން ވިދާޅުވީ ސްކޫލްތަކަށްދާ ހުރިހާ ދަރިވަރުންނާއި ޑޭކެއާ ސެންޓަރުތަކުގައި ތިބޭ ހުރިހާ ކުދިންނަށް ވެސް ގަވައިދުން ވެކްސިން ދޭން ޖެހޭނެ ކަމަށެވެ. އަދި އެގޮތަށް އަމަލު ކުރޭތޯ މޮނިޓާކޮށް، އަމަލު ނުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.

"މިއީ މީސަލް ވެސް ނައްތައިލަން ކުރާ މަސައްކަތެއް،" މިނިސްޓަރު ވިދާޅުވި އެވެ. "އެހެންވީމާ މިކަމަށް ހުރިހާ ފަރާތްތަކުން ވެސް އެއްބާރުލުން ދިނުމަށް ގޮވާލަން. ވެކްސިން ދޭތޯ އަހަރެމެން ކަށަވަރު ކުރާނަން."

ޖަރުމަނުގެ ހެލްތު މިނިސްޓަރު ޖެންސް.

ޖަރުމަނުގެ ހެލްތު މިނިސްޓަރު ޖެންސް.

ވެކްސިން ދިނުން މަޖުބޫރުކުރާ ބިލެއް ވެސް މިހާރު ޑްރާފްޓްކޮށް، އެއަށް ގާނޫނީ ހައިސިއްޔަތު ދޭން ޖަރުމަނުގައި މަސައްކަތްތަކެއް ކުރަމުން އަންނަ އިރު ކޯލިޝަނަކުން ހިންގާ، ޗާންސެލާ އެންޖެލާ މާކަލްގެ ސަރުކާރުން ވެސް އެކަމަށް އޮތް ތާއީދު ބޮޑު ކަމަށް މިނިސްޓަރު ޖެންސް ވިދާޅުވި އެވެ.