28 އެޕްރީލް 2019
ޗައިނާ މީހަކު އާ އަހަރާ ދިމާކޮށް މިދިޔަ އަހަރު ގެ މަރާމާތުކޮށް އުފާ ފާޅުކުރަން ހަވާ އެރުމުން އަވަށްޓެރިއަކު ގެންގުޅުނު އެތައް ހާސް މުސަޅެއް "ބިރުން" މަރުވި މައްސަލާގައި ބަދަލު ދޭން ޖެހިއްޖެ އެވެ.
ޗައިނާ މީހަކު އާ އަހަރާ ދިމާކޮށް މިދިޔަ އަހަރު ގެ މަރާމާތުކޮށް އުފާ ފާޅުކުރަން ހަވާ އެރުމުން އަވަށްޓެރިއަކު ގެންގުޅުނު އެތައް ހާސް މުސަޅެއް "ބިރުން" މަރުވި މައްސަލާގައި ބަދަލު ދޭން ޖެހިއްޖެ އެވެ.
މި ހާދިސާގައި ހިނގާފައި ވަނީ ޗައިނާގެ ޖިއާންގްސޫ ޕްރޮވިންސްގަ އެވެ.
މުސަޅު ގެންގުޅުނު މީހާ ޒާންގްއާ ހަވާލާދީ އެ ގައުމުގެ މީޑިިއާތަކުން ބުނީ އޭނާގެ އަވަށްޓެރިއެއް ކަމަށްވާ ކައި ނާން އުފާފާޅުކުރަން ހަވާ އެރުވި ހާދިސާގައި، އޭނާގެ މުސަޅު ފާމްގައި ތިބި މުސަޅުތަކުގެ ތެރެއިން 10،000 ޅަ މުސަޅާއި 1،573 ބޮޑު މުސަޅު ބަޑިބޭހުގެ ގަދައަޑަށް ބިރުން މަރުވެފައިވާ ކަމަށެވެ. އަދި ބަލިވެ ތިބި 15،000 އަންހެން މުސަޅު ބިރުން ގޮސް ބައިގެން ގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
މި މައްސަލާގައި ބަދަލު ދޭން ކައި ނާންގެ ކިބައިން ޒާންގް އެދުމުން އޭނާ އިންކާރުމުން ދައުވާކުރީ އެވެ. ޒުޒޯ މެޖިސްޓްރޭޓް ކޯޓުން މައްސަލަ ބެލުމަށް ފަހު ކައި ނާންގެ މައްޗަށް ހުކުމްކުރީ ބަދަލުގެ ގޮތުގައި 440،000 ޔުއާން (65،500 ޑޮލަރު) ދޭށެވެ.
ނަމަވެސް ހުކުމާ އެއްގޮތަށް ބަދަލު ނުދީ މައްސަލަ ޒުޒޯ އިންޓަމީޑިއެޓް ޕީޕަލްސް ކޯޓްގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވެސް ވަނީ ދަށު ކޯޓުން ކުރި ހުކުމަށް ތާއީދުކޮށް، ބަދަލު ދޭން ކައިނާނަށް މި މަހުގެ 22 ވަނަ ދުވަހު އަމުރުކޮށްފަ އެވެ.
ޗައިނާ އިން ލެންގްޔާ ހެނިޕަވައިރަސް ފެނިއްޖެ
ކޮވިޑް ވައިރަސް ފެތުރުމުގެ ދެ ނަޒަރިއްޔާއެއް
އެންމެ ދުވަސްވީ ޕެންޑާ އަށް 35 އަހަރު
ރާމާމަކުނުގެ ވައިރަހުގައި ޗައިނާއިން މީހަކު މަރުވެއްޖެ
ޗައިނާގެ ޕެންޑާތަކަށް ކެނެޑާގައި ކާންދެވޭކަށް ނެތް
ޕެންޑާ ކެފޭގައި ތިބީ ކުލަ ޖެއްސި ކުއްތާ
މި މަކުނު އިންސާނަކާ ވައްތަރުތަ؟
މީދަލަކަށް ވިޔަސް މިވަރު ކޮށްލާކަށް ނުވާނެ
ޗައިނާގެ މަޝްރޫއުތައް އަވަސް ކުރާނެ ކަމުގެ ޔަގީންކަން
ފީނަން އުޅެނިކޮށް ގެއްލުނު ހަތް މީހުން ސަލާމަތްކޮށްފި