11 ފެބުރުއަރީ 2017
ޗައިނާގައި ކާޑު ވިއްކާ ފިހާރައެއްގައި ހުރި ހަނޑޫ ގޯންޏަކަށް އެރި، ހަނޑޫ ކާން އޮތް މީދަލަކަށް އަދަބު ދިން ގޮތުން ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފި އެވެ.
ޗައިނާގައި ކާޑު ވިއްކާ ފިހާރައެއްގައި ހުރި ހަނޑޫ ގޯންޏަކަށް އެރި، ހަނޑޫ ކާން އޮތް މީދަލަކަށް އަދަބު ދިން ގޮތުން ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފި އެވެ.
މީދަލަށް އަދަބު ދިނުމަށް ފިހާރައިގެ މުވައްޒަފުން ވަނީ ޓްރޮލީއެއްގައި މީދަލުގެ ހަތަރެސްފަޔަށް ވާންކޮށް ދަމައި އެއްސުމަށް ފަހު އެސޮރުގެ ކަރުގައި ލިޔުމެއް ވެސް އަޅުވައިފަ އެވެ.
ޗައިނާގެ މައިކްރޯ-ބްލޮގިން ޕެލްޓްފޯމެއް ކަމަށްވާ ވީބޯގައި މި މީދަލުގެ ފޮޓޯތައް ޕޯސްޓްކޮށްފައިވެ އެވެ. މީދަލުގެ ކައިރީގައި ހަރުކޮށްފައިވާ ލިޔުމުގައި ވަނީ "ދުވަހަކުވެސް މިފަދަ ކަމެއް ދެން ނުކުރާނެ ކަމަށް ހުވާ ކުރަމެވެ." މިހެންނެވެ.
އެހެން ލިޔުމެއް ވެސް މީދަލުގެ ކައިރީގައި އޮތެވެ. އެ ލިޔުމުގައި ވަނީ "އަހަންނަށް ވަރަށް ގިނަ ކަންތައްތައް ކުރުމުގެ ކުޅަދާނަކަން ލިބިފައިވޭ. އެކަމަކު ތަޅައި މެރިޔަސް ހަނޑޫ ވަގަށް ނެގި ކަމަކަށް އެއްބަހެއް ނުވާނަން؛" މިހެންނެވެ.
މި މީދަލަށް ދިން އަދަބުގެ ވާހަކަ ނޫސްތަކުގައި ޖެހުމުން ގިނަ ބަޔަކު އެ މީދަލަށް ހަމްދަރުދީ ފާޅުކުރި އެވެ. މީދާ ދެކެ ރުޅި އަންނަ މީހުން މި އަދަބަށް ތާއީދުކުރި އިރު މިކަން މާ މަޖާ ކަމަކަށް ވެގެން ވެސް ބަޔަކު އުޅެ އެވެ.
ޗައިނާ އިން ލެންގްޔާ ހެނިޕަވައިރަސް ފެނިއްޖެ
ކޮވިޑް ވައިރަސް ފެތުރުމުގެ ދެ ނަޒަރިއްޔާއެއް
އެންމެ ދުވަސްވީ ޕެންޑާ އަށް 35 އަހަރު
ރާމާމަކުނުގެ ވައިރަހުގައި ޗައިނާއިން މީހަކު މަރުވެއްޖެ
ޗައިނާގެ ޕެންޑާތަކަށް ކެނެޑާގައި ކާންދެވޭކަށް ނެތް
ޕެންޑާ ކެފޭގައި ތިބީ ކުލަ ޖެއްސި ކުއްތާ
ހަވާގެ އަޑަށް މުސަޅުތަކެއް މަރުވުމުން ބަދަލު ދޭން ޖެހިއްޖެ
މި މަކުނު އިންސާނަކާ ވައްތަރުތަ؟
ޗައިނާގެ މަޝްރޫއުތައް އަވަސް ކުރާނެ ކަމުގެ ޔަގީންކަން
ފީނަން އުޅެނިކޮށް ގެއްލުނު ހަތް މީހުން ސަލާމަތްކޮށްފި